ނާއިލް ހޯރަންގެ ޓުއާ އަންނަ އަހަރަށް ފަސްކޮށްފި

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ބޭންޑް "ވަން ޑިރެކްޝަން" ގެ ލަވަކިޔުންޔެރިޔާ ނާއިލް ހޯރަން މިދިޔަ މަހު ނެރުނު އަލްބަމް "ހާޓްބްރޭކް ވެދާ" ޕްރޮމޯޓްކުރަން މި އަހަރު ގެނެސްދޭން ރޭވި ޓުއާ ކޮރޯނާވައިރަހާ ހެދި އަންނަ އަހަރަށް ފަސްކޮށްފި އެވެ.


އިންސްޓަގްރާމްގައި އޭނާ ބުނީ ކޮވިޑް-19ގެ ހާލަތު މިހާރު އޮތް ގޮތުން ޓުއާއަށް ނުކުތުމަކީ މި އަހަރުވާނެ ކަމެއް ނޫން ކަމަށާއި މި ދަނޑިވަޅަކީ ހުރިހާ އެންމެން ވެސް ސިއްހަތަށް ވަރަށް ބޮޑަށް ރައްކާތެރިވާން ޖެހޭ ވަގުތެއް ކަމަށެވެ.

ޓުއާ ކުރިއަށް ގެންދަން ކުރިން ނިންމާފައި އޮތީ މި މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް އެކިއެކި ތާރީހުރަކުގައި އެކި ހިސާބުތަކުގަ އެވެ. އޭގެ ތެރޭގައި ޔޫރަޕާއި އުތުރު އެމެރިކާ އާއި އޯޝަނިއާގެ އިތުރުން ލެޓިން އެމެރިކާ ހިމެނެ އެވެ.

ނިއާލް ބުނީ އަލްބަމްގެ ލަވަތަކުގެ ތެރޭގައި ހިމެނޭ "ނައިސް ޓު މީޓް ޔާ" ގެ ނަމުގައި މި އަހަރު ބާއްވަން ނިންމި ޓުއާ ފަސްކުރުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. އެކަމަކު އަންނަ އަހަރު ޓުއާ ބާއްވާނެ ކަމަށާއި އެކަމާ ބެހޭ މައުލޫމާތުތައް ފަހުން ހިއްސާކުރާނެ ކަމަށް ބުންޏެވެ.

ނިއާލް، 26، ގެ ދެވަނަ އަލްބަމް "ހާޓްބްރޭކް ވެދާ" ނެރެފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އަލްބަމްގައި ދެ ބޯނަސް ޓްރެކާ އެކު ޖުމްލަ 16 ލަވަ ހިމެނެ އެވެ. އޭނާގެ އަލަތު އަލްބަމަކީ 2017 ގެ "ފްލިކާ" އެވެ.