06 ސެޕްޓެމްބަރ 2020 - 17:02
ބޮލީވުޑްގެ ޒުވާން އެކްޓަރު އަރުޖުން ކަޕޫރް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފަށައިފި އެވެ.
އުމުރުން 35 އަހަރުގެ އެކްޓަރު އިންސްޓަގްރާމްގައި އާންމުކުރި ބަޔާނެއްގައި ބުނީ އޭނާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން މި ވަގުތު ހުރީ ޑޮކްޓަރުންނާއި ކަމާބެހޭ އިދާރާތަކުގެ އިރުޝާދުގެ ދަށުން ހޯމް ކަރަންޓީނުގައި ކަމަށެވެ. އަދި އޭނާގެ ހާލަތާ ބެހޭ އިތުރު މައުލޫމާތު ފޭނުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށް ބުންޏެވެ.
އަރުޖުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އޭނާ ކުޅެން ފަށާފައި އޮތް ފިލްމެއްގެ ޝޫޓިން މިދިޔަ މަހުގެ މެދުތެރޭގައި އަލުން ފަށާފައި ވަނިކޮށެވެ. ނަން އިއުލާން ނުކުރާ އެ ފިލްމަކީ ކާޝްވީ ނައިރް ޑައިރެކްޓްކުރާ ކްރޮސް-ބޯޑާ ލަވްސްޓޯރީއެކެވެ. އޭގެ ކާސްޓުންގެ ތެރޭގައި ރަކުލް ޕްރީތު ސިންގް އާއި ޖޯން އަބްރަހަމާއި އަދިތީ ރާއޯ ހައިދަރީ ހިމެނެ އެވެ.
އަރުޖުން ސޮއިކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ދޯ ވިލަން" އާއި "ބޫތު ޕޮލިސް" ހިމެނެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ބައްޗަންގެ އާއިލާގެ ބައެކެވެ. ޖުލައި މަހުގެ ތެރޭގައި އަމީތާބް ބައްޗަނާއި ދަރިފުޅު އަބީޝެކް ބައްޗަނާއި އޭނާގެ އަންހެނުން އައިޝްވާރިއާ ރާއީގެ އިތުރުން ދަރިފުޅު އަރާދިއާ ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާއުނިމާ
07 September 2020
މަލައިކާ ޓެސްޓެއް ނުކުރޭތަ؟
7ބޯރާހި
06 September 2020
މަބުނީ، ކޮންރަށެއްކަންވެސް ނުޖަހާ ހަމައެކަނި ބޮލީވުޑްގޭ މީހެކޭ ބުނީމަ ކިހިނެއް އެނގޭނީ މީނައަކީ ކާކުކަންވެސް، ފޯއްމުލަކު ސޮރެއްތަ.
ރަބަރު
06 September 2020
އަވަސް ޝިފާއަކަށް އެދެން.
ހަހަހާ
06 September 2020
އުމުރުން 35 އަހަރުގެ ޒުވާން އެކްޓަރު
ކޮންކަހަލަމީ
08 September 2020
އެހެން އޮންނާނެ ދޮގެއްތޯ 60 އަހަރުގެ ޒުވާން މީހެކޭ ކިޔަންވެ ސް.