ކުރީގެ އިސްލާމިކް މިނިސްޓަރު ޝަހީމް.--
01 އެޕްރީލް 2020 - 17:27
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ޗެލެންޖް ކާމިޔާބުވެ، އިންސްޓަގްރާމާއި ޓްވިޓާ އަދި ފޭސްބުކްގައި އެތައް ދިވެހިންނެއްގެ އަޑުން ގުރުއާންގެ އާޔަތްތައް އިއްވާލައިފި އެވެ.
ކޮރޯނާވައިރަސްގެ ބިރުގައި މުޅި ދުނިޔެ ހުއްޓިފައި އޮތް ދަނޑިވަޅުގައި މާތް ﷲއަށް ކުއްތަންވުމުގެ ގޮތުން ޝަހީމް ފެއްޓެވި ޗެލެންޖްގައި ކުޑަކުދިން ފެށިގެން، ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ފޯރީގައި ބައިވެރިވެވަޑައިގަންނަމުންނެވެ.
މި ޗެލެންޖް އައީ ސޯޝަލް މީޑިއާގައި ތަފާތު އެހެން ޗެލެންޖްތައް ވެސް ކުރިއަށް ދަނިކޮށެވެ. އޭގެ ތެރެއިން އެއް ޗެލެންޖަކީ ޓޮއިލެޓް ޕޭޕާ ރޯލެއް ވައްޓާނުލައި ދެތިން ފަހަރު ފައިން ޖެހުމެވެ. އެ ޗެލެންޖްގައި ނައިބު ރައީސް ފައިސަލް ނަސީމާއި ކެބިނެޓުގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
Journalism student @Ahmed_Zaamil reciting Quran in one of our classes, before the closure.
— Sham'aan Shakir (@Shammaan) March 30, 2020
Maa Sha Allah#QuranChallengeMV#Covid19#StayAtHome pic.twitter.com/THrQa04C18
ނަމަވެސް ސޯޝަލް މީޑިއާގައި ދިވެހިންގެ މެދުގައި މިހާރު އެންމެ ގަދައީ އެންމެ ބާރަށް ހިނގަނީ ގުރުއާންގެ ކިޔެވުމުގެ ޗެލެންޖެވެ..
މިދިޔަ އާދިއްތަ ދުވަހު ޝަހީމް އެ ޗެލެންޖް ފެއްޓެވީ މިއީ ދުނިޔެ އާއި އިސްލާމީ އުއްމަތަށް ވެސް ހިތާމަވެރި ވަގުތަކަށް ވާތީ ﷲ އަށް ކުއްތަންވުމުގެ މަގުސަދުގަ އެވެ.
މި ޗެލެންޖްގައި ގުރުއާނުން ވަކި މިންވަރެއް ކިޔެވުމަށް ފަހު އެހެން މީހަކަށް ދައުވަތު ދެ އެވެ. އޭރުން އެ މީހަކު އެކަން ގަބޫލުކޮށް، އޭނާ ވެސް ގުރުއާންގެ އާޔަތްތަކެއް ކިޔަވައި، ސޯޝަލް މީޑިއާގައި އެ ހިއްސާކުރެ އެވެ.
ޝަހީމް "މިހާރު" އަށް ވިދާޅުވީ ގުރުއާން ޚަތިމްކުރުމުގެ ހަރަކާތެއް ފެއްޓެވީ ދިވެހިންނަށް ވެސް ދަތި މި ދުވަސްތައް ގުރުއާނާ އެކު ހޭދަކުރަން ކަމަށެވެ. ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމަކީ ސޯޝަލްމީޑިއާގައި ގިނަ ވަގުތު ހޭދަވާނެ ކަމަކަށް ވާތީ، އެއް ބޭނުމަކީ ގުރުއާނުން ފޭސްބުކާއި ޓުވިޓާ އަދި އިންސްޓަގްރާމް ފުރާލުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. "މީހުންގެ ކިޔެވުން އަޑު އިވޭނެ. އަދި މި ޗެލެންޖުން އެންމެންނަށް ސަވާބު ލިބޭނެ،" ޝަހީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
03 April 2020
ތެންކިޔޫ.
ގުރާސ
03 April 2020
ޤުރްއާން ކިޔަވާ ޚަތިމް ކޮށްލަން ބުނީމަ ހާދަވަރަކަށް ބަޔަކު އަސަރުކޮށް ނުރުހިއްޖެހެން ހީވޭ ހެޔޮނުވާނެ ޤުރުއާން ކިޔަވަން އާދަކުރޭ ޝަހީމަށް ފަށްފަށުން ޝުކުރު ދަންނަވަން
ސެކަންޑްޗެލެންޖް
03 April 2020
އަހަރުމެންގެ ފެންވަރު ހުރިއްޔާ ޓިޝޫކަރުދާސްފަދަ ތަކެތި އިމްޕޯޓްނުކޮށް އުފެއްދުމުގެ ޗެލެންޖެއްވެސް ބާއްވަންވީ. އެންމެ ކުރީގަ ޝަހީމު ހުންނަވަންވާނެ؛ ޕްރޮޑަކްޓިވިޓީ އިތުރުކޮށް އިޤްތިޞާދު ގަދަކުރުމަށް މަސައްކަތްކުރުމަކީ ދީނީވެސް ކަމެއް.
ނަމޫ
02 April 2020
ގުއި ފޮހޭ ޓިސޫގެ ކުޅިވަރު ހުއްޓިއްޖޭނުން. ދެން ސިއްރުން ކުޅޭ. ގޭގަވެސް މީޑިޔާގަވެސް އަބަދުވެސް ޤުރްއާން ކިޔަވަންވީ ޑޮކްޓަރ ޝަހީމަކީ ވަރަށް ތޫނު ބޭފުޅެއް
Aala
02 April 2020
އެ މީހުން ތިބީ ތަބާ ވެގެންތާ ދޮ.......
އެޑަމްސް
02 April 2020
އަހަރުމެއް ތެރޭގަ ވަރަށް ގިނަވާނެ ސޯޝަލް މީޑިއާގަ މާ ރަނގަޅު ބަޔަކަށް ވެގެން ދެއްކެން ބޭނުންވާ މީހުން. އަދި އެވާހަކަ ދެއްކީމަ ރުޅިއަންނަނީ އެހެން އުޅޭމީހުން. މާތް ޤުރުއާން ކިޔަވަނީ މީހަކު ޗެލެންޖުކުރީމަ ތޯ ނޫނީ އަމިއްލައަށް ހިންހަމަ ޖެހުމަކަށް ތޯ.
ވެނީލާ
02 April 2020
މިތާގަ ނެގެޓިވް ކޮމެންޓު ކުރަނީ އެކަކުހެން ހާދަ ހީވެޔޭ. ކޮންމެޔަކަސް ޝަހީމަށް ވަރަށް ޝުކުރިއްޔާ.
ދެރަ
02 April 2020
ކޮން ތަފާތެކޭ ކިޔާކަށް . މުބާރާތުގަ ބައިވެރިކޮާް ނޫހަށް އަރުވާ ޓީ ވީ އަށް އަރުވަނީވެސް ގޮތް ދައްކަން. މިކަން ގޮތް ދެއްކުމަކަށް ވަންޏާ . ބައެއް މީހިންނަށް ކަމުނުދިޔައީ އަންނިއަށާ ދެން ވެސް މި ސަރުކކާރުަގަ އުޅޭ ބަެއެއް މީހުންނނަށް ގއފހގަ ތަޅަން އެނގިފަ ޤުރްއާން ކިޔަވާލަން ނޭނގުނީމަ .
ލިހާޒު
02 April 2020
ގޭގައި ގުރުއާން ނުކިޔާޝޭ ޝަހީމު ބުނިތަ؟ ޖާހިލުވިޔަސް ބޮޑުވަރު. ގުރުއާން ނުޖެހޭ ވަގަށް ބިރުން ތިބެ ކިޔާކަށް .. ފަހުރުވެރިކަމާއެކު މަގުމަތީގަ ވެސް ގުރުއާން ކިޔަން ވީ .
ޫހޮޅި ވާހަކަ
02 April 2020
ސޯޝަލް މީޑިޔާގަ ޤުރްއާން ކިޔެވިމުގަ ކޮބާތަ ގޯހެއް. ތިމާމެންގެ ދަރިން ކޮޅައް ކިރިޔާ ހުރެވޭ އިރައް ކީއްވެތަ އެންމެން ޤުރްއާން މުބާރާތުގަ ބައިވެރިކޮށް ޓިވީއަށް އަރުވަން މަސައްކަތް ކުރަނީ .
ކޮން ކަހަލަ ކަމެއް؟
02 April 2020
ސޯޝަލް މީޑިއާގައި ދުޢާކޮއް ދެން ތިބި ބަޔަކު އާމީން ފޮނުވާ އަދި މީހަކު މަރުވި ޚަބަރު ލިބުނީމަ އިންނާ ﷲ ވެސް ކިޔަނީ މިހާރު ހަމަ ސޯޝަލް މީޑިއާގައި.