ކެޓްރީނާ ކެއިފް. ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް އޭނާ ވަނީ ހަމަޖައްސާފައި.
10 ޖޫން 2025 - 11:00
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފި އެވެ.
އެމްއެމްޕީއާރުސީން މިއަދު ބުނީ އެ ޕާޓްނާޝިޕްގެ ބޭނުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރަން ދުނިޔޭގެ ގިނަ ޓޫރިސްޓުންނަށް ހިތްވަރު ދިނުން ކަމަށެވެ.
ކެޓްރީނާއަކީ ބޮލީވުޑްގައި އެންމެ ކާމިޔާބު އަންހެން ތަރިންގެ ތެރޭގައި ހިމެނޭ އެކަކެވެ. ފިލްމީ ދާއިރާގެ ކާމިޔާބީތަކުގެ އިތުރުން، ވިޔަފާރީގައި ވެސް އޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އޭނާއަށް ވަނީ ފޯބްސް އައިކަން އޮފް އެކްސެލެންސްގެ ޝަރަފު ވެސް ލިބިފަ އެވެ.
ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރުގެ ހައިސިއްޔަތުން، ކެޓްރީނާ ބުނީ ރާއްޖެއަކީ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއް ކަމަށެވެ. ސަނީ ސައިޑް އޮފް ލައިފްގެ އެމްބެސަޑަރަކަށް ހޮވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ އެ މަގާމަށް ކެޓްރީނާ ކަހަލަ ނުފޫޒުގަދަ ތަރިއަކު ހަމަޖެއްސުމާ މެދު އުފާކުރައްވާ ކަމަށް ވިދާޅުވެ، ގްލޯބަަލް ބްރޭންޑް އެމްބެސެޑަ ކެޓްރީނާއަށް މަރުހަބާ ވިދާޅުވެފަ އެވެ.
ސަމާ ސޭލް ކެމްޕޭނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަގްޒަރީ ރިސޯޓްތަކާއި ބުޓިކް ގެސްޓްހައުސްތަކާއި އެންމެ ރަނގަޅު އެކޮމޮޑޭޝަންތަކުގައި އެކްސްކްލޫސިވް އޮފާތަކާއި އަގުހުރި ޑީލްތައް ދައްކާލަ އެވެ. އިނގިރޭސިވިލާތް، ރަޝިއާ އަދި ސީއައިއެސް، ޑީއޭސީއެޗް ސަރަހައްދު، އިޓަލީ، ޕޮލެންޑް، ސްޕެއިން އަދި އިންޑިއާ ފަދަ ދުނިޔޭގެ ބޮޑެތި މާކެޓްތަކުގައި މި ކެމްޕޭން ކުރިއަށްދާނެ އެވެ. އެ ތަފާތު އަދި ޒަމާނީ ހަރަކާތްތައް ފަރުމާކޮށްފައި ވަނީ ހޫނު މޫސުމުގައި ދަތުރުކުރަން ބޭނުންވާ ޓޫރިސްޓުންނަށް ހާއްސަކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިމްރާހް
11 June 2025
އިންޑިޔާގަ ހަމަ ގަދަޔަށް ޕްރޮމޯޓް ކުރަންވީ. އޭރަށް ހަމަ ގައިމުވެސް އޮފްސީޒަންގަ މިމީހުން އައިސް ރިސޯޓްތަކާ ގެސްޓް ހައުސްތައް ފުރާލާނެ. ގުޑް މޫވް
ތިއްޔިބް ޝަމީމް
11 June 2025
ޓޫރިޒަމް ކުރިއަރުވަން އަދުގެ ސަރުކާރުން މިކުރާ މަސައްކަތް ފާހަގަ ކޮށްލަން. މީ އެހެން ލެވެލްއެއްގައި ކުރިޔަށް ޖެއްސުން.އެހެންވެ ކަންނެ 1 މިލިޔަން ފަތުރުވެރިން އެއްމެ އަވަހަށް ހަމަވި ފަހަރަށް މިފަހަރު މިވީ.
އާދަމް ހަލީމް
11 June 2025
މިދިޔަ ވެރިކަމުގައި މުޅިން ސީ ކެޓަގަރީ މީހުން ބޭނުން ކުރީ. މިފަހަރު ސީދާ ސުޕަރ ތަރިން. ތަފާތު ފެންނާނެ ހަމަ ޔަގީނުންވެސް.
ކިލަމަންޑާ
11 June 2025
މިދިޔަ ވެރިކަމުގަ މިކަން ކުރިނަމަ ކިޔާނެ އެއްޗެއްސާ ވާނެ ގޮތް ވިސްނާލާ ވަޒަންކޮށްލާ. ގައުމިއްޔަތާއި މިނިވަންކަމާ ދީނޭ ކިޔައިގެން ދޮގުވެރި ކެމްޕޭނެއް ކުރާ ފިކުރެއް މިއޮތީ.
ނިއުމަތުﷲ.
11 June 2025
ވަރަށް ރަނގަޅު ޗޮއިސްއެއް. މަޝްހޫރު އެހާމަ މީހުން ސަޕޯޓް ކުރާ ފޮލޯ ކުރާ ސެލެބްރިޓީއެއް.
ތިބިޔާން މުހައްމަދު
11 June 2025
މިގައުމުގެ އިގްތިސާދު ކުރިއަރާނީ ހަމަ ގައިމުވެސް މިގައުމުގެ ޓޫރިޒަމް ކުރިއަރުވައިގެން. އެކަން ކުރި އަރަން އޮތީ ހަމަ ޔަގީނުންވެސް ޓޫރިޒަމަށް އިންވެސްޓްކޮށްގެން.
ނަދިން
11 June 2025
މިކަން އޭނަ ޢަށް އެނގޭބާ؟ މިހެން އަހަން މިޖެހުނީ މިހާރަކަށް އައިސް ސްކޭމްތައް ގިނަކަމުން! މިދޭތެރެއިންވެސް ސައުދީ ޕްރިންސް ސްކޭމެއްގަ މުޅި ސަރުކާރު ޖެހުނީވިއްޔާ!
އީދުގަ ތިދިރުވި ބައި އެދިޔައީ ތޮޅިއަށްނު.
11 June 2025
ކޮބާ ގައުމިއްޔަތު މިނިސްޓަރު މިކަމަށް އަހަރެމެނަށް ޅެމެއް ހަދާލަދޭތި.
ކެނެޑީ
10 June 2025
ސުނީތާ ހުއްޓާ؟؟؟
މޮލީވުޑް
10 June 2025
މީވަރަށް ދެރަަކަމެއް. ދިވެހި ފިލްމީތަރިންނަށް ފިލްމެއް ނޫނީ ޑްރާމާއެއް ކުޅެގެން ލިބޭ އެއްޗެއްނޫނީ އިތުރު އެއްޗެއް ލީބޭކަށްނެތް. މިކަހަލަ އެންބަސެޑަރެއްގެ ރޯލު ކީއްކުރަން ކިތަންމެ ބޮޑުބައްޔެއްވިޔަސް ނޫހަކަ ނަމެއް ނާރާ އޮޅިގެންވެސް... އެކަމަކު ބޮލީވްޑްގެ އިމްރާނު ޚާޝިމީ ޑެންގޫ ޖެހުނީމާވެސް ނޫހަ އެރި.
ޓޮލީވުޑް
11 June 2025
އެހެންވަނީ ތަރިން ނޫންވީމަ. އެކްޓް ކޮށްކޮށް އަދިވެސް ރަނގަޅަށް ޑައިލޮގެއް ކިޔަން ނޭނގޭ އެކްޓަރުން ގިނައީ. ކަރުދާސް ގަނޑެއް ބަލައިގެން ސިޓީއެއް ކިޔާހެން ޑައިލޮގް ކިޔާ ބަޔަކަށް ތަރިންނަށް ވެވޭތަ؟