ތާޕްސީ ތާޖް އެކްޒޯޓިކާގައި.
15 އޮކްޓޯބަރ 2020 - 11:16
އިންޑިއާގެ ބަތަލާ ތާޕްސީ ޕައްނޫ ރާއްޖޭގައި ޗުއްޓީ ހޭދަކޮށް މިހާރު ފުރައިގެން ގޮސްގައިވާ އިރު، ޗުއްޓީ ހޭދަކުރި ރިސޯޓްގައި ޝޫޓްކޮށްފައިވާ "ވީޑިއޯ ލަވައެއް" އޭނާގެ އިންސްޓަގްރާމް ފޭނުންނަށް ދައްކާލައިފި އެވެ.
"ބިގިނީ ޝޫޓް" ގެ ނަމުގައި އާންމުކުރި ވީޑިއޯގައި މަސައްކަތްކުރި މީހުންނަށް ކްރެޑިޓް ވެސް ދީފައި އެވެ. ތާޕްސީ އާއި އޭނާގެ ބިދޭސީ ލޯބިވެރިޔާ އާއި ކޮއްކޮގެ އިތުރުން ރައްޓެހިންތަކެއް ޗުއްޓީ ހޭދަކުރީ އިންޑިއާގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ ތާޖް އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާގަ އެވެ.
ތާޕްސީގެ "ބިގިނީ ޝޫޓް" އަށް ވަރަށް ގިނަ ކޮމެންޓްތައް ލިބިފައިވެ އެވެ. ގިނަ ބަޔަކު ބުނީ ޗުއްޓީ ދަތުރުގެ ބޭނުން ވަރަށް ފުރިހަމަ އަށް ހިފާފައިވާ ކަމަށެވެ.
ތާޕްސީ ވަނީ ރާއްޖެ އަކީ ދުނިޔެމަތީގެ ސުވަރުގެއެއްގެ ގޮތުގައި ސިފަކޮށް އޭނާ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި އެކިއެކި ފޮޓޯތަކާއި ވީޑިއޯތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރު ވަރުގެ ޗުއްޓީއެއް މިހާތަނަށް ނުލިބޭނެ ކަމަށް ބުނެފަ އެވެ. އަދި ތާޖް އެކްޒޯޓިކާ އިން ލިބުނު ހިދުމަތްތަކަށް އެތަނުގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
ތާޕްސީ، 33، ގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "ތައްޕަޅް" އެވެ. ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނު އެ ފިލްމު މި މަހުގެ ތެރޭގައި އަލުން ސިނަމާތަކަށް ގެންނަން ވެސް ވަނީ ނިންމައިފަ އެވެ. އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ ބަތަލާގެ ވަރަށް ކާމިޔާބު ހަތަރު ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ "ބަދުލާ" އާއި "ގޭމް އޯވާ" އާއި "މިޝަން މަންގަލް" ގެ އިތުރުން "ސާންޑް ކީ އާނކް" އެވެ.
ތާޕްސީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ހަސީން ދިލްރުބާ" އާއި "ޝަބާޝް މިތޫ" އަދި "ޖާނާ ގާނާ މާނާ" ހިމެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އަންނަ އަހަރު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ޝާހްރުކް ޚާނާ އެކު ހަދާ ފިލްމުގެ ބަތަލާގެ ރޯލުން ވެސް ތާޕްސީ ފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮންކެޔޮ
15 October 2020
އިންޑިޔާއައުޓު
އިދި ކޮޅު
15 October 2020
ޝުކުރިއްޔާ ތާފު ސީ
ޝުކުރިއްޔާ!
15 October 2020
ބޮޑު ހޭދައެއް ކޮށްގެން ވިޔަސް ރާއްޖޭން ލިބުނު ހިތްހަ މަޖެހު މާއި، އުފަލަށްޓަކައި ރާއްޖެ އިޝްތިހާރު ކޮށްދިނީތީ ޝުކުރުވެރި ވަ މެވެ. ވަރަށްގިނަ ބައެއްގެ ވަޒީފާ ކުރިޔަށް ގެންދެވޭނީ ޓުއަރިޒަ މް ގަދަޔަށް ހިނގައިގަނެގެންނެވެ. ޓުއަރިޒަ މް ހިނގައިގަންނާނީ، ފަތުރުވެރިން ގިނައިން އަންނަންފެށީ މަ އެވެ. ފަތުރުވެރިން އަންނާނީ އިތުބާރު ހިފޭ ގޮތަކަށް އިޝްތިހާރު ކުރެވިގެންނެވެ. "އިންޑިއާ" މީހަކު ތިކޮށްދިނީ ވަރަށް ފައިދާހުރި ކަ މެކެވެ.
ރަބަރު
15 October 2020
ރާއްޖެ އިޝްތިހާރު ވާނެ