ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށް އިދިކޮޅުން ބޭއްވި މުޒާހަރާ
މާލެ - ފެބުރުއަރީ 6، 2023: ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލިހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށް އިދިކޮޅުން ބޭއްވި މުޒާހަރާ: މުޒާހަރާގެ ބައިވެރިން މަޖިލީހުގެ އިދާރާ ކައިރި އަށް ދާން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެ މީހުން ހުއްޓުވާފައި. ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާ ދެމެދު ހަމަނުޖެހުން ހިނގައި، މުޒާހަރާ ކަވަރު ކުރަން އުޅުނު ދެ ނޫސްވެރިއަކަށް ވެސް އަނޔާވި. އެ މުޒާހަރާގައި ފުލުހުން 17 މީހަކު ހައްޔަރުކުރި ކަމަށް އިދިކޮޅުން ބުނޭ. އެ މުޒާހަރާގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވައިލީ ރިޝްވަތުގެ މައްސަލަ ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ އިދިކޮޅު ލީޑަރު މިނިވަން ކުރުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވަން.---ފޮޓޯތައް: ފަޔާޒު މޫސާ| މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށް އިދިކޮޅުން ސޯސަން މަގުގައި ބޭއްވި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ފުލުހުން ބާރުގެ ބޭނުންކުރަނީ: މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ފުލުހުންނާ ދިމާލަށް ފެންފުޅި ވެސް އުކާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުރީގެ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި ލިޔެފައިވާ ކަރުދާސްގަނޑެއް ހިފައިގެން ހުރި މީހަކު ފުލުހުންގެ ޝީލްޑްތައް ކައިރީގައި އަޑު އުފުލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މުޒާހަރާގެ ބައިވެރިއަކު ފުލުހުންގެ ޝީލްޑް ކައިރިއަށް ގޮސް ފުލުހަކާ ވާހަކަ ދައްކަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މުޒާހަރާގެ ބައިވެރިއަކު ހައްޔަރު ކޮށްގެން ފުލުހުން ގެންދަނީ: މިއަދުގެ މުޒާހަރާ އިން 17 މީހަކު ހައްޔަރުކުރި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިއަދުގެ މުޒާހަރާ ކުރިއަށް ގެންދިޔަ ވަގުތު، ކަރުނަގޭސް ޖަހަން ބޭނުންކުރާ ބަޑިއަކާއެކު ފުލުހަހަކު ހަރަކާތްތެރިވަނީ: މުޒާހަރާ ރޫޅާލީ ބާރުގެ ބޭނުންކޮށްގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޕެޕާ ސްޕްރޭގެ އަސަރުކުރިި މުޒާހަރާގެ ބައިވެރިއަކަށް ފަރުވާ ދެނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މުޒާހަރާ ކޮންޓްރޯ ލްކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކުރަނީ: އާދަޔާ ހިލާފަށް ފުލުހުން ބާރު ބޭނުން ކުރުމުން ބައެއް މީހުންނަށް އަނިޔާވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޝީލްޑުތަކާ އެކު ތިބި ފުލުހުންގެ ސަފު ކުރިއަށް ޖެހުނު ވަގުތު ފުލުހުންގެ ކައިރީގައި ހުރި ޗެނަލް 13ގެ ނޫސްވެރިއަކަށް އަނިޔާވެ، މަގުމައްޗަށް ވެއްޓިފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މުޒާހަރާގެ ބައިވެރިއަކު ފުލުހުންގެ ޝީލްޑްގައި ފައިން ޖަހަނީ: މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް 17 މީހުން ހައްޔަރު ވެސް ކޮށްފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން ފުލުހުން މަސައްކަތް ކުރާއިރު، ފުލުހުންނަށް ހުރަސް އަޅަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް، ސޯސަންމަގުގައި އިދިކޮޅުން ބޭއްވި މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލިހަށް ރިޔާސީ ބަޔާން އިއްވަމުން ގެންދަވަނިކޮށް އިިދިކޮޅުން ސޯސަން މަގުގައި މުޒާހަރާ ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނައިރު، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް މަގުމައްޗަށް ވެއްޓިފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މުޒާހަރާގައި އަނިޔާވި އަންހެނަކަށް ފުލުހުން އެހީތެރިވަނީ: އެ މުޒާހަރާގައި ދެ ނޫސްވެރިއަކަށް ވެސް އަނިޔާވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސޯސަން މަގުގައި އިދިކޮޅުން ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ކުރަނީ: ފުލުހުންނާ ދިމާލަށް ފެންފުޅި ފަދަ ތަކެތި ވެސް މުޒާހަރާގެ ބައިވެރިން އުކި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސޯސަން މަގުގައި އިދިކޮޅުން ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ކުރަނީ: އެ މުޒާހަރާ ފުުލުހުން ރޫޅާލީ ބާރުގެ ބޭނުންކޮށްގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން ހުރަސް އެޅުމަށް ފަހު، މަޖިލިހުގެ އިދިކޮޅު ބައެއް މެމްބަރުން، އެ ވަގުތު ސޯސަން މަގުގައި އޮތް މުޒާހަރާއާ ގުޅިވަޑައިގަތުމަށް ވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ލައުޑް ސްޕީކަރު ހަރުކޮށްގެން، މުޒާހަރާ އަށް ވެއްދި ޕިކަޕެއް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް އެ ޕިކަޕްގެ ޑްރައިވަރު ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މުޒާހަރާގެ ބައިވެރިއަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދަނީ: މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން ފުލުހުން ޕެޕާ ސްޕްރޭ ވެސް ބޭނުންކުރި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މުޒާހާރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ފުލުހުން މަސައްކަތްކުރާއިރު، އަންހެނުންތަކެއް ފުލުހުންގެ ޝީލްޑްތަކުގައި ޖެހިގެން ކުރިއަށް ނުދެވޭނެހެން ހުރަސް އަޅަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރުމަށް ގޮވާލައި ލިޔެފައިވާ ކަރުދާސްގަނޑެއް ފުލުހުންގެ ޝީލްޑްގައި މުޒާހަރާގެ ބައިވެރިއަކު ތައްކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު