މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ޖަލްސާ، ފޮޓޯ/މިހާރު
01 ޖޫން 2017 - 14:40
ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބާއްވާ ފޯރަމުގެ މި އަހަރުގެ ޖަލްސާތައް ސްޕޮންސާ ކުރުމުގެ އެއްބަސްވުމުގައި އެސްޓީއޯ އާއި އެ މިނިސްޓްރީން އިއްޔެ ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަ ޑރ. އަހްމަދު ޒިޔާދެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޒިޔާދު ދެއްކެވި ވާހަކަފުޅުގައި އެސްޓީއޯ އިން އެ މިނިސްޓްރީގެ ކަންކަމުގައި އެއްބާރުލުން ދޭ ކަން ފާހަގަ ކުރެއްވި އެވެ. އަދި މި އަހަރުގެ އިހްޔާ ފޯރަމްތަކުގެ އިންތިޒާމްތަަކަށް ދެއްވި އެހީތެރިކަން ބަލައިގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޝަހީރު ދެއްކެވި ވާހަކައިގައި އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އިސްލާމިކް މިނިސްޓްރީގެ އެކި ހަރަކާތްތަކަށް ދޭ ސަމާލުކަން ފާހަގަ ކުރެއްވި އެވެ. މިދިޔަ އަހަރުގެ އިހްޔާ ފޯރަމްގެ ސްޕޮންސަރަކީ ވެސް އެސްޓީއޯ އެވެ.
މި އަހަރުގެ އިހްޔާ ފޯރަމްތައް އޮންނާނީ ކޮންމެ ހޯމަ ވިލޭރެއަކާއި ހުކުރު ވިލޭރޭ އިސްލާމީ މަރުކަޒުގެ ހޯލުގަ އެވެ. ދިވެހިންގެ ހިތްތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި އިސްލާމިކް މިނިސްޓްރީން އަންނަނީ ކޮންމެ އަހަރެއްގެ ރަމަޟާން މަހަކު އިހްޔާ ފޯރަމްތައް ބާއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮޅިދާން
02 June 2017
އަޅުގަނޑު ކާރީގަ ބުނީ ހަފުތާއަކު 3 ރޭ އިހްޔާ ފޯރަމް އޮވެއޭ
ހަބޭސް
01 June 2017
ތަންކޮޅެއް އަވަސް ސޮއިކުރަން ޕްރޮގުރާމް ނިންމާފައި ސޮއިކުރިނަމަ ރަގަޅުވީސް
ނަސީބު
01 June 2017
ނަސީބެއްނުން ރޯދަމަސް ނިމެންވާއިރަށް ތިކަންވެސް ވިކަން! ސިޔާސީ ކަންކަން ކޮށްފަ އެހެންކަމެއް ކުރާކަށް ހަނދާންވެސް ނުހުންނަނީ ތޯއްޗެ.