ޕްރިޔަންކާ ޗޯޕްރާ: މިހާރު މުޅި ދުނިޔެއަށް ވެސް މަޝްހޫރު ބަތަލާއެއް
13 އޮކްޓޯބަރ 2016 - 06:10
ޕްރިޔަންކާ ޗޯޕްރާ އަކީ ކިތަންމެ ކުޅަދާނަ އަދި މަޝްހޫރު ބަތަލާއެއް ނަމަވެސް އޭނާ ފިލްމީ ރޮނގުން ކުރާ މަސައްކަތް ޓީވީން ބެލުމަކީ ޕްރިޔަންކާ އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ.
ޕްރިޔަންކާގެ އެމެރިކަން ސީރީޒް "ކުއަންޓިކޯ 2" ފެށުމާ ގުޅުވައިގެން ޕްރިޔަންކާ ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވާ ގޮތުގައި ޓީވީން އޭނާ ދައްކާ ނަމަ އަވަހަށް ޗެނަލް ބަދަލުކޮށްލަނީ އެވެ.
ޕްރިޔަންކާ ބުނި ގޮތުގައި އޭނާ ކުޅެފައިވާ ފިލްމުތައް ޓީވީން ބެލުމަކީ އޭނާ އެއްގޮތަކަށް ވެސް ކުރާހިތްވާ ކަމެއް ނޫނެވެ. އެ ފިލްމެއް ކުޅެ ނިންމާލުމުން އޭނާގެ މަސައްކަތް ނިމުނީ ކަމަށާއި އަދި އެ މަސައްކަތް ބަލަން ބޭނުން ނުވަނީކަމަށް ވެސް ޕްރިޔަންކާ ބުނެފައިވެ އެވެ.
ފޯބްސް މަޖައްލާއިން ހޮވާ އެންމެ ބޮޑު އާމްދަނީ ލިބޭ ޓީވީ ބަތަލާއިންގެ ލިސްޓުގައި ހިމެނިފައިވާ ޕްރިޔަންކާ ބުނި ގޮތުގައި އޭނާ ދުވަހަކު ވެސް މީހަކާ ނީންނާނެކަމަށް އޭނާގެ މާމަ އަބަދުވެސް ބުނެ އުޅެ އެވެ.
"މާމަ އަބަދުވެސް ބުނާނެ ކައްކާކަށް ނޭނގެޔޭ. ގޭގަ އެއްވެސް މަސައްކަތެއް ނުކުރެޔޭ. ކަލެއާ އިންނާނެ މީހަކު ނުވާނޭ،" ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާގެ ހޮލީވުޑް ފިލްމު "ބޭވޮޗް" އަންނަ އަހަރުގެ މޭ މަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި މިވަގުތު އޭނާ ބޮލީވުޑް އެއްވެސް ފިލްމެއްގައި މަސައްކަތެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުލް މަޖީދު އަބުދުލް ބާރީ
13 October 2016
އަޅެ ޕްރިޔަންކާ