ތާޖް އެގްޒޮޓިކާ ރިސޯޓުގެ މުވައްޒަފުން ބޮލީވުޑްގެ ތަރި ސޮނާކްޝީއަށް މަރުހަބާ ކިޔަނީ.
11 ޖޫން 2025 - 13:52
ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ޒަހީރް އިގްބާލް މިދިޔަ މަހު ރާއްޖެއަށް ކުރި ދެ ދުވަހުގެ ކުރު ދަތުރުގެ ވީލޮގް ޔޫޓިއުބްގައި މިއަދު އާންމުކޮށްފި އެވެ.
މާލެ އަތޮޅުގައި އޮންނަ ތާޖު އެގްޒޯޓިކާ މޯލްޑިވްސް ރިސޯޓަށް ސޮނާކްޝީ އާއި ޒަހީރް އައީ އެމީހުންގެ ވަރަށް ގާތް ރައްޓެއްސެއްގެ ކައިވެނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށެވެ.
އެ ވީލޮގުގައި ސޮނާކްޝީ ބުނީ ރާއްޖޭގެ ނޫ ކަނޑު ފެނުމާ އެކު، އޭނާއަށް ލިބުނު ހިތްހަމަޖެހުން ބުނެދޭން ވެސް ނޭނގޭ ކަމަށެވެ. އަދި ރާއްޖެ އާދެވޭ ކޮންމެ ފަހަރަކު ހިތަށް އަރަނީ މި އާދެވެނީ އޭނާގެ އަމިއްލަ ގެއަށް ކަމަށް އޭނާ ބުންޏެވެ.
ރިސޯޓުން ކީ މަރުހަބާ އާއި އެތަނުގެ މުވައްޒަފުންގެ މެހުމާންދާރީގެ ސަބަބުން ވެސް އަނބުރާ ގެއަށް އާދެވުނިއްޔޭ ހިތަށް އެރި ކަމަށް ސޮނާކްޝީ ބުންޏެވެ.
އެ ރިސޯޓުން ސޮނާކްޝީގެ ދެމަފިރިންނަށް މަރުހަބާ ކީ ބޮޑުބެރާއި ދިވެހި ސަގާފީ ކުޅިވަރުންނެވެ.
ނަމަވެސް، ދެ ދުވަހުގެ އެ ކުރު ދަތުރުގައި، އޭނާ އާންމުކޮށް ރާއްޖެ އައިސް ކުރާ ކަންކަން ނުކުރެވޭތީ ހުރީ ވަރަށް ދެރަވެފަ އެވެ. ހާއްސަކޮށް ފީނަން ދިއުމާއި މޫދު ކުޅިވަރުތަކުގައި ބައިވެރި ނުވެވުނީމަ އެވެ.
އޭނާ މިފަހަރު ދިޔައީ ޑޮލްފިން ކްރޫޒަކަށް ނުވަތަ ކޯމަސް ބެލުމަށެވެ.
"މޫދާ ކައިރީގައި އުޅެންޏާ އަހަންނަށް ވަރަށް ހިތްހަމަޖެހުން ލިބޭ. އެއީ އުފާވެރި އިހުސާސެއް،" ސޮނާކްޝީ ބުންޏެވެ.
އެ ދެމީހުންގެ އެެކުވެރިޔާގެ ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ޕާޓީ އޮތީ އެ ދަތުރުގެ ދެވަނަ ދުވަހު އެވެ. އެ ޕާޓީ ބޭއްވީ ރިސޯޓުގެ ބީޗުގައި އެ ދުވަހު ހަވީރެވެ.
"މިއީ ވަރަށް ކުރު ދަތުރެއް، އެކަމަކު ވަރަށް އުފާވެރި ދަތުރެއް،" ސޮނާކްޝީ ބުންޏެވެ.
ސޮނާކްޝީއަކީ ވަރަށް ގިނައިން ރާއްޖެ އަންނަ ބޮލީވުޑްގެ ތަރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުންދުސީ ޕަރްވީން ބާބީ
14 June 2025
ސޯނާކްޝީ ގެ މަންމަ އަކީ ކާކުބާ! އަސްލު މަންމަ ކަމަށް ބަލާ މީހާ އާ ކުޑަކޮށް ވެސް ވައްތަރެއް ނުން! ރީނާރޯއީ އާ ވައްތަރު ހެން ހީވަނީ! ރީނާރޯއީ އަކީ އަސްލު ޝާއިރާ އަލީ ( މުސްލިމެއް) އެހެން ކަމުން ރީނާ ކަހަލަ މުސްލިމަކާ ސޯނާކްޝީ އިނުން މީ ވެސް ޑެސްޓިނީ ނުންބާ! ސަތަރޭ ޢާ އޭނަގެ އަންހެނުން ÷ޫނަމް ސިންހާ ސޯނާގެ ކައިވެންޏާށް ގަބޫލު ވިޔަސް ސޯނާ ގެ ދެ ބޭބެ ކަމުގަ ވާ ލަވް އާ ކުޝް އެ ކައިވެންޏާ ވ ނުގަބޫލު !
ހުސޭނު9
12 June 2025
ކަނބުލޮ ދެން ކީއްވެތަ މިތާ މީހަކާ ނީނީ!
ކޮރަލް
11 June 2025
ސިޓީގެ އަޑުގަދަ ކާރޫ ބާރޫ ބޮޑެތި ހިސާބުގަ އުޅެފަ ރިސޯޓް އަކަށް އާދެވުނީމަ އެލިބޭ ހަމަ ހިމޭން ކަމާ ހިތް ހަމަ ޖެހުން އިހްސާސް ކުރެވެނީ ރާއްޖެ އަންނަ ޓޫރިސްޓުންނަށެވެ. ދިވެހީން ޗުއްޓީ އެއް ލިބުނަސް ސިޓީ ގަ އުޅެފަ މިދަނީ އެހެން ސިޓީ އަކަށެވެ. ރަށްތައް ކުޑަވެފަ ވަށައިގެން މޫދު އޮތަސް ހިނގާލަން މިދަނީ ބޫޓް އަށް އަރައިގެން ޓްރެކް އަށެވެ. ހުސްފަޔާ ބީޗްގަ ހިނގާލަ ބަލާށެވެ.
މުންނަގެ ދޮން
12 June 2025
އޭނާގެ މާމަ (މުންނަ) ބައްޕަގެ މަންމައަކީ ހުވަދުއަތޮޅު ރަށަކަށް ނިސްބަތްވާ އަންހެން ކަނަބަލެއް. އެހެންވިއްޔާ އޭނާއަށް އޭނާގެ ގެއަށް އާދެވުނު ކަމުގެ އިހުސާސްވުމަކީ ޖެނެޓިކްސް އާ ގުޅިފައިވާ ކަމެއް. އެހެން އޭނާއަށq ބުނެވުމަކީ ކުށެއް ނޫން.
އޭނަ
11 June 2025
އޭނަގެ ގެއެއް ނޫންމީ. މީ އަހަރެމެންގެ ގައުމު.
ޙަމަމަ
11 June 2025
އޭނަގެ ގެއޭ ބުނީމަ ކޮބާތަ މައްސަލައަކީ؟ އޭނަ ނުބުނޭދޯ އޭނަގެ މުދާގަނޑެކޭ މިރާއްޖެމީ.
ސަތަރޭ
11 June 2025
އޭނާގެ ބައްޕައަކީ ހުވަދޫ ދަރިކޮޅުމީހެކޯ ބުނާތީ އަހަން.
ސަތަރޭ
12 June 2025
ޚާމޯޝް