އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ.-- ފޮޓޯ: އޭއެފްޕީ
16 މާޗް 2018 - 09:49
ބާސެލޯނާ (މާޗް 16) - ބާސެލޯނާއާ އެކު ލިއޮނަލް މެސީ މި ސީޒަން ރަނގަޅު ފޯމެއްގައި ނިންމާލުމަކީ ވޯލްޑް ކަޕްގައި އާޖެންޓީނާ އަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި ޗެލްސީ އަތުން 3-0 އިން ބުދަ ދުވަހުގެރޭ ބާސެލޯނާ މޮޅުވި މެޗުގައި މެސީ ވަނީ ހިތްގައިމު ދެ ގޯލު ކާމިޔާބު ކޮށްފަ އެވެ. މި ދެ ލަނޑާ އެކު މެސީ ވަނީ ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގައި 100 ލަނޑު ހަމަކޮށްފަ އެވެ.
އެ މެޗު ބެލުމަށް ސަމްޕައޮލީ ވެސް ވަނީ ބާސެލޯނާގެ ދަނޑަށް ގޮސްފަ އެވެ. މެޗަށް ފަހު ސްޕެއިނުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ސަމްޕައޮލީ ބުނީ ވޯލްޑް ކަޕާ ކުރިމަތިލާއިރު މެސީ ފޯމުގައި ހުރުމުގެ ފައިދާ ނެގޭނެ ކަމަށެވެ.
"މެސީ ކުޅޭތަން ބަލަން އަބަދުވެސް އަންނަން. މިއީ އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. މެސީ ރަނގަޅު ފޯމެއްގައި މި ސީޒަން ނިންމާލައިފިނަމަ އަހަރެމެންނަށް ވެސް އޭގެ ފައިދާ އެބައޮތް. އެއީ ވޯލްޑް ކަޕުގައި އޭނާގެ ޖާދޫ ފެންނާނެތީ،" ކުރިން ޗިލީ އަށް ކޯޗުކޮށްދިން ސަމްޕައޮލީ ބުންޏެވެ.
މި އަހަރު މެސީ އަށް 31 އަހަރު ފުރޭނެ އެވެ. އަދި 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕް އަންނައިރު މެސީ ހުންނާނީ 35 އަހަރުވެފަ އެވެ. ސަމްޕައޮލީ ބުނީ މާ ކުރިއަށް އޮތް ކަމެއްގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"އަހަރެން ނުބުނާނަން މިއީ މެސީގެ އެންމެ ފަހު ވޯލްޑް ކަޕެކޭ މިއީ. އަދި ބޭނުމެއް ވެސް ނޫން އެހާ ކުރިއަށްވާން އޮތް ކަމެއްގެ ވާހަކަ ދައްކަން ވެސް. ބޭނުމީ މި ވަގުތު މެސީގެ ބޭނުން ހިފަން،" ސަމްޕައޮލީ ބުންޏެވެ.
ރަޝިއާގައި ޖޫން 15 ގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް އާޖެންޓީނާ ކޮލިފައިވީ ފަހު ވަގުތު އެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ލައްވާލީ ނައިޖީރިއާ، އައިސްލޭންޑް އަދި ކްރޮއޭޝިއާއާ އެކު ގްރޫޕް ޑީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޭމެސީ
16 March 2018
ރަޝިޔާ ވޯލްޑަކަޕަށް އާޖެންޓީނާ ކޮލިފައިވި ގޮތް، އެމެޗްގައި މެސީ ކުޅުނު މޮޅުކުޅުން، ޖެހި ހިތްގައިމު ގޯލްތަކުގެ ވާހަކަވެސް ކުޑައިކޮށް މިއާޓިކަލްގައި ލިޔެލިނަމަ ޕެނާ ޕެނާ މެން، ރޮނާ7 މެންނަށް ކުޑަކޮށް ވިސްނިދާނެ
ޕެނާ ޕެނާ
16 March 2018
ހަސަދަ ގޮޅާ , ހިޔަންޏޭ ކިޔާއިރު ހަސަދަވެރިކަން އެއީ ވަރަށް ހުތުރު އަމަލެއް.
ޕެނެލްސީ
16 March 2018
އޭއީ ހަސަދައެއްނޫން، ބިޔާކުރަނިވި ފާޑު... މެސީއަކައް ބާސާނޫން ޓީމަކައްނުކުޅެވޭނެ. ހަނދު އޮއްސޭނެ..
ރޮނާ7
16 March 2018
ރޮނަލްޑޯވަނީ ޔޫރޯތަށި އުފުލާލާފަ، ކޮބާ މެސީގެ ގައުމީޓީމްގަ ލިބުނުކާމިޔާބަކީ؟
ނާނީ
16 March 2018
ރޮނާލްޑޯ އިނީ ބެންޗުގަ. ހުރިހާ ކަމެއް ކުރީ އެހެންކުޅުންތެރިން. އެކަމަކު ކްރެޑިޓް ލިބުނީ ފައިނަލު މެޗުގެ 15 މިނެޓު ކުޅުނު ފޭކް ރޮނާލްޑޯއަށް.
ނިއުމާ
16 March 2018
ރޮނަލްޑޯއޭ ފައިނަލާ ހަމައަށް ގެންދިޔައީ. ތިޔަ ބުނާ މެސީއެއް އާރޖެންޓީނާއަށް ލަނޑު ޖަހައިދެނީ ގްރޫޕް ސްޓޭޖުގަ. ދެން ބަލިވާން ފެށީމަ އެހެން ކުޅުންތެރިންނަށް ކަމެއް ނުވާކަމަށް ދައްކާފަ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ. އާރޖެންޓީނާއަށް ވުރެ އެތައް ގުނައެއް ދަށް ސްކޮޑެއް ގޮވައިގެން، ލީޑަރޝިޕް ދެއްކުމަށްފަހު ރޮނަލްޑޯ ޔޫރޯ ކާމިޔާބުކުރީ. ރޮނަލްޑޯ ނެތްތާވެސް އެމީހުންނަށް އެންމެ ބޮޑު މޯޓިވޭޝަނަކަށްވީ ރޮނަލްޑޯ. ކުޅިވަރުގެ ތެރެއިން އެހާ ބޮޑު ޕެޝަންއެއް، ކޮންމެ ގޮތަކަށްވެސް ޓީމް މޮޅުވާތަން ދެކެން ބޭނުންވެފައި ހުރި ތަނެއް އަދި މިހާ ތަނަކަށް ނުފެނޭ. ހަމަ މިގޮތަށް މެސީ އިންޖަރ ވިނަމަ މެސީގެ ފަރާތުން ރޮނަލްޑޯ އެދެއްކި ލާމަސީލު ލީޑަރޝިޕް ފެނިދާނެ ކަމާ މެދު ޝައްކު. ބަދަލުގައި ފެންނާނީ ޓީވީއަށް އަރާ، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފީމޭ ބުނާތަން. މިއީ ތަފާތަކީ.
ޕެނެލްސީ
16 March 2018
ބަލިވާނެވެ! ޙީވަނީތަ ބާސާގެ ވަރުގަދަ ސޮކޮޑް ހިޔަނީގަ ކުޅެގެން މޮޅުލިބުނަސް އެކަނި އެހެންވާނެ ކަމައްތަ؟
ާަައާރިއްޕެ
16 March 2018
ނޭމާވެސް ހުންނަން ޖެހޭނީ މެސީގެ ހިޔަނީގައި