އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއިން ފަލަސްޠީނުގެ މައްސަލައިގައި ނެރެފައިވާ އެތައް ގަރާރަކަށް އިޒްރޭލުން އަބަދުވެސް ގެންދަނީ ދެކޮޅުހަދަމުންނެވެ. ޚާއްޞަކޮށް 1967 ގެ ކުރިން ފަލަސްޠީނާއި އިޒްރޭލުގެ ބޯޑަރު އޮތް ގޮތަށް އެނބުރި ރުޖޫޢަވާން ގޮވާލާ ގަރާރާ އިދިކޮޅު ހަދައި އެމީހުންގެ ބޮޑާކަން އިތުރަށް ދައްކަ އެވެ. އެ މީހުން ފޭރިގެންފައިވާ ޣައިރު ޝަރުޢީ ބިންކޮޅަކުން ކިތަންމެ ކުޑަތަންކޮޅެއް ކޮންމެވެސް ސަބަބަކާ ހުރެ ދޫކޮށްލިޔަސް ބަދަލުގައި އެއަށްވުރެ އެތައްގުނަ ބޮޑު ބިންތައް ހަމަ ޣައިރު ޝަރުޢީ ގޮތުގައި އަތުލައި އެތަންތަނުގައި އެމީހުންގެ ބިނާތައް ކުރަމުން އެ ގެންދަނީ އެވެ. މިއިން ކޮންމެ ފަހަރަކު ޢަރަބިންގެ (ޚާއްޞަކޮށް މުސްލިމުންގެ) އެތައް ގެތަކެއް ސުންނާފަތިކޮށް އެތައް މަދަނީންނެއް ގަތުލު ކުރެއެވެ. އަންހެނަކަށް ކުޑަކުއްޖަކަށް ބެލުމެއް ނެތި އެވެ.
މިކަންކަމުގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އަލްޤުދުސްގެ ބިން އިޙުތިލާލު ކުރުމެވެ. އިރުމަތީ ޤުދުސް އާއި ހުޅަނގު އައްސޭރީގައި 3،500 ގެ އަޅަން ނިންމުމެވެ. މަސްޖިދުލް އަޤްޞާ އަށް ވެރިވެގަންނަން މަސައްކަތް ކުރުމެވެ. މި ހުރިހާ ކަމެއްގެ ވެސް އެންމެ ފަހުގެ އަމާޒަކީ މުސްލިމުންގެ ފުރަތަމަ ޤިބްލަ އަދި ތިންވަނަ ޙަރަމް ކަމުގައިވާ އެ މަތިވެރި މިސްކިތް ވުޖޫދުން ނައްތާލުމެވެ. އެއަށްފަހު އޭގެ ބަދަލުގައި އެތަނުގައި ސުލައިމާނުގެފާނުގެ ހައިކަލް (ފައްޅި) އަލުން ބިނާ ކުރުމުގެ ނަމުގައި ޔަހޫދީންގެ ފައްޅިއެއް އެޅުމެވެ.
މި ހުރިހާ ކަމެއް ކުރުމަށް އެމީހުން ކުރާ ދަޢުވާއަކީ މަސްޖިދުލް އަޤްޞާ އާއި އެތަނުގެ ޙަރަމް އެވަނީ ސުލައިމާނުގެފާނުގެ ހައިކަލް ތަޅާލައި އެތަނުގެ މަތީގައި ބިނާކުރެވިފައި ކަމަށް ކުރާ ދަޢުވާ އެވެ. އެހެންކަމުން މަސްޖިދުލް އަޤްޞާ ތަޅާލައިގެން ނަމަވެސް އެ ހައިކަލް ހޯދަން ޖެހޭ ކަމަށެވެ. އަދި އެ ހައިކަލް އަލުން ބިނާކުރަން ޖެހޭ ކަމަށެވެ. އަދި މިކަމަކީ އެ މީހުންނަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ. ކިތަންމެ ވަގުތެއް މިކަމުގައި ނެގި ކަމުގައި ވިއަސް މިކަން އެމީހުންނަށް ކާމިޔާބުވާނެ ކަމަށެވެ.
ނަމަވެސް ޝަރުޢީ ގޮތުން ބެލިޔަސް އަދި ތާރީޚީ ގޮތުން ބެލިޔަސް އެމީހުންގެ އެ ދަޢުވާ ބާތިލުކަން ފަސޭހަ ކަމާއެކު ކަށަވަރު ކުރެވޭނެ އެވެ. އެކަމުގެ ދަލީލުތައް ވަރަށް ގިނަ އެވެ. މިފަދަ ލިޔުމެއްގައި އެ ހުރިހާކަމަކަށް އަލިއަޅުވާނުލެވޭނެތީވެ މި ލިޔުމަށްފަހު މީގެ ސިލްސިލާއެއްގެ ގޮތުގައި އިތުރު ލިޔުންތައް ކުރިއަށް ގެންދަން ގަސްދު ކުރަމެވެ.
މަސްޖިދުލްއަޤްޞާ ތަޅާލައި އެތަނުގައި ސުލައިމާނުގެފާނުގެ ހައިކަލް އަލުން ބިނާކުރަން ޔަހޫދީން ކުރާ މަސައްކަތް ސައްހަ ކުރުމަށް އެބައިމީހުން ކުރާ ދައުވާގެ ބާތިލުކަން ހާމަވާ އެއް ދަލީލަކީ، ސުލައިމާނުގެފާނު އެތަނުގައި ފައްޅިއެއް ނާޅުއްވާނެ ކަމުގެ ދަލީލެވެ. ސަބަބަކީ، ތާރީޚު ހެކިދޭ ގޮތުގައި މަސްޖިދުލް އަޤްޞާ އަކީ މަސްޖިދުލް ޙަރާމް އަށް ފަހު 40 އަހަރު ފަހުން ބިނާކުރި މިސްކިތެކެވެ. އެހެންކަމުން ސުލާއިމާނުގެފާނަށް މަސްޖިދުލް އަޤްޞާ ހުރި ތަނުގައި އެއްވެސް ތަނެއް ބިނާ ކުރެއްވޭނީ މަސްޖިދުލް އަޤްޞާ ބިނާކުރި ފަހުންނެވެ.
މަސްޖިދުލްއަޤްޞާ ތަޅާލައި އެތަނުގައި ސުލައިމާނުގެފާނުގެ ހައިކަލް އަލުން ބިނާކުރަން ޔަހޫދީން ކުރާ މަސައްކަތް ސައްހަ ކުރުމަށް އެބައިމީހުން ކުރާ ދައުވާގެ ބާތިލުކަން ހާމަވާ އެއް ދަލީލަކީ، ސުލައިމާނުގެފާނު އެތަނުގައި ފައްޅިއެއް ނާޅުއްވާނެ ކަމުގެ ދަލީލެވެ. ސަބަބަކީ، ތާރީޚު ހެކިދޭ ގޮތުގައި މަސްޖިދުލް އަޤްޞާ އަކީ މަސްޖިދުލް ޙަރާމް އަށް ފަހު 40 އަހަރު ފަހުން ބިނާކުރި މިސްކިތެކެވެ. އެހެންކަމުން ސުލާއިމާނުގެފާނަށް މަސްޖިދުލް އަޤްޞާ ހުރި ތަނުގައި އެއްވެސް ތަނެއް ބިނާ ކުރެއްވޭނީ މަސްޖިދުލް އަޤްޞާ ބިނާކުރި ފަހުންނެވެ. ތާރީޚުން އެނގޭ ގޮތުގައި އެއީ އެތައް ގަރުނެއްގެ ފަހެވެ. އަދި އޭރު ކުރިންހުރި މަސްޖިދުލް އަޤްޞާ ވަނީ ވީރާނާވެފަ އެވެ. އެހެންކަމުން ސުލައިމާނުގެފާނު ކުރެއްވެވި ކަމަކަށް ވާނީ މަސްޖިދުލް އަޤްޞާ އަލުން ބިނާ ކުރެއްވުމެވެ. އޭގެ ބަދަލުގައި އެތަންހުރި ތަނުގައި ﷲ އަށް ޝިރުކުކުރާނެ ފައްޅިއެއް އެކަލޭގެފާނު ބިނާކުރެއްވުމަކީ މުސްތަޙީލު ކަމެކެވެ. ސަބަބަކީ ސުލައިމާނުގެފާނަކީ ވެސް ﷲ ފޮނުއްވެވި އެހެން ނަބީން ފަދައިން ތައުޙީދުގެ ރިސާލަތުގެ ސިލްސިލާ ދެމެހެއްޓެވުމަށް ވަޑައިގެންނެވި ބޭކަލަކު ކަމުގައިވާތީ އެވެ.
ދެވަނަ ދަލީލަކީ، ތާރީޚީ ގޮތުން ބަލާއިރު މި ދައުވާ ބަޔާންކުރެވިފައި ވަނީ ތަޙްރީފު ކުރެވުނު ތައުރާތުގައި އެކަނި ކަމަށް ވުމެވެ. އިބްނު އަޘީރް އާއި އިބްނު ކަޘީރް އާއި އެނޫންވެސް ޢިލްމުވެރިން ދާއޫދުގެފާނާއި ސުލައިމާނުގެފާނު މަސްޖިދުލް އަޤްޞާ އަލުން ބިނާކުރެއްވެވި ވާހަކަ ގެނެސްފައިވެ އެވެ. އެކަމަކު އެއިން އެއްވެސް ޢިލްމުވެރިޔަކު، ހައިކަލެއްގެ ވާހަކަ ގެނެސްފައެއް ނުވެ އެވެ. އަދިކިއެއްތަ، ތައުރާތުގެ ޢިލްމަށް ޚާއްޞަ ޢިލްމުވެރިންނާއި ހުޅަނގުގެ މުއައްރިޚުންނާއި މިޒަމާނުގެ ޔުނިވަސިޓީތަކާއި ދިރާސާ މަރުކަޒުތަކުން ނެރޭ ދިރާސާތަކުގައި ވެސް ޔަހޫދީންގެ މިދައުވާ އަށް ދަލީލު ލިބޭ ވާހަކައެއް ހަމައެކަނި ބަޔާންކުރަނީ ތައުރާތަށް ހަވާލާދީފައި އެކަންޏެވެ. އަމްނޫން ބުން ޘައުރު އާއި ތޮމްސަން އާއި ރޫނީ ރިކް އާއި މިލާ އާއި ލިޗް އާއި ފްލެންގަން ފަދަ އެތައް މުއައްރިޚުންނެއް މިކަން ކަށަވަރު ކޮށްދެ އެވެ. (އައްދުސޫޤީ). އެހެންކަމުން މި ދަޢުވާ އަކީ ހަގީގަތުގައި މީލާދީގެ ކުރިން ދެވަނަ ގަރުނުގައި ތައުރާތު އަލުން ލިޔުނު ފަރާތްތަކުން "ވަޢުދުވެވިގެންވާ ބިން" އެއީ ޔަހޫދީންގެ އެކަނި ބިމެއް ކަމަށް ސާބިތު ކުރެވޭތޯ ތައުރާތުގައި ލިޔެފައިވާ އެއްޗެކެވެ. ޤުރްއާނުން ސާބިތުވާ ގޮތުގައި ތައުރާތަކީ ﷲ ބާވާލެއްވި މުޤައްދަސް ފޮތެއް ކަމަށް ވިއަސް ޔަހޫދީން އެމީހުންގެ އަމިއްލަ އަތްތަކުން އެމީހުން ބޭނުންވާހާ ބަދަލުތަކެއް އެއަށް ވަނީ ގެނެސްފަ އެވެ. ވީމާ މިފަދަ ފޮތެއްގައި އޮތް ވާހަކައެއް އެހެން ހުރިހާ ފޮތްތަކާއި ލިޔުންތަކުން އިންކާރު ކުރެވިގެންދާ ހިނދު ސައްހަ ވާހަކައެއްގެ ގޮތުގައި ބަލައިނުގަނެވޭނެ އެވެ.
ދެވަނަ ދަލީލަކީ، ތާރީޚީ ގޮތުން ބަލާއިރު މި ދައުވާ ބަޔާންކުރެވިފައި ވަނީ ތަޙްރީފު ކުރެވުނު ތައުރާތުގައި އެކަނި ކަމަށް ވުމެވެ. އިބްނު އަޘީރް އާއި އިބްނު ކަޘީރް އާއި އެނޫންވެސް ޢިލްމުވެރިން ދާއޫދުގެފާނާއި ސުލައިމާނުގެފާނު މަސްޖިދުލް އަޤްޞާ އަލުން ބިނާކުރެއްވެވި ވާހަކަ ގެނެސްފައިވެ އެވެ. އެކަމަކު އެއިން އެއްވެސް ޢިލްމުވެރިޔަކު، ހައިކަލެއްގެ ވާހަކަ ގެނެސްފައެއް ނުވެ އެވެ.
ތިންވަނަ ދަލީލަކީ، ތާރީޚީ ހެއްކެއް ހޯދަން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަސް ހެއްކެއް ދެއްކެން ނެތް ކަމެވެ. މީލާދީން ނުވަ ވަނަ ގަރުނުން ފެށިގެން ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުން ޢަރަބި ބިންތަކުގައި ފައިޖައްސާލި ހިސާބުން ފެށިގެން ވެސް މުސްތަޝްރިޤުން (އޮރިއެންޓަލިސްޓުން) ނާއި އާސާރީ ޢިލްމުވެރިން ޤުދުސްގެ ބިމަށް ޒިޔާރަތް ކުރުން ހުއްޓައެއް ނުލަ އެވެ. އެހެނީ އެއީ ތައުރާތާއި އިންޖީލާއި އެ ދެފޮތް ނިސްބަތްވާ ދެ ނަބީބޭކަލުންނާއި ޔަހޫދީންނާއި ނަޞާރާއިންގެ ވެސް ތާރީޚު އެތަނާ ގުޅިފައިވާ ތަނަކަށްވާތީ މި ހުރިހާ ކަންކަން ދިރާސާ ކުރުމަށެވެ. މިކަން ވެގެންދިޔައީ ޔަހޫދީ ޒަޔޮނިސްޓުންނަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އެއީ އެމީހުން ބޭނުންވާ ފަދައިން ޔޫރަޕާއި އެނޫންވެސް ތަންތަނުގައި ތިބި ޔަހޫދީންތައް މުޤައްދަސް ބިމަށް އަނބުރާ ގެނައުމަށްޓަކައި އެކަން ޕްރޮމޯޓު ކުރުމުގެ ޕްލޭންތައް ތަންފީޒު ކުރުމަށް އެކަން ފަހިވެގެންދާނެތީ އެވެ. އެހެންކަމުން ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުންވެސް ޢަރަބިންގެ ބިންތަކަށް އޮންނަ ދަހިވެތިކަމުގެ ބޭނުން ހިފައިގެން ތާރީޚު ދިރާސާ ކުރުމަށްޓަކައި އެތަކެއް ޖަމްޢިއްޔާތަކާއި މުއައްސަސާތަކާއި ސްކޫލުތައް އުފެއްދި އެވެ.
މިގޮތުން ފަލަސްޠީނު އެކްސްޕްލޯ ކުރުމަށް 1865 ގައި އިނގިރޭސި ވިލާތުން ފަންޑެއް އުފެއްދި އެވެ. އެމެރިކާ ޔަހޫދީން 1870 ގައި މިފަދަ ޖަމްޢިއްޔާއެއް އުފެއްދި އެވެ. އަދި ހަމަ މި އަހަރު އިނގިރޭސި ވިލާތުން، ތައުރާތުގެ ތަރިކަ ޖަމްޢިއްޔާގެ ނަމުގައި ޖަމްޢިއްޔާއެއް އުފެއްދި އެވެ. އޭގެ ފަހުން 1877 ގައި ޖަރުމަނުވިލާތުން ފަލަޞްޠީނުގެ ބަހުސްތަކަށް ޚާއްޞަ ޖަރުމަނު ޖަމްޢިއްޔާއެއް އުފެއްދި އެވެ. އަދި 1892 ވަނަ އަހަރު ފަރަންސޭސި ވިލާތުން އާސާރީ އަދި ތައުރާތީ ދިރާސާތަކަށް ޚާއްޞަ ސްކޫލެއް ހުޅުވި އެވެ. މިހެންގޮސް 1900 ވަނަ އަހަރު ޤުދުސްގެ އޮރިއެންޓަލް ސްޓަޑީޒް އަށް ޚާއްޞަކޮށް ޖަރުމަނު ސްކޫލެއް ހުޅުވި އެވެ. މިހާރު ފުލްބްރައިޓް ސްކޫލްގެ ނަމުން ނަންދެވިފައިވާ މި ސްކޫލްގެ ނަން ނިސްބަތްވަނީ ތައުރާތީ ޢިލްމުވެރިއެއް ކަމަށްވާ ވިލިޔަމް ފުލްބްރައިޓް އަށެވެ. މިނޫންވެސް މިފަދަ ތަންތަން އުފައްދައި ގިނަ ދިރާސާތަކެއް ކުރަމުން ގެންދެ އެވެ. ނަމަވެސް މިހާތަނަށް ވެސް ތާރީޚީ ވަރުގަދަ ހެއްކެއް އެބައިމީހުންނަކަށް ހޯދިފައެއް ނެތެވެ. މަސްޖިދުލް އަޤްޞާގެ ނުވަތަ މުޅި އެ މުޤައްދަސް ޙަރަމްގެ ވެސް އަޑިޔަކުން އެފަދަ ހައިކަލެއް ހުރިކަން ސާބިތެއް ނުކުރެވެ އެވެ.
މި ދެންނެވި ދިރާސާތަކުގެ އިތުރުން ތަން ކޮނެގެން އެބުނާ ހައިކަލެއް ހޯދަން ވެސް އެތައް މަސައްކަތެއް ދަނީ ކުރަމުންނެވެ. މިފަދަ ދިރާސާތަކަށް ޝައުގު ހުންނަ ހުޅަނގުގެ ދާރިސުންނަށް މިލިޔަނުން ޚަރަދުކޮށްދޭ އެތައް ޔަހޫދީންނެއްގެ އެހީއާ އެކު މިފަދަ އެތައް ކޮނުންތަކެއް މަސްޖިދުލްއަޤްޞާގެ ޙަރަމްފުޅާއި އެތަނުގެ ވަށައިގެން ދަނީ ކޮންނަމުންނެވެ. މި ކަންކަމުން އެ މީހުންގެ ދަޢުވާއަށް ހެއްކެއް ނުލިބުނަސް އެމީހުންގެ ވަރަށް މުހިންމު އެހެން މަޤުޞަދެއް ހާސިލުވެގެންދެ އެވެ. އެއީ އިސްލާމީ ޙަޟާރަތުގެ އެތައް މަލަތަކެއް ނައްތާލެވިގެން ދިއުމެވެ. އެހެންކަމުން މިއީ ކިތަންމެ ޚަރަދު ބޮޑަސް ހުއްޓާލެވޭ ވަރުގެ ކަމަކަށް އެމީހުންނަކަށް ނުވާނެތާ އެވެ! (ނުނިމޭ).