ލިއޮނަލް މެސީ (މ) އާއި އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޯލީ ޕްރެކްޓިހުގައި ވާހަކަދައްކާލަނީ. --ފޮޓޯ: އޭއެފްޕީ
30 ޖޫން 2018 - 07:55
ކަޒާން (ޖޫން 30) – އާޖެންޓީނާގެ ރޭވުންތަކާއި ޓީމު ސިލެކްޝަނަށް ކެޕްޓަން ލިއޮނަލް މެސީ ނުފޫޒު ނުފޯރުވާ ކަމަށް އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޯލީ ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ނައިޖީރިއާ އަތުން 2-1 އިން އާޖެންޓީނާ މޮޅުވި މެޗުގެ ތެރޭގައި ސާޖިއޯ އަގުއޭރޯ އަރުވަންވީތޯ މެސީ ގާތުގައި ސަމްޕައޯލީ ވަނީ އަހައިފަ އެވެ. އެފަދަ މޭރުމަކުން މެސީ ގާތު ސުވާލުތަކެއް ސަމްޕައޯލީ އާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ އެވެ. އޭގެ ކުރިން ވެސް ވަނީ ސަމްޕައޯލީގެ ބާރެއް ނެތްކަމުގެ އަޑުތައް ފެތުރިފަ އެވެ.
"މުހިއްމު މެޗެއްގައި އަހަރެމެން ތަފާތު އޮޕްޝަންތަކަށް ބެލިން އަދި ގޮތެއް ނިންމަން ޖެހުނު. އަހަރެމެން ޓެސްޓްކޮށްފައިވާ، އެޓޭކިން ކުޅުންތެރިން ގިނައިން ބޭނުންކުރާ ސްޓްރެޓެޖީ ބޭނުންކުރަން ފަށާނެ ކަމަށް ބުނެ އަހަރެން ދެއްކީ އެ ވާހަކަ. އެއީ އަހަރެންގެ ކުޅުންތެރިއަކާ އަހަރެން ދެއްކި އާދައިގެ ވާހަކައެއް،" ސަމްޕައޯލީ ބުންޏެވެ.
ދެ ވަނަ ބުރަށް އާޖެންޓީނާ ހޮވުނީ ދަތި އުނދަގުލުނެވެ. ފުރަތަމަ މެޗުން އައިސްލެންޑާ 1-1 އިން އެއްވަރުވެ ދެ ވަނަ މެޗުން ކްރޮއޭޝިއާ އަތުން 3-0 އިން ބަލިވީ އެވެ. އެކަމަކު ފަހު މެޗުގެ ފަހު ވަގުތު ނައިޖީރިއާ އަތުން 2-1 އިން މޮޅުވެ ކޮލިފައިވި އެވެ. އެކަމަކު ދެ ވަނަ ބުރުގައި މިރޭ ފްރާންސާ ކުޅޭއިރު މިއީ އިތުރު ފުރުސަތެއް ނުލިބޭނެ މަރުގެ މެޗެކެވެ. ސަމްޕައޯލީ ބުނީ ކުޅުންތެރިން ތިބީ ރޫހުގައި ކަމަށެވެ.
"މި ކުޅުންތެރިން ގައުމު ތަމްސީލްކުރުން ނަގަނީ ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއްގެ ގޮތުގައި. އިދިކޮޅަށް ނުކުންނަ ކޮންމެ ޓީމަކަށް ވެސް އަހަރެމެން ނުރައްކަލަކަށްވާ ސަބަބެއް އެއީ،" ސަމްޕައޯލީ ބުންޏެވެ.
އާޖެންޓީނާ ބަލިކޮށް 2015 ވަނަ އަހަރު ޗިލީ އަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްދިން ސަމްޕައޯލީ އަށް ފާޑުކިއުން އަންނަނީ އަމާޒުވަމުންނެވެ. ކޮލިފައިންގައި އާޖެންޓީނާ ހާލުގައި ޖެހިފައި އޮއްވާ ސަލާމަތްކޮށްދިން ނަމަވެސް އޭނާ އަށް ނުރުހުން ދަނީ އަމާޒުވަމުންނެވެ. ސަމްޕައޯލީ ބުނީ މޮޅުވެއްޖެއްޖާ އޭނާ ވަރަށް މޮޅު ކޯޗަކަށް ވާނެ ކަމަށާއި ބަލިވެއްޖެ ނަމަ އެހާ ގޯސް ކޯޗެއް ނުހުންނާނެ ކަމަށެވެ.
ފްރާންސާއި އާޖެންޓީނާ ބައްދަލުކުރާ ދެ ވަނަ ބުރުގެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލޯ އާމިރު
30 June 2018
މަރަޑޯނާ ، ކަނީޖިޔާ ، ކީޕަރު ޕަންޕިޑޯ އަދި ބަޓިސްޓުޓާ ވެސް ޓީމައް ނުނެގީ ، ބޯގަން ވިލާ ، އަހުމަދު އިސަމާއިލް ނުފޫޒުން
ނާއްޕެ ބިން ނާފިޒް
30 June 2018
މިތާ ކޮމެންޓް ކުރާ މީހުންނައް މާބޮޑައް އެނގެނީ
usmaan
30 June 2018
މިރޭ އިރާދަ ކުރެއްވިއްޔާ އާޖެންޓީނާ މޮޅުވާނެ.
އައްމި
30 June 2018
މެސީ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއްނެތް އޯކޭ އެހިޔަސް، އަހަނީވެސް ކޮންމެވެސް ސަބަބެއް އޮވެގެން. މެސީ ބޭނުން ވާނެތޯ އާޖެންޓީނާ ބަލިވާން
ދޮންހޯނު
30 June 2018
އަހަރެމެން ވެސް ނޭދެން. އެކަމަކު އެގޮތަށް ކަންތައްތައް ވަންޏާ ކޯޗުގެ އެއްވެސް ރޭވުންތެރި ކަމެއް ނެތްކަން އަހަރެމެންނަށް ދޭހަވަނީ. އަހަރެމެން ކަހަލަ ލަޓޯފަޓޯ ތަންދޮރު ނުދަންނަ މީހަކު ހުރުމެކޭ ތަފާތެއް އެބަ އޮތްތަ؟
ބާލައާދަނު
30 June 2018
ދެން މިފަހަރު ތިހެން ބުނީމަ އަހަރެމެން ޤަބޫލުކުރާނީ. ނުފޫޒެއް އަނެއްހެން ނެތް. އެކަމު ޓީމަށް ނަގަންވީ ކާކުތޯ މެސީކައިރީ އަހާލަން ޖެހޭ.
ކަލޯޕިސްޓަނާ
30 June 2018
އެންމެ ފަހުން ކުޅުނު މެޗުގަ އަގްއޭރޯ އަރުވަންވޯތޯ މެސީ ކައިރިން ކޯޗް އެހި. ޢެކަން ދުނިޔޭގެ ގިނަ މީޑިއާތަކުން އެބަބުނޭ
ހަނދުކޭތަ
30 June 2018
ވޯލްޑް ކަޕަށް ނުކުތުމުގެ ކުރިން ކިޔާ ދުއާ ނުކުޔާތީ ގިނަ ޓީމުތައް ބަލިވަނީ.
ނުރަބޯ
30 June 2018
ކަލޭ ތިހެން ބުންޔަސް އަހަރެމެންނަށް އިނގޭ މެސީ ނުފޫޒު އޮތްކަން. އިކާޑީ ޓީމަށް ނުނެގީވެސް ހަމަ ސީދާ މެސީގެ ނުފޫޒުން.
ޕެނަލްޑޯ
30 June 2018
ނުރަބޯ ކަލެއަށް ކިހިނެއް އިނގެނީ؟؟ މަހަށް ދޭބަލަ ނުރަ.
މޮރީނިއޯ
30 June 2018
ދީބާލާވެސް ބެންޗްގަ ބައިންދަނީ ސީދާ މެސީގެ ނުފޫޒުން. ކީޕަރު ރޮމިރޯވެސް ނުނެގީ ސީދާ މެސީގެ ނުފޫޒުން ،އެކުޅުންތެރިން ވިދާލާނޭތީ
ަިައޯގަދަ
30 June 2018
އޯޓޭގާ އާ ސިމިއޯނީ ވެސް ނުނެގީ މެސީ ބުނެގެން
ޕެނާލްޑޯ
30 June 2018
ބަޓިސްޓޫޓާ އަދި މަރަޑޯނާ ވެސް ނުނެގީ މެސީގެ ނުފޫޒުން...