ކަރްނޭޝްއާ އެކު ޓްރިޕްތީ.
30 މެއި 2021 - 07:30
އަރަމުން ބޮލީވުޑްގެ ޒުވާން ބަތަލާ ޓްރިޕްރީ ދިމްރީ އާއި ބަތަލާ އަނުޝްކާ ޝަރުމާގެ ކޮއްކޮ ކަރްނޭޝް ޝަރުމާ ރައްޓެހިވެގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ
މި ވާހަކަތައް މީޑިއާތަކުގައި ދެކެވެން ފަށާފައި ވަނިކޮށް ދާދި ފަހުން އަނުޝްކާ ވަނީ ކޮއްކޮ އާއި ޓްރިޕްތީ އެކީގައި ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމަށް ލައިފަ އެވެ. ދެހާސް އަށާރައިގެ "ލައިލާ މަޖުނޫ" އިން ވިދައިލި ޓްރިޕްތީ އަންނަނީ މިހާރު ވެސް އަނުޝްނާ އާއި ކޮއްކޮ ކަރޭޝްގެ ކުންފުނި ކްލީން ސްލޭޓް ފިލްމްސްގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރަމުންނެވެ. އެއީ ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ފިލްމީ ދުނިިޔެ އަށް ތައާރަފުކުރާ ފިލްމު "ޤަލާ" އެވެ. ޓްރިޕްތީ ބޮލީވުޑަށް ނުކުތީ 2017 ގެ "ޕޯސްޓަރު ބޯއި" އިންނެވެ.
ރިޕޯޓްތައް ބުނާގޮތުން ޓްރިޕްރީ އާއި ކަރްނޭޝް އެންމެ ފުރަތަމަ ދިމާވީ މިދިޔަ އަހަރު ކްލީން ސްލޭޓުން ނެޓްފްލިކްސް އަށް ގެނައި ފިލްމު "ބުލްބުލް" ގެ މަސައްކަތްކުރި ދުވަސްވަރު އެވެ. ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި އޭގެ މަސައްކަތުގެ ތެރޭގައި ދެ މީހުން ދިމާވެ، ގާތް ރައްޓެހިކަމެއް އުފެދި، ފަހުން އެ ގުޅުން ލޯތްބަށް ބަދަލުވެފައިވެ އެވެ.
ޓްރިޕްތީ އާއި ކަރްނޭޝް
ނަމަވެސް މިކަމާ ބެހޭ ގޮތުން ޓްރިޕްތީ އާއި ކަރްނޭޝް މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަނެއްކޮޅުން އެ ދެ މީހުންނަކީ މީޑިއާތަކާ އެހާ ރައްޓެހި ބައެއް ނޫނެވެ އެކަމަކު ކަރްނޭޝްއާ އެކީ ނަގާފައިވާ ފޮޓޯތަކެއް ޓްރިޕްތީ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.
ބޮލީވުޑްގެ ވަރަށް އުންމީދީ ބަތަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޓްރިޕްތީ އަކީ ކަރަން ޖޯހަރްގެ ދަރުމާ އާއި ބަންޓީ ސަޖްދޭގެ ކޯންސްޓޯން ގުޅިގެން އުފައްދާފައިވާ ޓެލެންޓް އެޖެންސީ ދަރުމާ ކޯންސްޓޯން އެޖެންސީ (ޑީސީއޭ) އިން ކުރިއަރުވައިދޭން ނިންމި ބަތަލާއިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ.
އޭނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ދަރުމާގެ ފިލްމަކާއި ރަންބީރް ކަޕޫރްގެ "އެނިމަލް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy