18 މާޗް 2020 - 07:57
ކުރިއަށް އޮތް ފިތުރު އީދުގައި ރިލީޒްކުރާ ސަލްމާން ޚާންގެ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އަކީ މި ފަހުން ރިލީޒްކުރާ އޭނާގެ އެންމެ ކުރު ފިލްމަށް ވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެންމެ ފަހުން ސިނަމާތަކަށް އައި ސަލްމާންގެ "ދަބަންގް 3" ގެ ދިގުމިނަކީ 2.65 ގަޑިއިރު (159 މިނިޓް) އެވެ. އަދި އެއީ ވެސް ފިލްމުގެ ލަވަތަކެއް އުނިކޮށްލައިގެން ފިލްމު ކުރުކޮށްލެވުނު ވަރެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ޕްރަބޫދޭވާ ޑައިރެކްޓްކޮށް، މެއި މަހުގެ 22 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ރާދޭ" ގެ ދިގުމިނުގައި ހުންނާނީ 2.10 ގަޑިއިރު (126 މިނިޓް) އެވެ. އެންމެ ކުރުކޮށް ފަހުގެ ތާރީހެއްގައި ސިނަމާތަކަށް އައި ސަލްމާންގެ ފިލްމަކީ މީގެ އަށް އަހަރު ކުރިން 2012 ގައި ގެނެސްދިން "ދަބަންގް 2" އެވެ. އެ ފިލްމުގެ ދިގުމިނަކީ 125 މިނިޓް (2.08 ގަޑިއިރު) އެވެ.
މިދިޔަ އަހަރު ރިލީޒްކުރި "ބާރަތު" އަކީ 155 މިނިޓް (2.58 ގަޑިއިރު) އެވެ.
"ރާދޭ" އަކީ "ބާރަތު" އަށް ފަހު އަނެއްކާ ވެސް ސަލްމާނާއި ޑިޝާ ޕަޓާނީގެ ޖޯޑު އެކީގައްި ފެނިގެންދާނެ ފިލްމެކެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ރަންދީޕް ހޫޑާ، ގޯތަމް ގުލާޓީ އަދި ޖެކީ ޝްރޮފް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy