އިންޑިއާގައި ކޮލެޖަށް ވަންނަން ހަދާ ޖޮއިންޓް އެންޓްރެންސް އެގްޒާމް (ޖޭއީއީ) އިން 99.95 މާކްސް ލިބުމުން ވެސް ހިތްހަމަނުޖެހިގެން އިމްތިހާނު އަލުން ހަދަން ކުއްޖަކު ބޭނުންވެއްޖެ އެވެ.
އުމުރުން 17 އަހަރުގެ ޗިންމޭ މޫރުޖާނީ އިންޖިނިއަރިންގެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާތީ ޖޭއީއީ އިމްތިހާނު އޭނާ މިދިޔަ މަހު ހެދި އެވެ. އޭނާ އަށް އެ އިމްތިހާނުން ލިބުނީ 99.95 އެވެ. އެއީ މުޅި އިމްތިހާނަށް ބަލާއިރު ވެސް އެންމެ މަތީ ނަތީޖާ އެވެ.
އެކަމަކު ޗިންމޭ އަށް އެ ނަތީޖާ ގަބޫލެއް ނުކުރެވުނެވެ. އޭނާ ބޭނުންވަނީ އިމްތިހާނުން ފުރިހަމަ މާކްސް ހޯދާށެވެ. އެހެންވެ، އެ އިމްތިހާނު އަލުން ހަދަން މިހާރު ބޭނުންވެ އެވެ.
އިމްތިހާނުގެ ދެވަނަ ސެޝަން އޮތީ މާދަމާ ކަމަށް ވާއިރު އެ ސެޝަންގައި ބައިވެރިވާނެ ކަމަށް ޗިންމޭ ބުނެ އެވެ.
"އޭރުން އަހަރެންނަށް އިމްތިހާނުން ލިބޭ ނަތީޖާ އިތުރަށް ރަނގަޅު ކުރުމަށް ފުރުސަތު ލިބޭނެ،" އޭނާ ބުންޏެވެ.
އިމްތިހާނުގައި މަތިން މާކްސް ލިބުނަސް އެ އިމްތިހާނުގައި ގިނަ ކުދިން ބައިވެރިވެ އެވެ. އޭގެ ތެރެއިން އެކަކަކީ ރާޖަސްތާނުގެ ނަވްޔާ ހިސާރިއާ އެވެ. ނަވްޔާ ވަނީ ޖޭއީއީގެ ފުރަތަމަ ސެޝަންގައި ފުރިހަމަ 100 މާކްސް ހޯދައިފަ އެވެ. ނަމަވެސް އޭނާ އަލުން އިމްތިހާނު ހަދަނީ ޕްރެކްޓިސް ކުރުމުގެ ގޮތުންނެވެ.