ފަޔާޒް މޫސާ
25 މާޗް 2022
މާލެ- މާޗް 25، 2022: ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން "ނޭވާ ހޮޅިއަށް" ނަމުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިޔަ މުޒާހަރާ ކޮންޓްރޯލް ކުރަން ފުލުހުންވަނީ ޕެޕާސްޕްރޭ ބޭނުންކޮށް މުޒާހަރާ ކޮންޓްރޯލްކޮށްފައި، އަދި 16 މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައި، އޭގެ ތެރޭގައި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާ ހިމެނޭ. އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކޮށްފައިވަނީ، އިންޑިއާ ސިފައިންނާ ދެކޮޅަށް ކުރާ މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް.. -- ފޮޓޯތައް: ފަޔާޒު މޫސާ / މިހާރު
އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު ބޭއްވި އެއްވުން ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވަނީ، މިއަދުގެ މުޒާހަރާއިން 16 މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު ބޭއްވި އެއްވުން ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ފަރާތުން މާލޭގައި ކުރި "އިންޑިއާ އައުޓް" މުޒާހަރާގެ ބައެއް ބައިވެރިން މޫނު ނިވާކޮއްގެން ހަރަކާތްތެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
"އިންޑިއާ އައުޓް" ނަމުގައި މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ޕީޕީއެމް/ޕީއެންސީގެ އިސް މީހުން ފުލުހުންނާ ވާހަކަ ދައްކަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އިދިކޮޅު ފަރާތްތަކުން މިއަދު މާލޭގައި ބޭއްވި މުޒާހަރާގައި "އިންޑިއާ އައުޓް" ލިޔެފައިވާ ދިދަތައް -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ކާނިވާ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ފަހައްތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މުޒާހަރާގެ ބައިވެރިއަކު ފުލުހުންގެ ސަފުތައް ފަޅާލާފަ ކުރިއަށް ދާން މަސައްކަތްކުރަނީ، މިއަދު މުޒާހަރާއިން ފުލުހުން ވަނީ 16 މީހަކު ހައްޔަރުކޮށްފަ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މިއަދުގެ މުޒާހަރާގެ ތެރެއިން މަސްވެރިންގެ ޕާކް ސަރަހައްދުން ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ފުލުހުން ހައްޔަރުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މުޒާހަރާގެ ތެރެއިން ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) ފުލުހުންގެ ބެލުމުގެދަށަށް ގެންދަނީ. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އިދިކޮޅު ފަރާތްތަކުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ "އިންޑިޔާ އައުޓް" މުޒާހަރާ ހުއްޓުވަން އެސްއޯ ފުލުހުން މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މަސްވެރިންގެ ޕާކް ސަރަހައްދުގައި މުޒާހަރާކުރި މީހުން ފުލުހުންނާ ކުރިމަތިލަނީ، ޕެޕާސްޕްރޭ ބޭނުންކޮށް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައި، ބައެއް މީހުން އެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މަސްވެރިންގެ ޕާކް ސަރަހައްދުގައި މުޒާހަރާގެ ބައިވެރިއަކު "އިންޑިއާ އައުޓް" ލިޔެފައި ވާ ފޮތިގަނޑެއްހިފައިގެން ފުލުހުންގެ ސަފުތައްކައިރީ މުޒާހަރާކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
"އިންޑިއާ އައުޓް" މުޒާހަރާގައި އިދިކޮޅުގެ ބައެއް އިސްވެރިންނާއި ސަޕޯޓަރުން މަސްވެރިންގެ ޕާކު ކުރިމަތީގައި އިށީނދެގެން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ކާނިވާ ސަރަހައްދުގައި ތިބުމަށްފަހު މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާނުމަގުގައި ތިބި ފުލުހުންގެ ސަފުތައް ފަޅާލުމަށްފަހު ކުރިއަށް ދާން މަސައްކަތް ކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy