މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑް ފިލްމުތަކަށް ލަވަކިޔުމަކީ ކާމިޔާބީއެއް ނޫން: ސޯނާ

ބޮލީވުޑްގެ ފިލްމުތަކަށް ލަވަ ކިޔުމަކީ ކާމިޔާބީއެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އާޓިސްޓެއްގެ ހައިސިއްޔަތުން ކާމިޔާބީ އަކީ އަމިއްލަަ އަށް ގެނެސްދޭ އޮރިޖިނަލް ލަވަތަކަށް ލިބޭ ތަރުހީބު ކަމަށް އިންޑިއާގެ ލަވަކިޔުންތެރިޔާ ސޯނާ މަހާޕަޓްރާ ބުނެފި އެވެ.

އަބަދު ވެސް ބޮލީވުޑްގެ އެކި ފަންނާނުންނަށް ފާޑުކިޔައި ބަހުގެ ހަމަލާތައް ދޭތީ ފިލްމުތަކަށް ލަވަކިޔަން މާ ގިނަ ފުރުސަތުތަކެއް ނުލިބޭ ސޯނާ، 45، ބުނި ގޮތުގައި އޭނާ އެންމެ ގަޔާވަނީ ވެސް އިންޑިޕެންޓެންޑް މިއުޒިޝަނެއްގެ ގޮތުގައި، އަމިއްލަވަންތަ ލަވަތައް ގެނެސްދޭށެވެ. އެހެންވެ މިހާރު އަމިއްލަ އަށް އިންވެސްޓްކޮށްގެން އަމިއްލަ ސްޓޫޑިއޯއެއް ވެސް ހަދާފައިވާ ކަމަށް ބުންޏެވެ.

މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ރާމް ސަމްޕަތުގެ އަންހެނުން އިންޑޯ-އޭޝިއަން ނިއުސް ސާވިސަސް (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި މިއުޒިކީ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ނަމަ އިންޑިއާގެ ފަންނާނުންނަށް އެންމެ ރަނގަޅު އިހުތިޔާރަކީ ވެސް އަމިއްލަ ބާރުގައި މަސައްކަތްކުރެވޭނެ ޕްލެޓްފޯމްތަކެއް ހޯދުމެވެ.

"އަހަރެން ނުދެކެން ލަވަ ރެކޯޑް ކުރަން ބޮލީވުޑްގެ ސަތޭކަ ފިލްމު ލިބިފައި އޮތުމަކީ ކާމިޔާބީއެއް ކަމަކަށް. ހަގީގީ ކާމިޔާބީ އަކީ އަމިއްލަ މަސައްކަތުން އުފައްދާ ސައްތައިންސައްތަ އޮރިޖިނަލް ލަވަތައް އާންނުންނާ ހަމައަށް ގެނެސްދީ، އެ ލަވަތައް މަގުބޫލުވުން." ބޮލީވުޑް ފިލްމުތަކުގެ ލަވަތަކުގައި އަމިއްލަވަންތަކަން ކުޑަކަން ފާހަގަކޮށް ސޯނާ ބުންޏެވެ.

ސޯނާ އަކީ ބޮލީވުޑްގެ ފިލްމީ ތަރިން އެ މީހުންގެ ފިލްމުތަކަށް މިހާރު އަމިއްލަ ލަވަކިޔާތީ ވެސް ވަރަށް ފާޑުކިޔާ ފަންނާނެކެވެ. އަދި އޭނާ އަކީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަނޫ މަލިކަށް ޖިންސީ ގޯނާގެ ތުހުމަތު އެންމެ ގިނައިން ކުރާ ފަންނާނު ވެސް މެ އެެވެ. މީގެ އިތުރުން ސަލްމާން ޚާން ފަދަ މަޝްހޫރު ބައެއް ތަރިންނާ ބެހޭ ގޮތުން ދައްކާ ވާހަކަތަކުން ސޯނާ އަށް އިންޑަސްޓްރީ ތެރެއިން މާ ބޮޑު ރުހުމެއް ވެސް ނޯވެ އެވެ.

"ސަތޭކަ ފިލްމަށް ލަވަ ކިޔައި ދިނުމަށް ވުރެ އަހަންނަށް މާ ހިތްހަމަޖެހުން ލިބޭ އޮރިޖިނަލް އެންމެ ލަވައެއް އާންމުންނަށް ދޫކޮށްލެވުނަސް."

އޭނާ ބުނި ގޮތުގައި އެއް އިރެއްގައި ވެސް ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔުމަކީ މާ ފޯރި ހުންނަ ކަމެއް ވެސް ނޫނެވެ. އެކަމަކު ކަމުދާ މިއުޒިކް ޑައިރެކްޓަރެއެއްގެ ފަރާތުން ހުށަހެޅުމެއް ލިބިއްޖެ ނަމަ، އެ ފުރުސަތުގެ ބޭނުން ހިފުމާ ދޭތެރޭ ވިސްނާ ކަމަށް ބުންޏެވެ.

"އަހަންނަކީ ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔަން ފުރުސަތުތައް ހޯދަން ދުވާ މީހެއް ވެސް ނޫން. އަދި އެއްވެސް މީހަކާ ވާދައަށް މަސައްކަތްކުރާ މީހެއް ވެސް ނޫން،" ސޯނާ ބުންޏެވެ. "އަބަދު ވެސް އަހަރެންގެ ފޯކަސް އަކީ އިންޑެޕެންޑެންޓް މިއުޒިކާއިގެ ކުރިއަށް ދިއުން. އަހަންނަށް ހިތްހަމަޖެހުން ލިބެނީ އެފަދަ ލަވަތަކުން. ސަތޭކަ ފިލްމަށް ލަވަ ކިޔައި ދިނުމަށް ވުރެ އަހަންނަށް މާ ހިތްހަމަޖެހުން ލިބޭ އޮރިޖިނަލް އެންމެ ލަވައެއް އާންމުންނަށް ދޫކޮށްލެވުނަސް."

ސޯނާ ލަވަ ކިޔާފައިވާ ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ "ތައިޝް"، 2014 ގެ "ޚޫބްސޫރަތު"، 2013 ގެ "ފުކްރޭ"، 2010 ގެ "އައި ހޭޓް ލަވް ސްޓޯރީޒް" އަދި 2012 ގެ "ތަލާޝް" ހިމެނެ އެވެ. ސޯނާ ގިނައިން ލަވަ ކިޔާފައި ހުރީ ފިރިމީހާ ސަމްޕަތު މިއުޒިކް ހަދައިދިން ފިލްމުތަކަށެވެ.

އޭނާ ކިޔާފައިވާ ލަވަތަކުގެ ތެރޭގައި "އައި ހޭޓް ލަވް ސްޓޯރީޒް" ގެ "ބަހާރާ" އާއި "ތަލާޝް" ގެ "ޖިޔަ ލާ ގެ ނާ" އާއި "ފުކްރޭ" ގެ "އަމްބަރުސަރިޔާ" އަދި "ޚޫބްސޫރަތު" ގެ "ނައިނާ" ފާހަގަކޮށްލެވެ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުއްލާ ލަވަކިޔާ

18 August 2021

އަސްލުވެސް. ރާއްޖޭގައިވެސް ފިލްމުތަކަށް ކޮޕީ ލަވަ ކިޔުމަކީ ކާމިޔާބީއެއް ނޫން. އަމިއްލަ ލަވައެއް ކުޅެފަ ކިޔާފަ ފޯނަކުން ވިޔަސް ރިކޯރޑް ކޮށްގެން ސައުންޑްކްލައުޑް ކަހަލަ އެއްޗަކަށް ދޫކޮށްލީމަ އެލަވަ މީހުންނަށް ކަމުގޮސްގެން ސްޓްރީމް ކުރުމުން އަސްލު މާ ހިތްހަމަ ޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454