ޖަގްދީޕް.
09 ޖުލައި 2020 - 14:53
އެތައް ފިލްމެއްގައި ހެއްވާ މަޖާ ރޯލްތައް ކުޅެގެން އާންމުންގެ ލޯބި ހޯދި ބޮލީވުޑްގެ ކޮމީޑިއަން ޖަގްދީޕް މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި މިދިޔަ އަހަރު ބޭއްވި އައިފާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ލިބުނު 81 ގެ އެކްޓަރު މަރުވީ މުސްކުޅި ބަލީގައި ދިމާވެފައި ހުރި ސިއްހީ މައްސަލަތަކާ ގުޅިގެން ރޭގެ ވަގުތެއްގަ އެވެ.
ޖަފްދީޕަކީ މަޝްހޫރު އެކްޓަރު އަދި ކުޅަދާނަ ނެށުންތެރިއެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ޖާވިދު ޖެފްރީގެ ބައްޕަ އެވެ. ޖާވިދާ އެކު ޖަގްދީޕްގެ ޖުމްލަ ހަ ކުދިން ތިބެ އެވެ. މިދިޔަ އަހަރު ފިލްމު "މަލާލް" އިން ބޮލީވުޑަށް ތައާރަފުވި މީޒާން ޖެފްރީ އަކީ ޖަގްދީޕްގެ ކާފަ ދަރިއެކެވެ. އެއީ ޖާވިދުގެ ދޮށީ ދަރިފުޅެވެ.
ފިލްމީ ދާއިރާގައި 60 ވަރަކަށް އަހަރު ވަންދެން މަސައްކަތްކުރި ޖަގްދީޕަކީ މަދިޔަ ޕްރަދޭޝްގެ ޑާޓިއާ އަށް އުފަން ފަންނާނެކެވެ. އޭނާގެ އަސްލު ނަމަކީ ސައީދު އިޝްތިއާގް އަހުމަދު ޖެފްރީ އެވެ. ޖަގްދީޕްގެ ނަމުން އޭނާ މަޝްހޫރުވީ ސްޓޭޖް ނަމެއްގެ ގޮތުގަ އެވެ.
Heard the sad news of Jagdeep Saab’s demise. Always enjoyed watching him on screen. He brought so much joy to the audience. My deepest condolences to Jaaved and all members of the family. Prayers for Jagdeep Saab’s soul🙏
— Ajay Devgn (@ajaydevgn) July 8, 2020
އޭނާގެ ކެރިއަރުގައި 400 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވާ އިރު، އޭގެ ތެރޭގައި ވަރަށް ފާހަގަކޮށްލެވޭ ގިނަ ފިލްމުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ޝޯލޭ" އާއި "ޕުރާނާ މަންދިރު" އާއި "އަންދާޒް އަޕްނާ އަޕްނާ" އާއި "ޗައިނާ ގޭޓް" އާއި "ގުރުބާނީ" އަދި "އޭޖެންޓް ވިނޯދު" ފަދަ ފިލްމުތައް ހިމެނެ އެވެ.
ޖަގްދީޕް ފިލްމީ ދާއިރާ އަށް އެންމެ ފުރަތަމަ ނުކުތީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި، ޑައިރެކްޓަރު ބީއާރް ޗޯޕްޅާގެ "އަފްސާނާ" އިންނެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2012 ގެ "ގަލީ ގަލީ ޗޯރް ހޭ" އެވެ.
އެކްޓްކުރުމުގެ އިތުރުން ޖަގްދީޕް ވަނީ ފިލްމެއް ޑައިރެކްޓްކޮށް ވެސްކޮށްފަ އެވެ. އެއީ 1978 ގައި ރިލީޒްކުރި ކަލްޓް ފިލްމު "ޝޯލޭ" ގައި އޭނާ ކުޅުނު ކެރެކްޓާ ބޯޕާލް ސޫރްމާ އަށް ބިނާކޮށް ހަމަ އެ ނަމުގައި 1998 ގައި ގެނެސްދިން ފިލްމެވެ. "ބޯޕާލް ސޫރްމާ" ގައި ލީޑް ރޯލް ވެސް ކުޅުނީ ޖަގްދީޕެވެ.
ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި ކޮމީޑިއަނުންގެ ތެރޭގައި ހިމެނުނު ޖަގްދީޕްގެ މަރާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށް، އާއިލާ އަށް ތައުޒިޔާ ކިޔައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރޯގޯނި
10 July 2020
ހުުން!! ދެން އެނބުރި އައުމެއްނެތް، އެހެންޏާ ނިއުމަތުގަ ނޫނީ ގަދަ އަޒާބުގަ، ސުވާލަކީ މުސްލިމުކަން ފާޅުކޮއްގެން މުސްލިމުންގެ ގޮތުގަހޭ ހަޔާއްވޭތުނުރީ،ނަމަކުން އެކަނި ފައިދާއެއް ނުކުރާނެ، ދުނިޔޭގެ ހަގީގަތް އެނގިގެންދާނީ ކައްވަޅަށް ދާހިސާބުން، ތައްޔާރުނުވެ އެތަނައް ދެވިއްޖެއާ ސަލާމަތެއްނެއް!!
ޖެފްރީ
09 July 2020
މަރުހޫމް ސައީދު އިޝްތިއާޤު އަހްމަދު ޖެފްރީ( ޖަގްދީޕް) ގެ ފުރާނަ އަށް ﷲ ގެ ހެޔޮ ރަހްމަތް ލައްވާށި އެވެ.އާމީން. ޖަގްދީޕް އަކީ ވަރަށް ލަމުދާ ކޮމީޑިއަން އެކެވެ.
ބަސް
09 July 2020
ޖަގްދީޕް ފިލްމެއްގަ ހުރުމަކީ އެފިލްމެއް ބަލާހިތްވާ އެއް ސަބަބު. ވަރަށް ހެއްވާ މަޖާކަންތައް ފެނޭ. ފޫހިވާ ވައްތަރު ފިލްމުތަކުގައިވެސް އޭނަހުރުމުން ފޫހިފިލާ ދެން ހުންނަނީ އަސްރާނީ. ޖަގްދީޕް އަކީ މުސްލިމެއް އެހެންކަމުން އޭނަގެ ފާފަފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް އޭނައަށް މިންވަރުކުރެއްވުން އެދެން.
ދިއުޅި
09 July 2020
ފްރެންޑް ޖޮނީވޯކަރަކީވެސް މުސްލިމެއް. ބަދުރުއްދީނު ޖަމާލުއްދީނު ޤާޟީ ފުރިހަމަ ނަމަކީ
ބޮޑު މުހައްމަދު
10 July 2020
އަސްރާނީ އެއީ މޭންއެއް. މަގޭ ފެވަރިޓް
ކަސަބު
09 July 2020
اللهم اغفر له وارحمه واسكنه في الجنة آمين