ބާސޫ.
04 ޖޫން 2020 - 13:04
ހިންދީ ސިނަމާ އަށް 70 އާއި 80 ގެ އަހަރުތަކުގެ ތެރޭގައި ރީތި ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރު ބާސޫ ޗެޓަޖީ މަރުވެއްޖެ އެވެ.
މީޑިިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު، 90 އަހަރުގެ ބާސޫ މަރުވީ މުސްކުޅި ބަލީގަ އެވެ. ވާސޫގެ މަރުގެ ޚަބަރާ އެކު ބޮލީވުޑްގެ އެކި ފަންނާނުން ޓްވިޓާގައި ހިތާމަ ފާޅުކޮށްފައިވެ އެވެ.
ތީސްރީ މަންޒިލް (1966) ފަދަ ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ފަހު ބާސޫ، އަމިއްލަ އަށް ފިލްމު ޑައިރެކްޓްކުރަން ފެށީ 1969 ގެ "ސާރާ އާކާޝް" އިންނެވެ.
Sad to hear the demise of Veteran Filmmaker Shri.Basu Chatterjee. Will be always remembered for his Light Hearted comedies & Simplistic Films. #OmShanti 💐🙏 pic.twitter.com/YllOjtP4U5
— Madhur Bhandarkar (@imbhandarkar) June 4, 2020
އޭގެ ފަހުން އޭނާ ވަނީ އަމިއްލަ އަށް ލިޔެ، ބެލުންތެރިންގެ މަގުބޫލުކަން ހޯދި އެތައް ފިލްމެއް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި ޕިޔާ ކާ ގަރު (1972)، ޗިޓްޗޯރް (1974)، ޗޯޓީ ސީ ބާތު (1976) އަދި ބާތޯ ބާތޯ މޭ (1979) ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
އަށްޑިހައިގެ އަހަރުތަކުގައި ބާސޫ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި ޝައުކީން (1982) އާއި ޗަމޭލީ ކީ ޝާދީ (1986) އަކީ ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެވެ.
ބާސޫ ފާހަގަކުރެވިފައި ވަނީ އާންމުކޮށް މެދު ފަންތީގެ އާއިލާތަކުގެ ވާހަކަތަކާއި ކައިވެނީގެ ބޭރުން ހިންގާ ގުޅުން ގަދަ ކަންކަމުގެ މައްޗަށް ހިއުމާ ހިމަނައިގެން ލައިޓްހާޓެޑް ފިލްމުތައް ގެނެސްދޭން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.
ހިންދީ ފިލްމުތަކުގެ އިތުރުން ބާސޫ ވަނީ ބެންގާލީ ފިލްމުތަކެއް ވެސް ޑައިރެކްޓްކޮށްފަ އެވެ.
އޭނާ އެންމެ ފަހުން ޑައިރެކްޓްކޮށް ބެލުންތެރިންނަށް ގެނެސްދިން ހިންދީ ފިލްމަކީ 2007 ގެ "ކުޗް ކައްޓާ ކުޗް މީތާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
04 June 2020
ނިކަންވިސްނަވާ ! ދުނިޔޭގެ ދައުރުވުން : ދުވާލެއްގެ ދިގުމިން އިހްސާސް ކުރެވެނީ އިންސާނާ އަށް ހާދަދިގުކޮށެވެ. މުޅިއުމުރު ގެ ވަގުތު އެއްކޮށް އިހްސާސް ކޮށްލާއިރު ލޯމަރާލާފަ ލޯހުޅުވުން ފަދަކަމަކަށް އެމީހެއްގެ މަރުތަންމަތި ވާފަހަރު މިކަން އިޙްސާސް ވާނެތެވެ. ﷲ ގެ ވަހީބަސްފުޅުގަވެއެވެ. كُلُّ مَنْ عَلَيْهَا فَانٍ މައުނައީ މިބިންމަތީ ގައިވާ ކޮންމެ އެއްޗަކީނެތި ފަނާދަނިވި އެއްޗެއްކަމަށެވެ. އެމީހެއްގެ މޭގައި ކެމިކަލް ޕްލާންޓެއް ވެއެވެ. އެއިން ހަކަތަ ހޯދާށެވެ.