އެމްއެމްޕީއާރުސީގެ އިސްބޭފުޅުންނާއެކު ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.
05 ޖޫން 2025 - 22:57
ރަށްރަށުގެ ދިރިއުޅުމާއި އީދު ކުޅިވަރުތައް ބަލައިލުމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތް ކުރާ އެމްއެމްޕީއާރުސީން މިރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފަރާއަށް ރާއްޖޭގެ ހަގީގީ މެހުމާންދާރީ އަދާކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެ ޕޯސްޓާއެކު ވަނީ ފަރާ ރާއްޖެ އައިސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ރާއްޖޭގެ މޮނިއުމެންޓް ކައިރީގައި ހުރެ ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ. ފަރާ އެކު، އެ ފޮޓޯގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އިބްރާހިމް ޝިއުރީ ވެސް ތިއްބެވި އެވެ.
"މި އީދުގައި ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުމުގެ ރީތިކަން ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ފަރާ ޚާންއާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދޭން މި ތިބީ ކެތްމަދުވެފައި،" އެމްއެމްޕީއާރުސީން ބުންޏެވެ.
Get ready to experience the warmth of true Maldivian hospitality! We're excited to share the beauty of our local island life with renowned bollywood director, Farah Khan during Eid-al-Adha celebrations. pic.twitter.com/36RKxkLmGa
— Maldives Marketing & Public Relations Corporation (@mmprc_corporate) June 5, 2025
އެމްއެމްޕީއާރުސީން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ރަށްރަށުގައި މިފަހަރު ބާއްވާ ބޮޑު އީދުގެ ކުޅިވަރުތައް ޝޫޓުކުރަން މި މަހު ފަހަކުން އަށަކަށް ފަރާ ރާއްޖެއަށް އަންނާނެ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ފަރާއާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮޖެކްޓެއްގެ ދަށުންނެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ބައެއް ރަށްރަށުގެ ރީތި ސަގާފަތް "ކޮމެޑިކް ނެރޭޓިވް"އަކުން ގެނެސްދޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ.
ނަމަވެސް ފަރާ ދަނީ ކޮން ރަށްރަށަކަށް ކަމެއް އަދި ނުބުނެ އެވެ.
"މޭ ހޫ ނާ" އާއި "އޯމް ޝާންތި އޯމް" ކަހަލަ ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު އެތައް ފިލްމެއް ޑައިރެކްޓުކޮށްފައިވާ ފަރާއަކީ މިހާރު ޔޫޓިއުބްގައި އިންޑިއާގެ އެންމެ މަގުބޫލު ކައްކާ ޝޯ ވެސް ގެނެސްދޭ ފަންނާނެވެ. ފަރާގެ ގޭގައި ގެންގުޅޭ ކައްކާ ކަމަށްވާ ދިލިޕްއާ އެކު ގެނެސްދޭ އެ ޔޫޓިއުބް ވީޑިއޯތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބެ އެވެ. އަދި އިންޑިއާގެ މަޝްހޫރު އެތައް ފަންނާނުންނެއް އެ ޝޯތައް ގެސްޓުންގެ ގޮތުގައި ވެސް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެލަރީ
06 June 2025
ރަނގަޅު އެކަމަކު މާދަމާ ވެރިކަމައް އަންނަން ބޭނުންވާއިރަށް ފަރާގެ ކާޓޫން ކުރަހައިގެން މަގުތަކައް ތިބޭފުޅުން ނުނުކެމެފިއްޔާ ރަނގަޅު ވެރިކަމައް އަންނަން ކޭޕްންއެއް ތިބޭފުޅުން ނިންމާލިންތޯ އިންޑިއާ އާއި ބެހިނުގަނެ ލަދުގެ ކަންފުޅެއްވެސްނެތް
ސުވާލެއްވެސް ނެތް
06 June 2025
ފަރަހާން ބުނާނީ: ކުޅިވަރުތައް ވ ފުރިހަމައޭ. އައުޓްސްޓޭންޑިން ޕާރފޯމެންސް. ރާއްޖެ މީހުންގެ ހިތް ހެޔޮކަމާއެވެ. ރާއްޖެއަށް ހިތްދެވިއްޖެ. މިކަހަލަ ކޮންމެވެސް އެއްޗެލޭކިޔާލާފަ ރާއްޖެ މީހުން ހައްދާލާފަ ދާނީ..
ދިއްދޫމީހާ
06 June 2025
ފަރާ ޚާންމެން އީދުކުޅިވަރު ބަލަން ރާއްޖެގެނައިރު އަހަރެމެން މިއުޅެނީ އީދުކުޅިވަރު ބަލަން ފަރިޔާލްމެން ގެޔަވެސް ދާނެގޮތެއް ނޭގިގެން..