ކްރިތީ އާއިލާގެ މެމްބަރުންނާ އެކު ރާއްޖޭގައި.
18 ޑިސެމްބަރ 2018 - 13:15
ފިލްމު "ހީރޯޕަންތީ" އިން 2013 ގައި ބޮލީވުޑަށް ތައާރަފުވި ބަތަލާ ކްރިތީ ސެނަން ވެސް ޗުއްޓީ އަށް އާއިލާއާ އެކު ރާއްޖެ އަތުވެއްޖެ އެވެ.
"ދިލްވާލޭ" އާއި "ބެރިލީ ކީ ބަރްފީ" ފަދަ ފިލްމުތައް ކުޅުނު ބަތަލާ ރާއްޖެ އައިސްފައި ވަނީ މަންމަ އާއި ބައްޕަ އަދި ކޮއްކޮ ނުޕޫރް ސެނަންއާ އެކުގަ އެވެ. އެ މީހުން ޗުއްޓީ ހޭދަ ކުރަނީ އިންޑިއާގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ ތާޖް އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާގަ އެވެ.
ކިރިތީ ރާއްޖެ އައިސްފައި މި ވަނީ އަރުޖުން ކަޕޫރާ އެކު ކުޅޭ، އަޝުތޯޝް ގޮވަރިކާގެ ތާރީހީ ފިލްމު "ޕާނިޕަޓް" ގެ ޝޫޓިންގައި އުޅެފަ އެވެ. އޭނާ ދެން ދެން އެންމެ އަވަހަށް ފެނިގެން ދާނެ ފިލްމަކީ އަންނަ މާޗް މަހުގެ 1 ގައި ރިލީޒް ކުރާ "ލުއްކާ ޗުއްޕީ" އިންނެވެ. މި ފިލްމުގައި ކްރިތީ ފެނިގެން ދާނީ ކާތިކް އާރިޔަންއާ އެކީގަ އެވެ.
ކްރިތީ ކޮއްކޮ ނުޕޫރްއާ އެކު.
ކިރިތީ، 28، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ހައުސްފުލް 4"، "ކަލަންކް" އަދި "އަރުޖުން ޕަޓިއާލާ" ހިމެނެ އެވެ.
ކްރިތީއަކީ ބޮލީވުޑްގެ އިތުރުން އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތް ކުރާ ބަތަލާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy