09 އޮކްޓޯބަރ 2020 - 08:53
ސްޓާ ޕްލަސް އިން އަލަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ 2" މި މަހުގެ 19 ވަނަ ދުވަހުގެ ރެއިން ފެށިގެން ދައްކަން ނިންމައިފި އެވެ.
ސިލްސިލާ ދައްކާ ތާރީހާ އެކު މިހާރު އަންނަނީ ޕްރޮމޯއެއް ވެސް ދައްކަމުންނެވެ. "ސާތު ނިބާނާ ސާތިޔާ 2" އަކީ ސްޓާ ޕްލަސް އިން 2010-2017 އަށް ގެނެސްދިން "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަނެވެ.
އެގޮތުން މި ފަހަރު ވެސް ކުރީގެ ބައިން ފެނުނު މުހިއްމު ބައެއް ތަރިން ފެންނާނެ އެވެ.
Gehna ka intezaar hua khatam..Miliye usse #SaathNibhaanaSaathiya2 mein, 19 October at 9pm only on StarPlus and Disney+ Hotstar. @Devoleena_23 #HarshAnantNagar #SnehaJain pic.twitter.com/aVfTlQzXHQ
— StarPlus (@StarPlus) October 6, 2020
އޭގެ ތެރޭގައި ކޮކީލާބެން މޯދީގެ ރޯލް ކުޅުނު ރޫޕަލް ޕަޓޭލާއި ގޯޕީ ބަހޫގެ ރޯލް ކުޅުނު ޑެވޮލީނާ ބަޓަޗަރަޖީ އާއި އޭނާގެ ފިރިމީހާ އެހެމް މޯދީގެ ރޯލް ކުޅުނު މުހައްމަދު ނާޒިމް ހިމެނެ އެވެ. އަދި "ސާތު ނިބާނާ ސާތިޔާ 2" އިން މި ފަހަރު ގެނެހާ ކިޔާ އާ ކެރެކްޓާއެއް ވާހަކައިގެ ވަރަށް މުހިއްމު ރޯލަކުން ފެންނާނެ އެވެ.
"ސާތު ނިބާނާ ސާތިޔާ" އަކީ ނުފޫޒު ގަދަ މައިދައިތައެއްގެ ރަނިކަން އޮންނަ އާއިލާއެއްގެ ތެރޭގައި ހިނގާ ކަންތައްގަނޑެއް ދައްކުވައިދިން ސިލްސިލާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy