މުނިފޫހިފިލުވުން / ބޮލީވުޑް ފިލްމު

މި މަހު ރިލީޒްކުރި ތަމަޅަ ފިލްމު "މާސްޓާ" ގެ ހިންދީ ރިމޭކެއް

"މާސްޓާ" ގެ ޕޯސްޓަރެއް.

މިދިޔަ ބުދަ ދުވަހު ސިނަމާތަކުގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ތަމަޅަ ފިލްމު "މާސްޓާ" ގެ ހިންދީ ރިމޭކެއް ހަދަން ނިންމައިފި އެވެ.

މި އެކްޝަން ތުރިލާ އަކީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ ތަމަޅަ އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިޖޭ އާއި ވިޖޭ ސެތުޕަތީ ލީޑް ރޯލު ކުޅެފައިވާ ފިލްމެކެވެ. ލޮކޭޝް ކަނަގަޖްރާޖް ޑައިރެކްޓްކޮށްފައިވާ "މާސްޓާ" އަކީ އަރަމުން އަންނަ ޒުވާން ބަތަލާ މަލްވިކާ މޯހަނަން ބަތަލާގެ ރޯލު ކުޅެފައިވާ ފިލްމެކެވެ.

މީގެ ރިމޭކެއް ހަދަން ނިންމި އިރު ވިޖޭ ސެތުޕަތީ އާއި މަލްވިކާ އަކީ ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރްގެ އަލަތު ވެބް ސީރީޒް "ގަވަރު" ގެ ކާސްޓްގައި ވެސް ހިމެނޭ ދެ ތަރިންނެވެ. އަދި ވިޖޭ ސެތުޕަތީ، ކެޓްރީނާ ކެއިފާ އެކު ކުޅޭ، ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ފިލްމަށް ވެސް ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި "މާސްޓާ" ގެ ހިންދީ ބަހުން ހަދަން އޭގެ ރައިޓްސް ހޯދީ އެންޑެމޯލް ޝައިން އިންޑިއާ ޕްރޮޑިއުސަރު މުރާދު ކެތާނީ ސިނެ 1 ސްޓޫޑިއޯސް އިންނެވެ. އޭނާ ބުނިގޮތުގައި ފިލްމަށް ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ.

ބޮޑު ކާސްޓެއް ހިމެނޭ "މާސްޓާ" އަކީ 135 ކްރޯޑް ރުޕީސް (18.45 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

އިންޑިއާގެ ދެކުނު އިންޑަސްޓްރީ އަކީ މި ފަހުން ކޮންޓެންޓް ވަރަށް ވަރުގަދަ މޮޅެތި ފިލްމުތައް ގެނެސްދޭ އިންޑަސްޓްރީއެކެވެ. އަދި އެ އިންޑަސްޓްރީގެ ފިލްމުތަކުގެ ހިންދީ ރިމެކްތައް ހަދާތީ، ވަރަށް ގިނަ ބަޔަކު ބޮލީވުޑަށް މިހާރު މަލާމާތް ވެސް ކުރެ އެވެ. ގިނަ ބަޔަކު ބުނާގޮތުގައި ބޮލީވުޑަކީ ކޮންޓެންޓަށް ވުރެ ބޮޑަށް ތަރިންނަށް އިސްކަންދޭ އިންޑަސްޓްރީއެކެވެ. އެހެންވެ އެ އިންޑަސްޓްރީގެ ފިލްމުތަކުގެ ވާހަކަތަކުގައި މިހާރަކު މާ ބޮޑު އޮއްޓަރެއް ނުހުރެ އެވެ.

މި ފަހުން ބޮލީވުޑްގައި އެންމެ ހިނގި އެއް ފިލްމަކީ ވެސް ދެކުނުގެ ފިލްމެއް ކަމަށްވާ 2018 ގެ ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމެކެވެ. ޝާހިދު ކަޕޫރާ އެކު އޭގެ ރިމެކް 2019 ގައި ގެނެސްދިނީ "ކަބީރް ސިންގް" ގެ ނަމުގަ އެވެ.

މިހާރު ވެސް ދެކުނު ފިލްމުތަކެއްގެ ހިންދީ ރިމެކްތައް މަޝްހޫރު ތަރިންނާ އެކު ހިންދީ ސިނަމާ އަށް ގެންނަން އެބަހުއްޓެވެ. އޭގެ ތެރޭގައި ސަލްމާން ޚާންގެ "އަންތިމް" އާއި ޝާހިދުގެ "ޖާޒީ" އާއި އަޖޭ ދޭވްގަންގެ "ކައިތީ" ފާހަގަކޮށްލެވެ އެވެ. އަދި މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާކުރާ ޑައިރެކްޓަރު އެސްއެސް ރާޖަމީލޯގެ "އާރްއާރްއާރް" އަކީ ވެސް ދެކުނުގެ ފިލްމެކެވެ. ރާޖަމޯލީ އަކީ އިންޑިއާ ސިއްސުވައިލި "ބާހްބަލީ" ގެނެސްދިން ޑައިރެކްޓަރެވެ.

މި އަހަރުގެ އޮސްކާ އެވޯޑްގެ ބެސްޓް އިންޓަނެޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް ވެސް އިންޑިއާ އިން ފޮނުވީ ދެކުނުގެ ފިލްމެކެވެ. އެއީ މަލަޔާޅަމް ފިލްމު "ޖަލިކައްޓޫ" އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454