އިޑްރިޒް.
17 މާޗް 2020 - 14:38
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އިނގިރޭސި އެކްޓަރު އިޑްރިސް އެލްބާ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ފަރުވާދޭން ފަށައިފި އެވެ.
"ތޯ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ 47 އަހަރުގެ އެކްޓަރު ކުރި ޓްވީޓެއްގައި ބުނީ ބައްޔަށް ޕޮޒިޓިވް ނަމަވެސް އަދި އޭނާގެ ގައިން ކޮރޯނާވައިރަހުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. އެކަމަކު މި ވަގުތު ގޭގައި އެކަހަރިވެގެން ހުރި ކަމަށް ބުންޏެވެ.
އެލްބާ އަކީ މަޝްހޫރު އެކްޓަރުންގެ ތެރެއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވި ދެވަނަ މީހާ އެވެ. މިދިޔަ ހަފުތާގައި އެކްޓަރު ޓޮމް ހޭންކްސް އާއި އަންހެނުން ރީޓާ ވިލްސަން ބައްޔަށް ޕޮޒިޓިވް، އޮސްޓްރޭލިއާގައި ކަރަންޓީނުކޮށް އަންނަނީ ފަރުވާ ދެމުންނެވެ.
This morning I tested positive for Covid 19. I feel ok, I have no symptoms so far but have been isolated since I found out about my possible exposure to the virus. Stay home people and be pragmatic. I will keep you updated on how I’m doing 👊🏾👊🏾 No panic. pic.twitter.com/Lg7HVMZglZ
— Idris Elba (@idriselba) March 16, 2020
ހޭންކްސް އަށް ބަލިޖެހުނީ ކުރީގެ މިއުޒިކް ލެޖެންޑް އެލްވިސް ޕްރިސްލީގެ ބައޮގްރަފިކަލް ޑްރާމާ "އެލްވިސް" ގެ ޝޫޓިން އަށް އޮސްޓްރޭލިއާ އަށް ގޮސް އުޅެނިކޮށެވެ. މިކަމާ ގުޅިގެން އެ ފިލްމުގެ ޝޫޓިން ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.
ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން އަންނަ ފިލްމީ ތަރިންގެ ތެރޭގައި 2008 ގައި ރިލީޒްކުރި ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމު "ކްއަންޓަމް އޮފް ސްލޭސް" ގެ ބަތަލާ އޯލްގާ ކްރިލެންކޯ، 40، ވެސް ހިމެނެ އެވެ. ޔުކްރޭނަށް އުފަން ބަތަލާ އެކަން ހިއްސާކޮށްފައި ވަނީ އިންސްޓަގްރާމްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަގަންފާނު
17 March 2020
ތި ލިބޭނީ އަގު ބޮޑެތި ޕެކޭޖް ތަކަށް. އެންމެ ފަހުން ބޯނަސް ވެސް ދިނީ އެގޮތަށް. ސްމާޓް ޕެކޭޖް ތަކުގެ މެދުގަވެސް ތަފާތުކުރުން. ރަނަގަޅު ކަސްޓަމަރ ހޯދާފާ އެކަސްޓަމާ ރީޓެއިން ކުރާ ވިސްނުމެއް ނުގެންގުޅޭ.
ހަކީމް
17 March 2020
ރިސޯޓުބޯއިސްއަށް ފެނޭތޯ ދުނިޔޭގެ އޭ ލިސްޓުގެ ތަރިއެއް އަމިއްލައަށް ބަލި ހާލަތު ކިޔާދީ މީހުންނަށް ހިތްވަރު ދެނީ. އެއްވެސް ޝަކުވާއެއްނެތި، ނާހާ ކާކުހޭ ތިމަންނައަށް ކޮރޯނާ ޖެއްސީ. ރިސޯޓުބޯއިސް ނަމަ މިހާރު ހުންނާނެ ފޯރި
އަބޫބެ
17 March 2020
އިދުރީހަށް އަވަސްޝިފާއަކަށް އެދެން.