ތަޕްސީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް.--
07 އޮކްޓޯބަރ 2020 - 12:24
ރާއްޖެ އަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫ ބުނެފި އެވެ.
އިންޑިއާގެ ގިނަ ފިލްމު އެވޯޑްތަކެއްގެ މޮޅު ބަތަލާގެ މަގާމު ފާއިތުވި އަހަރުތަކުގެ ހޯދާފައިވާ ތާޕްސީ، 33، އިއްޔެ ރާއްޖެ އައީ އޭނާގެ އާއިލާގެ ދެ މެމްބަރުންނާ އެކު ޗުއްޓީ ހޭދަކުރުމަށެވެ. ތާޕްސީ ޗުއްޓީ ހޭދަކުރަމުން އަންނަނީ މި އަހަރު ފޯބްސް މެގަޒިން އިން ހަތަރު ތަރީގެ ރިޒޯޓްގެ އެވޯޑް ލިބުނު ތާޖް އެގްޒޯޓިކާގަ އެވެ.
ތާޕްސީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވަނީ މި އުނދަގޫ ވަގުތު ހިތްހަމަޖެހުމެއް ހޯދާލުމަށް އޭނާ އަށް އެންމެ ކަމުދާ މަންޒިލަކީ ރާއްޖެ ކަމަށެވެ.
@taapsee in Maldives. "Maldives is the heaven in Earth" pic.twitter.com/3Vft4N4vWQ
— Gripped (@Gripped10) October 7, 2020
"ރާއްޖެ އަކީ ދުނިޔެމަތީގެ ސުވަރުގެ. އަހަރެން މިހުރީ އަހަރެން އެންމެ ގަޔާވާ ހޮލިޑޭ ޑެސްޓިނޭޝަންގައި. ސޭ ހެލޯ ޓު މޯލްވިސް،" ތާޕްސީ ބުނެފައިވެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ތާޕްސީ އާއި ޝަގުން ޕަންނޫ އައި އިވާނިއާ ޕަންނޫ އެނބުރި އިންޑިއާ އަށް ދާނީ ހަފުތާއެއްހާ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެވެ.
ތާޕްސީ ތާޖު އެގްޒޯޓިކާގައި މިއަދު ނަގާފައިވާ ފޮޓޯއެއް.
ދާދި ފަހުން ބޮލީވުޑްގެ ދެ ބަތަލާ އިން ކަމަށްވާ މޯނީ ރޯއި އާއި މަންދިރާ ބޭދީ ވަނީ ސޮނޭވާފުށީގައި ޗުއްޓީ ހޭދަކޮށްފަ އެވެ. ރާއްޖެ އަށް އަހަރަކު އެއް ފަހަރު ކަހަލަ ގޮތަކަށް ޗުއްޓީ ހޭދަކުރަން އަންނަ މޯނީ މި ފަހަރު އައީ އޭނާގެ އުފަންދުވަސް ހޭދަކުރުމަށެވެ.
ފޯބްސް އިން ހޮވާ އިންޑިއާގެ ސެލެބްރިޓީ ލިސްޓުން ފަހަކަށް އައިސް ޖާގަ ހޯދަމުން އަންނަ ތާޕްސީ އަކީ ހަމައެކަނި ހިންދީ ފިލްމުތަކުގައި މަސައްކަތްކުރާ ބަތަލާއެއް ނޫނެވެ. އޭނާ އަންނަނީ ސައުތުގެ ފިލްމުތަކުގައި ވެސް މަސައްކަތްކުރަމުންނެވެ. އެ ގޮތުން އެންމެ ފުރަތަަމަ އޭނާ މަސައްކަތް ކުރީ ވެސް ސައުތުގެ ފިލްމް އިންޑަސްޓްރީގަ އެވެ. ބޮލީވުޑް ފިލްމަކުން ފުރަތަމަ ފެނުނީ 2013 ވަނަ އަހަރު ނެރުނު ކޮމެޑީ ފިލްމު "ޗަޝްމޭ ބައްދޫރު" އިންނެވެ.
ބޮލީވުޑްގައި ތާޕްސީ ވިދާލީ 2015 ވަނަ އަހަރު ނެރުނު މަޝްހޫރު ޑިރެކްޓަރު ނީރަޖް ޕާންޑޭގެ ފިލްމު "ބޭބީ" އިންނެވެ. ފަހުން އަނިރުދް ރޯއީގެ "ޕިންކް" އާއި ޝިވަމް ނާޔަރުގެ "ނާމް ޝަބާނާ"ގައި ވެސް ތާޕްސީގެ އެކްޓިން ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ އެވެ. މި އަހަރު ރިލީސްކުރި ތާފްސީގެ ހަމައެކަނި ފިލްމަކީ އަނޫބަވް ސިންހާގެ "ތައްޕަޅު" އެވެ. މީގެ ކުރިން 2018 ވަނަ އަހަރު އަނޫބަވް ޑިރެކްޓްކުރި "މުލްކް"ގައި ވެސް ތާޕްސީގެ އެކްޓިންގެ މޮޅުކަން ފެނިގެންދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްދުއްالله
09 October 2020
އިންޑިއާ އާ އަޅާފަ ކޮންމެ ތަނެއްވެސް ސުވަރު ގެ އެއް.
ދިރޭ
08 October 2020
ދިވެހިންނަށް ލިބޭ މަހު މުސާރަ ކޮޅުން ގޭގެ ޚަރަދު ހަމަޖައްސާ ނުލެވޭ . ކޮންމެ މަހަކު ދަނީ ދަރަމުން ދަރަނި އިތުރު ވަމުން . ޖީބު ތައްވަނީ ޑެފިސިޓް ވެފަ . ރާއްޖޭގެ ރީތި ރިސޯޓް ތަކުގެ ރީތިކަން ބަލާލެވޭ ނެ ގޮތެއް ނެތް.
ސުޕުން
08 October 2020
ތަޕާސީ ޕާނޫ ، އައިވޮނަރ މީޓް ޔޫ
އަބްދުއްالله
09 October 2020
އޭނަ ތާނަ ކިޔާއުޅޭ ދޯ؟
ސުޕުން ބައްޕަ
08 October 2020
ތާޕްސީ އައި ވޮނަ މެރީ ޔޫ
ޙިނި
07 October 2020
ތީ ދިވެހިންނައް ކުރާ މާލާމާތެއްތަ. ދިވެހިން ނައް ކޮތަރުކޮށި ނޫނީ 10 މީހުން ދިރިއުޅޭ 15×15 ގެ ޖިފުޓި. އާއިލާތައް އަމިއްލަ ތައްދޫކޮއް ރޫޅި ރެފިއުޖީންނައްވެ. މީ ދިވެހިން ބަދުނަސީބުކަން
ތިލަދުންމަތި ކުޅަދުމަދު
07 October 2020
ރަށުގަ އޮންނަންވީނުން ގަނޑުވަރުގަ.. މާލެ އަންނާތީދޯ ކޮތަރު ކޮއްޓަށް ވަންނަންޖެހެނީ..
ރަބަރު
07 October 2020
ވަރަށް ރަނގަޅު.
ޝިޔާމް
07 October 2020
މިއީ ވަޤުތީ ސުވަރުގެއެއް. ދާއިމީ ސުވަަރުގެ ލިބޭތޯ މަސައްކަތް ކުރަމާ ދޯ!
ަެްަައޭޖޭ
07 October 2020
ދިވެހިންނަށް ކޮންތަނެއް.. ރީތި ގޮނޑުދޮށް އަދި ރިސޯޓް ތަކުގެ އަރާމު ލިބެނީ އާބާދީގެ %1 ބުނުމަކުން ދޮގަކަށް ނުވާނެ. ދުނިޔޭގެ އެންމެ މީރު ޓޫނާ ވެސް މިތާ، އެކަމަކު ދިވެހިން ކަނީ އައިސް މަސް، މީރު ބޮޑު ކަންނެލި އެކްސްޕޯރޓަށް، މަދު ދިވެހިންނަށޮ ތާޒާ މަސްކޮޅެއް ލިބޭނީ. ހުރިހާ ކަމެއްވެސް އެހެން. ދުނިޔޭގެ އެހެން ގައުމުތަކުގަ އެގައުމުގެ ފޮނިމީރުކަން އެންމެ ފުރަތަމަ ލިބި ގަންނަނީ ރައްޔިތުން. ދިވެހިންގެ ނިކަމެތިކަމާއެވެ.
އާދަމް ބާއީ
07 October 2020
ކޮންމެ ބޭފުޅަކަށްވެސް މަހަށްދިޔުމުގެ އިޚްތިޔާރު ލިބިގެންވޭ. އެއީ އެމީހެއްގެ ފަރުދީ މިނިވަންކަމެއް. ފުެޝް މަސްބޭނުމިއްޔާ ހަމަ ދޮށިއެއްލައިގެން ފުރެޝްމަސް ލިބޭނެ. ދޮށިނޭއްލާ ކޮމެންޓުކުރިޔަސް ކަމަކުނުދާނެ.
ޒަރީރޫ
07 October 2020
ކޮންމެ ކަމެއްގަވެސް މިނގަނޑެއް އޮވޭ، އެގޮތުން މިނަށްވުރެ "ކަންނެއް" ވީމަ "ފޮނިމީރު" ކަމުގެ ރާހަތެއް ނުކުރާނެ، މީ ލައްކަ ވާހަކަ.