އާންމުނަށް އިތުރު 1،000 ޓިކެޓު މިރޭ 8:00 އިން ފެށިގެން ސޯޝަލް ސެންޓަރުގައި ވިއްކާނެ
މާދަމާ ލަންކާ އާއި ރާއްޖެ ކުޅޭ މެޗު ބަލަން ޓިކެޓު ގަތުމަށް ބައެއް ޒުވާނުން މިއަދު މެންދުރު ސޯޝަލް ސެންޓަރުގައި ކިއު ހަދާފައި -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
09 އޮކްޓޯބަރ 2021 - 15:46
ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗަށް އާންމުންނަށް އިތުރު 1،000 ޓިކެޓް މިރޭ ވިއްކާނެކަން އެފްއޭއެމުން އިއުލާނުކުރުމާ އެކު ޓިކެޓް ގަންނަން ކިއު ހަދައިފި އެވެ.
މާދަމާގެ މެޗުގެ ޓިކެޓް ގަންނަން ހެނދުނުން ފެށިގެން ގަލޮޅު ދަނޑު ކައިރީ ގިނަ ބަޔަކު ކިއޫގައި ތިބި ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓިކެޓް ހުސްވުމުން މިއަދު ގިނަ ބަޔަކު ވަނީ ގަލޮޅު ދަނޑު ކައިރީގައި މުޒާހަރާކޮށްފަ އެވެ. އެކަމާ ހެދި އާންމުނަށް އިތުރު 1،000 ޓިކެޓު މިރޭ 8:00 އިން ފެށިގެން ސޯޝަލް ސެންޓަރުގައި ވިއްކަން ނިންމައި އެކަން ވަނީ އިއުލާނުކޮށްފަ އެވެ.
އިތުރު ޓިކެޓް ވިއްކަން ނިންމައި އެކަން އިއުލާނުކުރީ މެންދުރު ފަހު ތިނެއް ޖަހަން އުޅެނިކޮށެވެ. ހަމަ އެ ވަގުތުން ސޯޝަލް ސެންޓަރު ކައިރީ ކިއޫ ހަދަން ފެށި އެވެ. ބައެއް މީހުން ތަންތަނުން ގޮނޑި ގެނެސް އޭގައި ތިބި އިރު އެތައް ބަޔަކު ކޮޅަށް ވެސް އެބަ ތިއްބެވެ.
ޓިކެޓް ނުލިބިގެން ގަލޮޅު ދަނޑު ކައިރީގައި މުޒާހަރާ ކުރަން ތިބި މީހުން ވެސް، ޓިކެޓު ވިއްކާނެކަން އިއުލާނު ކުރުމުން އެތަން ދޫކޮށް ގޮސް ދަނޑު ކައިރި ވަނީ ހުސްވެފަ އެވެ.
އެފްއޭއެމުން މިއަދު ބުނީ އިތުރަށް ވިއްކާ 1،000 ޓިކެޓަކީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް ހާއްސަކޮށްފައިވާ 2،500 ޓިކެޓްގެ ތެރެއިން އާންމުންނަށް ވިއްކަން ނިންމި ޓިކެޓް ކަމަށެވެ. އެ ޓިކެޓްތައް ވިއްކަން ނިންމީ ރާއްޖެ މެޗު ބަލަން ދަނޑަށް ވަންނަން ގިނަ ބަޔަކު އެދެމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
މާދަމާ ލަންކާ އާއި ރާއްޖެ ކުޅޭ މެޗު ބަލަން ޓިކެޓު ގަތުމަށް ބައެއް ޒުވާނުން މިއަދު މެންދުރު ސޯޝަލް ސެންޓަރުގައި ކިއު ހަދާފައި -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
މާދަމާގެ މެޗަށް ވެސް ވިއްކަން ހަމަޖެހިފައި ވަނީ 5،000 ޓިކެޓެވެ. ޓިކެޓު ލިބެނީ ގޮނޑިބަރިން 100ރ. އަަށް އަދި ސިޑިބަރިން 75ރ. އަށެވެ.
ރާއްޖޭ މެޗްގެ ޓިކެޓް ހުސްވެ ހޫނުވުމުން މިރޭ އިތުރު 1،000 ޓިކެޓް ވިއްކަނީ https://t.co/nixx5KWXrm
— Mihaaru (@Mihaarunews) October 9, 2021
މީގެ ކުރިން ކުޅުނު މެޗުތަކުގެ ޓިކެޓުތައް ގިނަ އަދަދަކަށް ޓިކެޓު ހޯދައި ބައެއް މީހުން ވަނީ އަގުބޮޑުކޮށް ބްލެކް މާކެޓުގައި ޓިކެޓު ވިއްކައިފަ އެވެ. މީހަކަށް ވިއްކަނީ ފަސް ޓިކެޓެވެ. އެކަމަކު، އެފްއޭމްއިން ބުނީ މިރޭ ވިއްކާނީ މީހަކަށް ޓިކެޓެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސެން1111
09 October 2021
ދީނީ ކަންކަމުގަ ތިހާފޯރި ހުންނާނެތަ؟ ދުނިޔެ ހޯދުމުގަ އެންމެން އަވަދިނެތި. ހިތާމަ ހުރިކަމެއް.. :(
ގައުމޭ މީ...
09 October 2021
ކޮބާ ބޭނުމަކީ ތިވަރުން އުޅުމުގެ.. މިގައުގައި އިހްލާސްތެރި ކަމާއި އެކު އެއްކަމެއް ކުރާ އެކަކުވެސް ޒިންމާތަކާއި ހަވާލު ވެގެން ނެތް. ގައުމުގެ އެންމަތިން ފެށިގެން ޕިޔޯނާއި ހަމަޔަށްވެސް ކޮރަޕްޝަން ، ކޮރަޕްޓް ނުވެ އުޅެން އުޅޭ މީހާ ހުންނަން ޖެހެނީ އެއްކަމެއް ނުކުރެވި ބޯގޮއްވާލަ ގޮއްވާލަ. މިއޮތީވާ އިސްލާމީ ގައުމެއް ، ނަމާދަށް ކިޔުހަދަން ލަދުގަންނަ ޒުވާނުން ގޮނޑި ހިފައިގެން 5 ގަޑިއިރު ކުރިން ޓިކެޓް ކިޔުގަ..
ކިއުކުއި
09 October 2021
އޯކޭ. ކޮންމެ ކުއްޖަކުވެސް ވަގުތަށް ނަމާދުކޮށްލާނެ ގޮތެއް ހޯދާލައްޗޭ. ވަރަށް ސަޅިވާނެ، އަދި އެއްބަޔެއްކަންވެސް ދޭހަވާނެ ޤިބުލަ ހޯދާލައިގެން އެންމެން ތިޔަތާތިބެ ޖަމާއަތުގަ ނަމާދުކޮށްލައިފިއްޔާ
ޔމނ އދރސ
09 October 2021
އާއްމުންނަށް ޓިކެޓު ވިއްކާނެކަމެއްނެތް. ކަލޭމެއްބޭނުން މީހަކަށް ދީފައި ތިކަން ނިންމާލާ...
ކޮރަޕް
09 October 2021
ދަނޑަށް ވަންނަން ހަމަޖެހިފައިވާ 5000 ޓިކެޓްގެ ތެރެއިން 2500 ވަކި ބަޔަކަށް ރިޒާވް ކޮއްފަ( އެފް.އޭ.އެމް އާއި ގުޅިފަވާ ބަޔަކަށް). އެމީހުން ބޮޑު އަގުގަ އާންމު ރައްޔިތުންނަށް ވިއްކަން؟ މީ ބަލަންޖެހޭ މައްސަލައެއް.
ކުދުރޭޑިއޯ
09 October 2021
ކޮވިޑު ދުވަސްވަރު މީހުން ގޭ ބަންދުވެގެން ވަރަށް ނުތަނަވަސް ދިރިއުޅުމެއް އުޅެފަ ކުޑަވަރެއްގެ ފްރީޑޮމް ލިބުނީމަ ހިތްއުފާކޮށްލަން ލިބުނު މިފުރުސަތު ކާކުދޫކޮއްލަން ބޭނުންވާނީ. ކިތަންމެ ދިގު އިންތިޒާރެއްވިޔަސް ޔަގީނުން ޓިކެޓް ލިބޭނަމަ 90 މިނެޓްގެ އުފަލާ މަޖަށް އެއީ އެއްޗެއްނުން. އަދިވެސް ދިވެހިންގެ ލެޔަކީ ފުޓްބޯޅަ.އިންތިޒާމު ކުރާބަޔަކަށް ރަގަޅަށް މެނޭޖު ނުުކުރެވިގެންގޮސް ކޮންމެވެސް ދުވަހަކު މީހުން ފޫހިވާނެ ދުވަސްވެސް އަންނާނެ، އެކަމަކު އަދިއެއްނުން
ތަމެންދޯ
09 October 2021
ސަރުކާރުގެ ކުންފުނި ތަކަށް ކޮންމެ ކުންފުންނަކަށް 200 ޓިކެޓް ހިލޭ ބެހުމުން ދެން އާންމު ރައްޔިތުންނަށް އެއިން އޮންނާނީ ކޮން ޓިކެޓެއްތޭ ސަރުކާރު ކުންފުންނަކުން އެފްއޭއެމް މުބާރާތް ސްޕޮންސަރ ކުރަން ޖެހޭތޭ ނުޖެހޭނެއޭ އެކަން ކުރަން ދޫކޮށްލަން ޖެހޭނީ އާންމު ވިޔަފާރި ތަކަށޭ ސަރުކާރު ކުންފުނި ކޯއްޗެއް މަޝްހޫރު ނުވެގެންތޭ ތިޔާއުޅެނީ ސަރުކާރުގެ ކުންފުނި ތަކަށް ވައްކަން ކުރަން ފުރުސަތު ނޫންތޭ ސަރުކާރުން ތިޔާ ދެނީ..
ޝޯމޭން
09 October 2021
ބުރޯ ކަލެއަށް ރޯނުބައި ތަނަކަށް ވަދެވިގެންއުޅޭހެން ހާދަހީވެޔޭ.
ބައްޕީލެހެރީ
09 October 2021
އެބަ އަޑުއިވޭ ސްޓޭޑިއަމް ވަށާހުރި ބައެއް ބިލްޑިންތަކުން ވަރަށް އަގުބޮޑުކޮށް ޓިކެޓް ވިއްކާ ޚަބަރު؟ މީތެދެއްތޯ؟
ސޮރަކު
09 October 2021
ކަލެއަށް ކީއް. ކުޑަދޮރުން. ޓެރަސް މަތިން ބެލުން މަނައެއް ނުކުރެވޭނެ. ދަޑުގަ 100 ފޫޓު އުހަށް ފުޅަފެއް އަޅާ. އޭރުން އަހަރުމެންނަށް ނުފެންނާނެ.
އުދުހޭ
09 October 2021
ކޮވިޑް އުޅޭއިރު އެތައްހާސް ބަޔަކު އެއްވުމަކީ އެހެންމީހުންނަށް ހުރި ނުރައްކަލެއް. ގޭގަތިބެގެން ޓީވީން ބެލުން މުހިންމު.
ނުވިސްނުނޭ
09 October 2021
ޓިކެޓް ގަންނަން ކިއޫގައި ޖެހެން ޖެހޭތޯ މިހާރު ބޭންކް ގައި ވެސް ކިއޫ އެއް ނޯވޭ ދެން ގައުމީ ޓީމް ކުޅޭ މެޗްގެ ޓިކެޓް ގަންނަން ކިއޫގައި ގައި ދުރު ކަމެއް ނެތި މީހުން ތިބުން އެއީ ވަރަށް ވެސް ވިޔާނުދާ ނުރައްކާތެރި ކަމެކޭ މިކަން ސަރުކާރަށް އެނގޭނެއޭ އަބަދު ޓީވީން ތަސްބީހަ އެއް ކިޔާ ގޮތަށް ގައި ދުރުކުރާށޭ ކިޔުން އެކަނިއޭ މިސަރުކާރަށް އިނގެނީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިއޫ ގައި ނުޖެހި ޓިކެޓް އޮންލައިން ކޮށް ގަނެވޭނެ ގޮތް ހަދަން މިސަރުކާރަށް
ރަދީފްއޮފިޝިއަލް
09 October 2021
ސިޔާސަތެއް ، ވައްޓަފާޅިއެއް ، ވިސްނުމެއް ނެތީމަ ދެން ހުންނާނީ އަމާޒޭ ލާހޫރޭ ބީދައިން ދޯ.މިފަދަ ތަރައްގީ ޒަމާނެއްގަ ދެން ކީއްކުރަން މިރޭ 8 އަށް މި މަޑުކުރަނީ!! ގަންނަން ކިއުގަ މީހުން އެބަތިބި، ތަން އެބަހުރި ، ޓިކެޓް އެބަހުރި.ދެން ކީއްކުރަން 8 ޖަހަންދެން މި މަޑުކުރަނީ.ވަކިއިރުވަރެއް ބަލާފަ ބާ ޓިކެޓް ވިއްކަން މިފަށަނީ!!!