މުނިފޫހިފިލުވުން / ބޮލީވުޑް

"ތުމް ބިން 2" އާއި "ފޯސް 2" ވެސް ނުހިނގި

"ފޯސް 2" އާއި "ތުމް ބިން 2"ގެ ޕޯސްޓަރު: ދެ ފިލްމުވެސް ރަނގަޅަކަށް ނުހިނގާ

20 ނޮވެމްބަރ 2016 - 06:16

މިދިޔަ ހުކުރު ދުވަހު ވެސް އިންޑިއާގެ ބޮކްސް އޮފީހުގައި ދެ ފިލްމެއްގެ ވާދަވެރިކަން ފެނިގެން ދިޔަ އެވެ. އެއީ ޖޯން އަބްރަހަމް އާއި ސޮނަކްޝީ ސިންހާ އަދި ތާހިރް ރާޖް ބަސީންގެ "ފޯސް 2" އާއި ނެހާ ޝަރުމާ އާއި އަދިތުޔާ ސީލް އަދި އާޝިމް ގުލާޓީގެ "ތުމް ބިން 2" އެވެ.

ދެ ފިލްމުގެ ނަސީބު ވެސް ރަނގަޅެއް ނުވި އެވެ. "ފޯސް 2" ވެސް ހިނގީ އެވްރެޖް ވަރަކަށެވެ. ފިލްމު ބަލަން ސިނަމާތަކަށް ވަން މީހުންގެ ޕަސެންޓޭޖް އުޅެނީ 15-20 ގަ އެވެ. "ތުމް ބިން 2" ގެ ހާލަތު އަދި އެއަށް ވުރެ ވެސް ދެރަ އެވެ. މި ފިލްމުގެ އޮކިއުޕަންސީ އުޅެނީ 8-10 ޕަސެންޓްގަ އެވެ.

މި ދެ ފިލްމަކީ ވެސް ސީކުއަލް އެވެ. "ފޯސް 2" އަކީ 2011 ގައި ނުކުތް "ފޯސް" ގެ ދެ ވަނަ ބައެވެ. "ތުމް ބިން 2" އަކީ 2001 ގައި ނުކުތް "ތުމް ބިން"ގެ ދެވަނަ ބައެވެ. "ފޯސް" އާއި "ތުމް ބިން" އަކީ ވަރަށް ކާމިޔާބު ފިލްމުތަކެވެ. ނަމަވެސް އެ ދެ ފިލްމުގެ ސީކުއަލްތައް ބަލަން ސިނަމާތަކަށް ފުދޭވަރަކަށް މީހުނެއް ނުވެ އެވެ.

ފިލްމުގައި ނުހިނގުމުގައި އިންޑިއާގައި 1000 ރުޕީޒް އާއި 500 ރުޕީޒް ބޭނުންކުރުން ކުއްލިއަކަށް ހުއްޓާލުމާ ގުޅިގެން ފައިސާ ބަދަލުކުރުމާއި މާރުކުރުމުގައި ކުރިމަތިވާ މައްސަލަތައް ހިމެނެ އެވެ. މިދިޔަ ހަފުތާގައި ނުކުތް، ފަރްހާން އަޚްތަރު އާއި ޝްރައްދާ ކަޕޫރުގެ "ރޮކް އޮން 2" އަށް މިކަމުގެ ސަބަބުން މާ ބޮޑަށް އަސަރު ކުރި އެވެ. އެ ފިލްމް ރިލީޒްކުރިތާ ތިން ދުވަސްވީއިރު ފްލޮޕްވާނެކަން އޮތީ ޔަގީންވެފަ އެވެ.

"ތުމް ބިން 2" އަކީ ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. އަދި ޕްރޮމޯޓްކުރުމަށް ވެސް މާ އެދެވޭ މަސައްކަތްތަކެއް ނުކުރެ އެވެ. ފިލްމު ބޮޑަށް ބަރޯސާވެފައި އޮތީ ފިލްމު ބެލި މީހުން ދައްކާ ވާހަކަ އަށެވެ. ވަރަށް ރީތި ފިލްމެކޭ މީހުން ކިޔާ ނަމަ އިތުރު މީހުން ފިލްމު ބަލަން ޝައުގުވެރިވާނެކަމަށް ދެކިގެންނެވެ.

ފިލްމުގެ މިއުޒިކާއި ޑިޖިޓަލް އަދި ސެޓެލައިޓް ރައިޓްސް ރަނގަޅު އަގެއްގައި ވިކިފައިވުމާ އެކު ފިލްމު ރިލީޒްކުރިއިރުވެސް ފިލްމަށް ކުރި ޚަރަދު އޮތީ ފޫބެދިފަ އެވެ. ނަމަވެސް ބޮކްސް އޮފީސް ހަނގުރާމަ ކާމިޔާބުކުރާ ނަމަ ހަފުތާ ބަންދުގައި ފިލްމު ހިނގުން މުހިންމެވެ.

މި ފިލްމާ ދޭތެރޭ ކްރިޓިކްސް މާ ރަނގަޅު ވާހަކަތަކެއް ނުދައްކަ އެވެ. ގިނަ މީހުން ދީފައި ވަނީ ފަސް ތަރީގެ ތެރެއިން ދެ ތަރި އެވެ.

އެއާ ޚިލާފަށް "ފޯސް 2" އަށް ފާޑުކިޔާ ގިނަ މީހުން ވަރަށް ތައުރީފުކޮށްފައިވެ އެވެ. ނަމަވެސް މި ފިލްމުވެސް ހަފުތާ ބަންދުގައި ރަނގަޅަށް ނުހިނގައިފި ނަމަ ފްލޮޕްވުމުގެ ފުރުސަތު އެބައޮތެވެ.

ކުރިއަށް އޮތް ހަފުތާގައި ރިލީޒްކުރަން ހަމަޖެހިފައި ވަނީ ޝާހްރުކް ޚާނާއި އާލިއާ ބަޓްގެ "ޑިއާ ޒިންދަގީ" އެވެ. މިއީ ޒުވާނުންނަށް ވަރަށް ކަމުދާ ގޮތަށް އުފައްދާފައިވާ ފިލްމަކަށް ވެފައި އިންޑިއާގައި މިހާރު ދިމާވެގެން އުޅޭ ފައިސާގެ މައްސަލަތަކަށް ވެސް އަންނަ ހަފުތާ ވާއިރަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އަންނާނެކަމަށް ލަފާކުރެވޭތީ ފިލްމު ރަނގަޅަށް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454