އަލީ އާއި ރިޗާ އަދި ވަރުން އާއި ނަތާޝާ.
22 މާޗް 2020 - 08:25
ބޮލީވުޑުން ތައްޔާރުވަމުން ދިޔަ ދެ ކައިވެންޏެއް ކޮވިޑް-19 ރޯގާއާ ހެދި ކެންސަލްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ދެ ކައިވެންޏަކީ ޒުވާން އެކްޓަރު ވަރުން ދަވަން އާއި ފެޝަން ޑިޒައިނަރު ނަތާޝާ ދަލާލްގެ ކައިވެންޏާއި ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އަލީ ފަޒަލާއި ރިޗާ ޗައްޑާގެ ކައިވެންޏެވެ.
އަލީ އާއި ރިޗާ އަންނަ މަހުގެ 15 ވަނަ ދުވަހު ނިއު ދިއްލީގައި ކައިވެނިކުރަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އެ ހަފުލާ ކެންސަލްކޮށް، މި އަހަރުގެ އެހެން ތާރީހަކަށް މިހާރު ބަލަމުން އަންނަ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ. އެ ނޫހުން ބުނިގޮތުގައި މިހާރު އެންގޭޖް ވެސް ވެފައިވާ ދެ ތަރިންގެ ކައިވެނި ހަފުލާ ބާއްވާނެ ކަމަށް ދެން ބެލެވެނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ވަރުން އާއި ނަތާޝާ ކައިވެނިކުރާ ގޮތަށް އޮތީ މެއި މަހުގެ 22 ގައި ތައިލެންޑްގަ އެވެ. އެކަމަކު ކޮރޯނާވައިރަހާ ހެދި ހަފުލާތައް ބޭއްވުމާއި ދަތުރުފަތުރުކުރުން މި ދުވަސްވަރު ރައްކާތެރި ކަމަކަށް ނުވާތީ އެ ތާރީހުގައި ބާއްވަން އޮތް ހަފުލާ ވަނީ ކެންސަލްކޮށްފަ އެވެ. ހަންގާމާ އިން ބުނިގޮތުގައި ވަރުންގެ ކައިވެނީގެ ހަފުލާ ބާއްވަން ނިންމި ތައިލެންޑްގެ ހޮޓަލަށް ދެއްކި ފައިސާ ވެސް އަނބުރާ ހޯދަން މިހާރު ވަނީ އެދިފަ އެވެ.
ވަރުން އާއި ނަތާޝާގެ ކައިވެންޏަކީ މި ފަހުން ބޮލީވުޑްގައި އެންމެ ގިނައިން ދެކެވޭ ކައިވެނީގެ ވާހަކަ އެވެ. އެގޮތުން އެ ދެ މީހުން ކައިވެނިކުރާ ވާހަކަ ދެކެވޭތާ މިހާތު ތިން އަހަރެއްހާ ދުވަސް ވެދާނެ އެވެ.
ވަރުން އާއި ނަތާޝާ މެއި މަހު ކައިވެނިކުރަން ބާއްވަން ނިންމި ހަފުލާ ކެންސަލްކުރި ނަމަވެސް މި އަހަރުގެ އެހެން ތާރީހެއްގައި ކައިވެނިކުރާނެ ކަމަށް ބެލެވޭ ކަމަށް ބައެއް ނޫސްތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިޒާން
22 March 2020
ދެ ކައިވެންޏެއްކޮށް؟
ސަމޭދާން
22 March 2020
ކޮރޯނާ ކަންތައް ނިމުނީމާ ހިނގާބަލަ ސަލްމާނު ކައިވެނިކުރެވޭތޯ މިމީހުންނާނެއެކު.