ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރު އަދި ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް.
10 އޮކްޓޯބަރ 2025 - 22:06
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރު އަދި ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް އޭނާ ބުނެފި އެވެ.
ވިޒިޓް މޯލްޑިވްސް އިން އިންސްޓަގްރާމްގައި ޕޯސްޓުކުރި ރީލްއެއްގައި ކެޓްރީނާ ބުނީ ރާއްޖޭގެ ގްލޯބަލް އެމްބަސެޑަރުކަން ލިބުމުން ވަރަށް އުފާކުރާ ކަމަށެވެ.
ކެޓްރީނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ވެސް އެ ރީލް ރީޕޯސްޓުކޮށްފަ އެވެ.
ރާއްޖޭގެ ބިއްލޫރިކޮޅެއް ފަދަ ސާފު މޫދާއި ތަފާތު ދިރުންތަކުން މުއްސަނދި ކަނޑާއި ހަމަހިމޭން މާހައުލަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ތަޖުރިބާ ނުކުރެވޭނެ ކަންކަން ކަމަށް ކެޓްރީނާ ބުންޏެވެ.
"މި ސުވަރުގެއް ފަދަ ރާއްޖެ ތަޖުރިބާކޮށްލަން ޖެހޭ. ވަރަށް އަވަހަށް ރާއްޖެއިން ބައްދަލުވާނަން،" ކެޓްރީނާ ބުންޏެވެ.
ނަމަވެސް، ކެޓްރީނާ ރާއްޖެ އަންނަނީ ސީދާ ކޮން ދުވަހަކު ކަމެއް އަދި ނޭނގެ އެވެ.
އަލަތު ދަރިފުޅަށް ބަލިވެއިން ކެޓްރީނާ މި މަހު ވިހާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވެ އެވެ.
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެކަށް ކެޓްރީނާ ހަމަޖައްސައި އެކަން އިއުލާންކުރީ މިދިޔަ ޖޫން މަހު އެވެ.
އެ ޕާޓްނާޝިޕްގެ ބޭނުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރަން ދުނިޔޭގެ ގިނަ ޓޫރިސްޓުންނަށް ހިތްވަރު ދިނުން ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފައިވެ އެވެ.
ވިޒިޓް މޯލްޑިވްސް ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ނެޓްފްލިކްސްގެ "ވަން ޕީސް" ލައިވް-އެކްޝަން ސީރީޒްގައި ސަންޖީގެ ރޯލު ކުޅޭ އިނގިރޭސި އެކްޓަރު ޓެޒް ސްކައިލާ ވެސް މިދިޔަ އޮގަސްޓު މަހު ވަނީ ރާއްޖެ އައިސްފަ އެވެ. އަދި ރާއްޖެ އިޝްތިހާރުކުރުމަށް އެ ދަތުރުގައި އޭނާ އެކި ތަންތަނަށް ދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޫރަލް ޢައިން
13 October 2025
ހާދަ ރީއްޗޭ، ކަލާނގެ ކުޅަދުންވަންތަ ކަމާއެވެ.
މުހަންމަދުއްނީ
12 October 2025
އޭނާއަށްވެސް އާދެވެނީ އެހެން މީހުންވެސް އަންނަ ސްޕީޑްގައި ދޯ؟ވަކި އަވަހަކަށް ނާދެވޭނެ.
2025
11 October 2025
ކެޓް ދޮގުނުހަދާ މާދަން ކަންނޭގެ ތިމަންޖެ ވީހާނީ.....ބޮއިހަލަކި
ދިއްދޫމީހާ
11 October 2025
ކެޓް އަންނަނީ ހޭވާހޭވާ ލަވަޔަ ނަށާލަންދޯ؟
ހެޔޮ މަށަށް
11 October 2025
ދެން މަށަށް ކީއް؟
ސުންދުސީ ޕަރޫ
11 October 2025
ދުބާއީ ޓޫރިޒަމް ޕްރޮމޯޓް ކުރަން ދީޕިކާ އަބާޔާ ގަ މިސްކިތް ޕްރޮމޯޓް ކުރީމަ އިންޑިޔާ ގެ ބައެއް މީހުން ފާޑު ެބަ ކިޔާ! މިހާރު ރާއްޖެ ކަހަލަ މުސްލިމް ހާބީ ގައުމު ތަކުން ހިންދި ތަރިން އެމްބެސެޑަރުންނަށް ެއެބަ ހަދާ!
ވަސާމަތު
10 October 2025
ވިހަން އަންނަނީ
އުއްޗު
10 October 2025
ބޮޑު ބެރަށް ނަށަން މިކޮޅަށް އަންނަންވާނެ
ހަމްދާ
10 October 2025
ކައުންސިލް އިންތިޙާބަށްތޯ އަންނަނީ
ސަަސި
10 October 2025
ކެތުރީނާ ކިތަންމެ އަވަހަކަށް ރާއްޖެ އަޔަކަށް އަހަރުން ކީއްކުރަނީ. އެންމެ ކުޑަމިނުން ފެންނާނީއެއްވެސް ނޫން ވީއްޔާ