ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ޒަހީރް އިގްބާލް ރިސޯޓުގައި އެމީހުން ތިބޭ ވޯޓާ ވިލާގެ ޕޫލުގައި.
31 ޑިސެމްބަރ 2025 - 06:49
ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ޒަހީރް އިގްބާލް މި އަހަރު ދެވަނަ ފަހަރަށް ރާއްޖެ އަތުވެއްޖެ އެވެ.
ސޮނާކްޝީ އާއި އިގްބާލް މިދިޔަ ހޯމަ ދުވަހު ރާއްޖެ އައީ އާ އަހަރު ފާހަގަކުރުމަށެވެ. މި ފަހަރު އެ ދެމަފިރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ ކައިރީގައި އޮންނަ ސޯ މޯލްޑިވްސް ރިސޯޓުގަ އެވެ.
ދަތުރުގެ ބައެއް ވީޑިއޯތަކާއި ފޮޓޯތައް ސޮނާކްޝީގެ އިންސްޓަގްރާމް ސްޓޯރީގައި ވަނީ ހިއްސާކޮށްފަ އެވެ.
ސޮނާކްޝީ އާއި އިގްބާލް ވަނީ މިދިޔަ މެއި މަހު ވެސް ރާއްޖެ އަށް އައިސްފަ އެވެ. ދެ ދުވަހުގެ އެ ކުރު ދަތުރުގެ ވީލޮގް ވެސް ސޮނާކްޝީގެ ޔޫޓިއުބްގައި މިދިޔަ ޖޫން މަހު ހިއްސާކުރި އެވެ.
އެ ދެމަފިރިންގެ ވަރަށް ގާތް ރައްޓެއްސެއްގެ ކައިވެނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖެ އައިސް އެ މީހުން އެ ފަހަރު ތިބީ މާލެ އަތޮޅުގައި އޮންނަ ތާޖު އެގްޒޯޓިކާ މޯލްޑިވްސް ރިސޯޓުގަ އެވެ.
ސޮނާކްޝީއަށް ރާއްޖެއަކީ އަމިއްލަ ގެ https://t.co/mP2iHgjn1A
— Mihaaru (@Mihaarunews) June 11, 2025
އެ ވީލޮގުގައި ސޮނާކްޝީ ބުނީ ރާއްޖޭގެ ނޫ ކަނޑު ފެނުމާ އެކު، އޭނާއަށް ލިބުނު ހިތްހަމަޖެހުން ބުނެދޭން ވެސް ނޭނގޭ ކަމަށެވެ. އަދި ރާއްޖެ އާދެވޭ ކޮންމެ ފަހަރަކު ހިތަށް އަރަނީ މި އާދެވެނީ އޭނާގެ އަމިއްލަ ގެއަށް ކަމަށް އޭނާ ބުންޏެވެ.
ސޮނާކްޝީއަކީ ވަރަށް ގިނައިން ޗުއްޓީއަށް ރާއްޖެ އަންނަ ބޮލީވުޑްގެ ތަރިއެކެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަހަނބު
31 December 2025
މީ ޓިކްޓޮކް/އިންސްޓަގުރާމް މެޑޮއްޔެތަ ނޫނީ ހިންދީ ފިލްމުސްޓަރެއްތަ. ދުވަހަކުވެސް ނުދެކެން މީނާ ފިލްމެއްގަ އުޅެނިކޮށް.
ސޯނޫ
31 December 2025
ފިލްމެއް ނުލިބޭ ނުކުޅޭ! ކޮންތާކުންބާ މި ވަރަށް ފައިސާ ހޯދަނީ
ބބބބބ
31 December 2025
ކަލޯ އެ ދެމީހުންނަކީ ވިޔަފާރިވެރިން. ތަންދޮރު ބަލާބަލަ. ސޯނާއާ ނުބެހޭތި!!!
ގައްބަރުގެ ދޮންދައިތަ
31 December 2025
ދާއޫދު އިބްރާހިމްމެން ތިބިއްޔާ ލަރި އޮންނާނެ.
ވަގާރު
31 December 2025
ސޯނާކުށީއަށް ދިވެހިރައްޔިތުކަން ދިނުމަށް ގޮވާލަން.
ނެޓް
31 December 2025
އެއީ ދިވެހި ދަރިކޮޅެއްގެ ކުއްޖެއް. ފަރެސްމާތޮޑާ
ސުންދުސީ ޕަރްވީން
01 January 2026
ސޯނާ ގެ އައްޕަ ސަތަރޭ އަކީ ދިވެހި ދަރިކޮޅުން އައްޑޫ ހުވަދޫ އިން ހިޖުރަ ކުރި ދަރިފަސްކޮޅަކުން އައިސް ހުރި މީހެކޭ 1980 ގެ ކުރީ ކޮޅު ކިޔާ ދޯ! އޭރު އހަރެމެން ވ ކުޑަ އެކަމަކު ހަދާން އެބަހުރި ކިޔާ ކަން! ދެން އޭރު ހިންދީ ސްތާރުން ވ މަޝްހޫރު ދޯ އެމީހުން ނަކީ ވ ގާތް ބައެއް ގޮތަށް ވަނަން ދީ ޅެން ހަދާ އުޅުނު ކަން ވެސް ހަދާން ހުރޭ