އުދައާއެކު، ފޮއްދޫގެ ޖެޓީން ބައެއް ވަކިވެފައި.--
23 ޖެނުއަރީ 2020 - 15:26
ނ. ފޮއްދު އަށް ފަހުގެ ތާރީހެއްގައި ނާރާހާ ބޮޑަށް ރޭ އުދަ އަރައި، އެ ރަށު ޖެޓީން ރަށާ ގުޅިފައިވާ ބައި ވަކިވެއްޖެ ވަކިވެއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޝާމީ މިއަދު ވިދާޅުވީ އުދައާއެކު ޖެޓީ ހަލާކުވެ ލަފާފުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އެކަން ސަރުކާރުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަށުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ އެ ޖެޓީގެ ދިގުމިނުގައި 230 ފޫޓު ހުރެ އެވެ.
ޝާމީ ވިދާޅުވީ ދިޔަވަރު ބޮޑުވެ، ރަށުގެ އެއްގަމަށް 250 ފޫޓަށް ރާޅު އެރި ކަމަށެވެ. މީގެ ކުރިން އުދަ އެރިޔަސް، އަރަނީ ރަށުގެ 50-100 ފޫޓަށް ކަމަށް ވިދާޅުވި އެވެ.
ޖެޓީން، ރަށާ ގުޅިފައިވާ ބައި ހަލާކުވުމުން، މި ވަގުތު ލަފާފުރުމުގެ ކަންކަން ކުރަނީ ހުޅަނގު ފަރާތުން ޑިންގީ ނުވަތަ ބޮއްކުރައެއްގައި ގޮސްގެންނެވެ. އެ ސަރަހައްދުގައި ފަޅެއް ނެތުމުން، އެއީ ރައްކާތެރި ގޮތެއް ވެސް ނޫންކަމަށް ވިދާޅުވި އެވެ.
ފޮއްދުއަށް ރޭ އުދައަރާފައި.--
"މިކަމުގެ އުނދަގޫ އެންމެ ބޮޑަށް ކުރާނެ އެއް ބަޔަކީ ޓޫރިސްޓުން. ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނައިރު ޖެޓީން ބައެއް ހަލާކުވެގެން ދިޔައީމަ ވަރަށް އުނދަގޫވާނެ،" ޝާމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށުގެ ދެ ގެސްޓްހައުސެއްގައި މިވަގުތު ވެސް 35 އަށްވުރެ ގިނަ ޓޫރިސްޓުން އެބަތިބި ކަމަށެވެ. މިއަހަރުގެ ތެރޭގައި އިތުރު ފަސް ގެސްޓްހައުސް ހުޅުވާނެކަމަށް ވިދާޅުވި އެވެ.
ފޮއްދުއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރަން މިއަހަރުގެ ބަޖެޓުގައި 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހިމަނައިފަ އެވެ. ނަމަވެސް އެކަމުގެ މަސައްކަތެއް އަދި ނުކުރެ އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން ބުނެފައިވަނީ އިރުވައި މޫސުމުގެ ހަޅަ ޖަހަމުންދާތީ މުޅި ރާއްޖެ އަށް ވެސް ވައިގަދަ ކަމަށާއި އެކަމުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް އުދައެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްލި
26 January 2020
ރާއްޖެ އިގިރޭސީންނަށް ދީފައި އެންމެން އޮސްޓްރޭލިޔާއަށް ބަދަލުކުރާ ގޮތަށް ވަރަށް އަވަހަށް ހަމަޖެހޭނެ.
ހޭބަލިމިތުރު
25 January 2020
މިޒަމާނުގެ ރަށުރައިއްޔަތުންގެ ހާލަތު، ކީއްކުރާނި؟. ކާއެތިކޮޅުވެސް މިޖެހެނީ ސަރުކާރުން މޮޑެފަ އަގަޔައްލާދޭން. އެހެންނޫންނަމަ ތިޔަފާލަމާ ރަށާގުޅަން 500 ވެލިބަސްތާއެއް ބޭނުމެއްނުވާނެ. ތިޔައީ ރައިއްޔަތުންގެ ކުޑަވެސް ހިއްވަރެއްހުރިނަމަ ރޮއެރޮއެ ތިބެންޖެހޭ ކަމެއްނޫން. މި އިރުވައި ނިމުނީމަ އަނެއްކާހަމަ ތިޔަތަނައް ވެލިއަރާނެކަން އެގޭއިރު ؟؟؟؟؟؟.
ރީތި މޫސަ
25 January 2020
ބަޔަކަށް ދެރަކަމެއްދިމަވީމަވެސް ފެނިގެންމިދަނީ ހަމްދަރުދުވުގެ ބަދަލުގަ ހިތުހުރިހައެއްޗެއްގޮވާތަން މީކިހާދެރަކަމެއް މިފަދަކަންކަން މެދުވެރިވަނީ ކޮންގޮތަކަށް ކަންކަން ކުރެވޭތީތޯ ބަލަންޖެހޭ ފަހަރުގަ ޖެޓީއެޅިފައިވާގޮތަކުން އޮއިވަރަށް އަންނަބަދަލަކުންވެސް ރަށްގިރުންއެކަށީގެންވޭ މިކަމުގަ ބޭނުންވާނީ ތަޖިރިބާކަރުންގެއެހީތެރިކަން
ފޮއްދޫސްޓަރ
24 January 2020
ވަރިހަމަ މުޅިރަށް ގިރިގެން ޣަރަގު ވިޔަސް، ވަށައިގެން ވެލި ނެގޭގޯ ބަލާ!!
ފުދިފަހުންނަ ވަޢުދުވާ
23 January 2020
ޖެޓީ ހަދާފައި ހުރިލެއް ވަރުގަދަކަމުން ޖެޓީއެބަހުރި ހެދިތަނުގައި. ވެލިގަނޑު ގިރައިގެންދިޔައީ މޫސުމީ ކަމަކުން. މައްސަލައަކީ ރަށުމެދަށް ޖެޓީ އެޅިޔަސް ވާރެވެހި ފެންބޮޑުވެ ޖެޓީނުފެންނަވަރުވެއްޖެނަމަ ބުނާނެ ފުރާޅުމަތީ ޖެޓީނޭޅީ ކީއްވެހޭ.
މުބީނު މާރނީ
23 January 2020
މިއީ ކިތައްމީހުން ދިރިއުޅޭ ރަށެއްތޯ ވެސް ލިޔެލަންވާނެ.
ހުވާ
23 January 2020
މީހަކުނޫޅުނަސް ހެވެއްނު. އެއްވެސްރަށއް ބާކީނުކުރާ ސިޔާސަތުން އެއޮތީ ޖެޓީއަޅާދީފައި.
ޑާޑާ
23 January 2020
މަޗާ އެރަށުގަ ލޯކަލް ޓޫރިޒަމް އަންނަނީ ފުޅާވަމުން
އިބުރާހިމު
23 January 2020
މިރަށުގަ ހުންނަނީ ކިތައްގެކަންވެސް ލިޔެލިނަމަ
އިޙްސާސް
23 January 2020
ރަށުގެ ރީތިކަން ގެއްލެނީ
ރުޅި
23 January 2020
ރައްރަށުގެ ކައުންސިލް ކުރަންވީ ކަމަކީ ހޭޅިފަށް ސަލާމަތްކުރުމަށް ސިމެންތި ބަސްތާތައް އުސްކޮށް ޖަހަންވީ. މައިސަރުކާރުން ކުރަންދެންތިބޭނެކަމެއްނެތް.
މަގުފުޅާޓިނު
23 January 2020
ވަރެއްވެފަ ތިތިބެނީ އުތަ، ގުދްރަތީ ކާރިސާއަކުން ކަމެއް ދިމާވިއަސް ސަރުކާރޭ ވަށަގުއްޔޭ ކިޔާފަ ސިޔާސީ ރާގުލާފަ ނޫން ގޮތަކަށް އެއްޗެއް ނުބުނާތި، ހީވަނީ ގެއްލުނު އެއްޗެއްގެ ބޮޑު ކަމުން ލޮލަށް ނިދިނައިސްގެން އުޅޭހެން..........
ނިރު
23 January 2020
ތިވަރުކަމެއްވެސް ރަށައް ކޮއްލަދެވިފަ އެއޮތީ ރައީސް ޔާމިން އަށް ދޯ.. މިސަރުކާރުން ކީއްތަ މިކުރަނީ
ލޮނދިވަރުނަ
23 January 2020
ޖެޓީ ހަދާފަ ހުރިލެއް މޮޅުކަމުން އައިރާޅުބާނޏަކާއުކު ލުހިގެން އެދިޔައީ. 50 މިލިއަން ހަރަދުވިޔޯ މިޖެޓީގަނޑު އަޅަން.
ނަން
23 January 2020
މޫސުމާ ތިމާވެށްޓަށް ނުބަލާ ގޮނޑުދޮށުގަ ހުރި ގަސްތައް ކަނޑާލާފަ ކުރާ ޝޯޓް ސައިޓެޑް ތަރައްގީކުރީމަ ވާނެގޮތުގެ ރަނގަޅު މިސާލެއް. ދެން ޖެހޭނީ ގުދުރަތުން ލިބިފައޮތް ތޮށިގަނޑުގެ ބަދަލުގަ ބޮޑު އަގުދީފަ ބަލާލަން ހުތުރު އާޓިފިޝަލް ތޮށިގަނޑެއް ލާން.
އޫން
23 January 2020
މީދޯ ޔާމީން މިލިއަނުން ކައިގެން ރާއްޖެތެރޭގަ ހިންގި ކަންތަކުގެ ނަތީޖާ