21 މާޗް 2020 - 08:08
އާލިއާ ބަޓާ އެކު، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަމުން އަންނަ ފިލްމު "ގަންގްބާއި ކަތިއަވާޅީ" ގެ ޝޫޓިން ވެސް ކޮރޯނާވައިރަހާ ގުޅިގެން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި ފިލްމުގެ މަންޒަރުތައް ނަގަމުން އަންނަ އިރު، ފިލްމު ޝޫޓްކުރަނީ އެކަމަށް ހާއްސަކޮށްގެން ހަދާފައިވާ ބޮޑެތި ސެޓްތަކެއްގަ އެވެ. "ގަންގްބާއީ" އަކީ 1970 ގެ އަހަރުތަކުގައި މުމްބާއީގައި އުޅުނު އަންހެން މާފިއާއެއްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.
މީގެ ޓައިޓްލް ރޯލް އާލިއާ ކުޅޭ އިރު، ކާސްޓުންގެ ތެރޭގައި ޓީވީ އެކްޓަރު ޝަންތަނޫ މަހޭޝްވަރީ އާއި ވިޖޭ ރާޒް ހިމެނެ އެވެ.
Strength. Power. Fear!
— BhansaliProductions (@bhansali_produc) January 15, 2020
One look, a thousand emotions. Presenting the first look of #GangubaiKathiawadi. In cinemas 11 September 2020.@aliaa08 #SanjayLeelaBhansali @prerna982 @jayantilalgada @PenMovies pic.twitter.com/CUSs5TDEBQ
"ގަންގްބާއީ" އަކީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައި އޮތް ފިލްމެކެވެ.
މިތުން ޗަކްރަބަތީ 1982 ގައި ކުޅުނު ކާމިޔާބު ފިލްމު "ޑިސްކޯ ޑާންސާ" އިން ވިދައިލި ލަވަ "އައި އެމް އަ ޑިސްކޯ ޑާންސާ" ލަވައިގެ އާ ވާޝަނެއް ވީޑިއޯ ލަވައެއްގެ ގޮތުގައި ޓައިގާ ޝްރޮފާ އެކު ގެނެސްދީފި އެވެ.
Jhoomo aur naacho to disco dancer! Presenting I am a Disco Dancer 2.0https://t.co/LTZxA7IOiu#DiscoNeverDies#DND @saregamaglobal @BoscoMartis #DipankarDesignStudio #AkankshaSharmaa @SlimSulaiman @Benny_Dayal @divyapalat @Hitkari
— Tiger Shroff (@iTIGERSHROFF) March 18, 2020
"އައި އެމް އަ ޑިސް ކޯ ޑާންސާ 2.0" ގެ ނަމުގައި ގެނެސްދިން ލަވައިން ޓައިގާގެ ވަރުގަދަ ނެށުންތަކެއް ފެނިގެންދާ އިރު، ކޮރިއޯ ހަދައި، ޑައިރެކްޓްކޮށްފައި ވަނީ ބޮސްކޯ އެވެ. ބެނީ ދަޔާލް ލަވަ ކިޔާފައިވާ އިރު، ލަވައިގެ މިއުޒިކާ ކުޅެފައި ވަނީ ސާލިމް-ސުލައިމާނެވެ.
އޮރިޖިނަލް ލަވަ އަކީ ބައްޕީ ލެހެރީ މިއުޒިކް ހަދައި، ވިޖޭ ބެނެޑިކްޓް ކިޔާފައިވާ ލަވައެކެވެ.
މި ލަވަ އަކީ މިތުންގެ ސިގްނޭޗާ ނެށުމުގެ ހަރަކާތްތަކެއްގެ ފެށުމެވެ.
"ބިގް ބޮސް 13" އިން ބެލުންތެރިން ޖޯޑެއްގެ ގޮތުގައި ބަލައިގަނެ ސިޑްނާޒްގެ ނަމުން މުހާތަބުކުރި ދެ ބައިވެރިން ކަމަށްވާ ސިދާތު ޝުކްލާ އާއި ޝެހެނާޒް ގިލް (ސަނާ) އެކީގައި ކުޅުނު ވީޑިއޯ ލަވަ "ބުލާ ދޫގާ" ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.
މި ލަވަ އަކީ ދަރުޝަން ރަވަލް މިއުޒިކް ހަދައި، ކިޔާފައިވާ ލަވައެކެވެ. "ބުލާ ދޫގާ" ޑައިރެކްޓްކުރީ ޕުނިތު ޖޭ ޕަތަކެވެ.
ލަވަ ވަރަށް އަވަހަށް ބެލުންޔެރިންނަށް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ.
އެސްއެސް ރާޖަމޯލީގެ ބޮޑު ފިލްމު "އާރްއާރްއާރް" ގެ ބަތަލާ އާލިއާ ބަޓަށް، އެ ފިލްމަށް މި ދަނޑިވަޅުގައި ވަގުތު ދެވެން ނެގިތެން ފިލްމު ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
Welcome aboard, @aliaa08! We are glad to have you play the female lead in our film. Happy Birthday in advance and hope you will have a wonderful journey with us..:) #RRRPressMeet #RRR @ssrajamouli @tarak9999 #RamCharan @dvvmovies @RRRMovie pic.twitter.com/iZmB8N9z9I
— RRR Movie (@RRRMovie) March 14, 2019
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އޭގެ ޝޫޓިން ޝެޑިއުލެއް ޕޫނޭގައި ކުރިއަށް ގެންދަން ރާވާފައި އޮތް ނަމަވެސް އާލިއާ އެހެން ޕްރޮޖެކްޓްތަކަކަށް ވަގުތު ދޭން ޖެހުމާއި މި ވަގުތު ކޮރޯނާވައިރަހުގެ ބަލިމަޑުކަން ވެސް ވަރަށް ބޮޑަށް އޮތުމުން އޭނާ "އާރްއާރްއާރް" ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އަދި ރަސްމީކޮށް ފިލްމުގެ ޓީމުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އަޖޭ ދޭވްގަން ވެސް ރޯލަކުން ފެނިގެންދާ "އާރްއާރްއާރް" ގެ ބަތަލާއިންނަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. މި ފިލްމަކީ 1920 ގައި ހިނގި ކަމަށް ދައްކުވައިދޭ ހިޔާލީ ހަނގުރާމައެއްގެ ވާގަކަ ކިޔައިދޭ ފިލްމެކެވެ.
ކުރިން މި އަހަރުގެ ޖުލައި 30 ގައި ސިނަމާތަކަށް ގެންނަން އޮތް ފިލްމު މިހާރު ވަނީ އަންނަ އަހަރުގެ ޖެނުއަރީ 8 އަށް ފަސްކޮށްފަ އެވެ.
"އާރްއާރްއާރް" އަކީ "ބާބްހަލީ" އަށް ފަހު، ރާޖަމޯލީ ގެނެސްދޭ ފުރަތަމަ ފިލްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy