02 އެޕްރީލް 2020 - 20:37
މިދިޔަ މަހު އިއުލާންކޮށް، ޝޫޓިން ފެށި ފިލްމު "ހެހެސް" ގެ ބ. ގޮއިދޫގެ ޝޫޓިންތައް ނިންމާލައިފި އެވެ.
އެކަން ފޭސްބުކްގައި ހިއްސާކުރަމުން ޑައިރެކްޓަރު އަހުމަދު ނިމާލު ބުނީ ގޮއިދޫގައި ނަގަން ޖެހޭ ހުރިހާ މަންޒަރެއް ވަރަށް ކާމިޔާބުކަމާ އެކު ނިންމައިލެވިއްޖެ ކަމަށެވެ.
"ހެހެސް: އިން ފަހަނައެޅި އިޝްގް" އަކީ މީގެ އެއް ބަތަލު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ސްކްރީންޕްލޭއަކަށް ނިމާލު ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ކާސްޓްގައި ޔޫއްޕެއާ އެކު ހިމެނެނީ އަލީ އާޒިމް (ދޮން އައްޔަ) އާއި އިބްރާހީމް ޖިހާދު (ޖިމީ) އާއި މަރިޔަމް ޝިފާ އާއި ޝިޔާޒާ މުހައްމަދުގެ އިތުރުން އިރުފާނާ އިބްރާހީމާއި ވަޝިއްޔާ މުހައްމަދު (ޝިޔާ) އަދި އައިޝަތު ލަހުފާ އެވެ.
"ހެހެސް" ގެ މަންޒަރުތަކެއް މާލޭގައި ވެސް ނަގަން ހަމަޖެހިފައިވެ އެވެ. މި ފިލްމަކީ ޔޫއްޕެ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ޝައި ޕްރޮޑަކްޝަނުން ހަދާ ފިލްމެކެވެ.
"ހެހެސް" މި އަހަރު ބެލުންތެރިންނަށް ގެނެސްދޭން އަމާޒު ހިފާފައި އޮތަސް އަދި ފިލްމު އަޅުވާނެ ތާރީހެއް އިއުލާނެއްނުކުރެ އެވެ.
ނިމާލު ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފީޗާ ފިލްމަކީ 2016 ގެ ބިރުވެރި ފިލްމު "އެ ރެއަށް ފަހު" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެލެެކްސް މުހައްމަދު
02 April 2020
ޑުނިޔޭގަ ކަމެއް ހިނގައިގެން އުޅޭ ކަމެއް މި ވެރިންނަށް އެނގޭތަ؟
ބޯގަޅިމުޙައްމަދުކަލޭފާނު
02 April 2020
ދެން ކޮންއިރަކުން މާލެ އަންނަނީ. ކޮންމެސް 5 އަކާ 8 ކާ ދިމާނުވާގަޑިއެއްގާ އަންނާތި. އެއީ ކާފިއުގަޑި.