މުނިފޫހިފިލުވުން / ބޮލީވުޑް

"އަނޫޕަމާ" ގެ ކާވިއާގެ ކެރެކްޓާ އަކީ ބޮޑު ފިލާވަޅެއް: މަދަލްސާ ޝަރުމާ

ސްޓާ ޕްލަސްގެ ސިލްސިލާ "އަނޫޕަމާ" ގައި ކުޅޭ ކެރެކްޓާ ކާވިއާ އަކީ ވަރަށް ގިނަ ކަންކަން ދަސްވާން ލިބުނު ފުރުސަތެއް ކަމަށާއި އެ ރޯލާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ބަތަލާ މަދަލްސާ ޝަރުމާ ބުނެފި އެވެ.

އިންޑިއާގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީގެ ދަރިފުޅު މަހާއަކްޝޭ (މިމޯ) ޗަކްބަތަރީގެ އަންހެނުން ބުނީ ކާވިއާގެ ކެރެކްޓާގެ އެންމެ ހާއްސަ ކަމަކީ އޭނާ އަކީ ބެލުންތެރިންނަށް ވާނުވާ އެނގެން އުނދަގޫ ރޯލަކަށްވުން ކަމަށެވެ. އަދި މިހާތަނަށް ކާވިއާގެ ރޯލަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓަކާއި ލޯތްބެއް ލިބިފައިވާ ކަމަށާއި ކާވިއާގެ ރޯލުން އަމިއްލަ ދިރިއުޅުމުގައި ވެސް ބޭނުން ހިފިދާނެ އެތައް ކަމެއް މިހާތަނަށް ދަސްވެފައިވާ ކަމަށް މަދަލްސާ ބުންޏެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ދައްކަމުން އަންނަ "އަނޫޕަމާ" ގައި މަދަލްސާ ކުޅެނީ އަމިއްލަ ކައިވެނި މަތީގައި ހުރެ ބޮޑެތި ދަރިން ވެސް ތިބި ފިރިހެނެއް ދެކެ ލޯބިވެ، އެ ލޯބި ކޮންމެ ގޮތަކުން ނަމަވެސް ހާސިލުކުރަން މަސައްކަތްކުރަން އަމިއްލަ އެދުން ބޮޑު މީހެއްގެ ރޯލެވެ. މި ނެގަޓިވް ކެރެކްޓާ މަދަލްސާ ކުޅޭ އިރު، ކާވިއާ އަކީ ވަރަށް އިންޑެޕެންޑެންޓް މި ޒަމާނުގެ އަންހެނެކެވެ.

"އަނޫޕަމާ" ގެ ޓައިޓްލް ރޯލު ކުޅެނީ ރުޕާލީ ގަންގޫލީ އެވެ. އޭނާގެ ފިރިމީހާ ވަންރާޖް ޝާހްގެ ރޯލު ކުޅެނީ ސުދާންޝޫ ޕާންޑޭ އެވެ. މި ސިލްސިލާ ފެށިގެން މިހާތަނަށް އައި އިރު ވެސް ކާވިއާ މަސައްކަތްކުރަނީ އަނޫޕަމާ އާއި ވަންރާޖްގެ ކައިވެނި ރޫޅުވާލައި، އޭނާގެ މިލްކަކަށް ވަންރާޖް ހެދުމަށެވެ. އެކަމަކު މިކަމަށް ކުރިމަތިވާ ހުރަސްތަކާ ހެދި ކާވިއާ އަބަދު މަސައްކަތްކުރަނީ ވަންރާޖްގެ އާއިލާއާ ދެކޮޅަށެވެ.

ކެރެކްޓާއާ ބެހޭ ގޮތުން މަދަލްސާ ބުނީ އެ ރޯލަކީ ބަތަލާއެއްގެ ގޮތުގައި ވެސް ކޮންމެ ދުވަހަކު އެތައް ކަމެއް ދަސްވާ ރޯލެއް ކަމަށާއި ކާވިއާގެ ރޯލު ކުޅެން ލިބުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ.

"އަނެއްކާ ވަރަށް ގިނަ ޝޭޑްސް އެކުލެވޭ ކެރެކްޓާއެއް އެއީ. އެހެންވީމަ އެ ރޯލަށް އެކްޓްކުރުމަކީ ވެސް ހަގީގަތުގައި އެހާ ފަސޭހަކަމެއް ނޫން. އެކަމަކު މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. އެންމެ އުފާވަނީ ނެގަޓިވް ރޯލަކަށް ވިޔަސް އޯޑިއަންސް ގަޔާވާ ކަހަލަ ރޯލަކަށް ކާވިއާގެ ކެރެކްޓާވާތީ،" އޭނާ ބުންޏެވެ.

މަަދަލްސާ ބުނި ގޮތުގައި ކާވިއާގެ ގޮތުގައި އޭނާ ފެންނަ ލުކަކީ ވެސް ވަރަށް ގިނަ ބައެއްގެ ފަރާތުން ރަނގަޅު ކޮމެންޓްތައް ލިބޭ ކަމެކެވެ.

"އެއީ ހަގީގަތުގައި ވަރަށް ބޮޑު ޓީމެއްގެ ބުރަ މަސައްކަތް. އަހަރެންގެ ލުކް އެއް ގޮތެއްގައި ދަމަހައްޓަން ވަރަށް މަސައްކަތްކުރެވޭ،" އޭނާ ބުންޏެވެ. "ޖުމްލަކޮށް އަނޫމަޕާ އަކީ ބެލުންތެރިން ވަރަށް ލޯބިވާ ޝޯއެއްކަން ފާހަގަކުރެވެނީ. އެހެންވީމަ އަދިވެސް ޝައުގުވެރި ގިނަ ކަންތައްތައްތަކެއް ހުރީ. ބުނެލަން ބޭނުން ވަނީ ސިލްސިލާ ބެލުމުގައި ދެމިތިބޭށޭ."

މަދަލްސާ، 29، އާއި މިމޯ، 36، ކައިވެނުކުރީ 2018 ގަ އެވެ. މަދަލްސާ މީގެ ކުރިން ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިންދީ، ތެލެގޫ، ކަންނާޑާ އަދި ޕަންޖާބީ ފިލްމުތައް ހިމެނެ އެވެ. އޭނާ ފެނިފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި މޯސަމް އިގްރާރު ކޭ ދޯ ޕަލް ޕިޔާރު ކޭ (2018) އާއި ޕައިސާ ހޯ ޕައިސާ (2015) އަދި ސަމްރާޓް އެންޑް ކޯ (2014) ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454