ސޯނާ ޓެކްނޮލޮޖީގެ އެހީގައި ކުރެހި "ސަތޯ ރަހަ"ގެ ތަސްވީރުތައް: އެ ފަރުބަދައިގެ ވަށަމިނުގައި 15 ނޮޓިކަލް މޭލު ހުރޭ -- ފޮޓޯ: ނެކްޓަން
30 ސެޕްޓެމްބަރ 2022 - 06:10
އަނެއްކާވެސް ތާރީހީ މަސައްކަތެކެވެ؛ އުތުރު އިންޑިއާ ކަނޑުގެ އަޑީގައިވާ ފަރުބަދައެއް ފުރަތަމަ ފަހަރަށް، ސައިންޓިފިކް ދިރާސާއެއްގެ ބޭނުމަށް މެޕުކޮށް، ޑޮކިއުމެންޓްކޮށްފި އެވެ.
މިހާރު ކުރިއަށްދާ، ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާގައި، "ނެކްޓަން މޯލްޑިވްސް މިޝަން"ގެ ބައިވެރިން ވަނީ ހުވަދޫ ކަނޑުގައި އޮންނަ މަޝްހޫރު "ސަތޯ ރަހަ" ތިލައިގެ ސަރަހައްދު މެޕުކޮށްފަ އެވެ. ގާތްގަނޑަކަށް 12 ގަޑިއިރު ހޭދަކޮށްގެން އެ ޓީމުން ކުރި މަސައްކަތުން ވަނީ، މާސިންގާ ހުވަދޫ ކަނޑުގެ އަޑީގައި އޮންނަ އެ ފަރުބަދައިގެ ބޮޑުމިން ހޯދައިފަ އެވެ. އެއީ މީގެ ކުރިން ޔަގީން ކުރެވިފައިނުވާ މައުލޫމާތެކެވެ.
ސޯނާ ޓެކްނޮލޮޖީގެ އެހީގައި ކުރެހި "ސަތޯ ރަހަ"ގެ ތަސްވީރެއް -- ފޮޓޯ: ނެކްޓަން
ސާވޭއިން އެނގުނު ގޮތުގައި، އެ ފަރުބަދަ ހުރީ ކަނޑުގެ ސަތަހައިން ފެށިގެން 300 މީޓަރު އަޑީގަ އެވެ. ވަށަމިނުގައި 15 ނޮޓިކަލް މޭލު ހުންނައިރު، ފުންމިނުގައި 1،500 މީޓަރު ހުރެ އެވެ. -- އެ ފަރުބަދަ މެޕްކުރުމަށް ބޭނުންކުރީ އެފަދަ ދިރާސާތަކުގައި އާންމުކޮށް ބޭނުންކުރާ މަލްޓި ބީމް މެޕިން ޓެކްނޮލޮޖީ އެވެ.
ދުނިޔޭގައި 1،000 މީޓަރަށް ވުރެން އުހުގައި ހުންނަ 100،000 ކަނޑުފަރުބަދަތަކުގެ ތެރެއިން ބަޔޮލޮޖިކަލް ސާމްޕަލް މިހާތަނަށް ނެގިފައި ވަނީ އަދި އެންމެ 300 ފަރުބަދައިންނެވެ. ރާއްޖޭގެ ކަނޑުތަކުގެ އަޑީގައި އެގޮތަށް 34 ފަރުބަދަ ހުންނައިރު، މި ދިރާސާގައި މެޕްކުރީ "ސަތޯ ރަހަ" އެވެ.
ސޯނާ ޓެކްނޮލޮޖީގެ އެހީގައި "ސަތޯ ރަހަ" މެޕްކުރާ ތަސްވީރެއް -- ފޮޓޯ: ނެކްޓަން
ނެކްޓަން އިން ޓުވިޓާގައި އާންމުކުރި ވީޑިއޯއެއްގައި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރްއައި)ގެ މެރިން ބަޔޮލޮޖިސްޓް ޑރ. އަހުމަދު ރިޔާޒް ޖައުހަރީ ވިދާޅުވީ މި ދިރާސާގައި ބަލަން ބޭނުންވީ އެ ފަރުބަދަ ހުންނަ ސަރަހައްދުގައި މަސްމަހާމެހި އެހާ ގިނައިން އުޅެނީ ކީއްވެތޯ ކަމަށެވެ.
"އެ ސަރަހައްދަށް އެ އެއްޗެހި މާ ބޮޑަށް 'ގަޔާވުމަށް' މެދުވެރިވާ ސަބަބަކީ ކޮބައިތޯ ވެސް ދެނެގަތުމަށް،" އޭނާ ވިދާޅުވި އެވެ.
We went on the hunt for a deep sea mountain known to local fishermen as Satho Rahaa. Mapping the seamount was a 12 hour gig, and so we had a guessing game on board!
— Nekton (@nektonmission) September 29, 2022
Question of the day - how deep is the summit?
Clue - charts have it from 15m - 300m
What's your best guess? pic.twitter.com/yT7xUP9epx
ނަމަވެސް، މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުގެ އޮއިވަރު ގަދަވަމުން ސަބްމާސިބަލްތަކާއި ސާވޭ އަށް ބޭނުންކުރާ އެހެން ވަސީލަތްތައް ކަނޑުއަޑިއަށް ފޮނުވައިގެން އެ ފަރުބަދައިގެ ބައިތައް ބެލިފައިނުވާ ކަމަށް ނެކްޓަން އިން ބުންޏެވެ.
"އެކަމަކު، ސޯނާ ޓެކްނޮލޮޖީ [މަލްޓި ބީމް މެޕިން ޓެކްނޮލޮޖީ] ބޭނުންކޮށްގެން، 12 ގަޑިއިރުން ކުރި މަސައްކަތުން އެ ފަރުބަދައިގެ ވަރަށް ސާފު ތަސްވީރެއް މެޕްކުރެވިފައިވޭ،" ނެކްޓަން އިން ބުންޏެވެ.
ސޯނާ ޓެކްނޮލޮޖީގެ އެހީގައި ކުރެހި "ސަތޯ ރަހަ"ގެ ތަސްވީރެއް -- ފޮޓޯ: ނެކްޓަން
"ސަތޯ ރަހަ" އަކީ ރާއްޖޭގައި މަސްވެރިކަން އެންމެ ރަނގަޅު އެއް ސަރަހައްދެވެ. އެ ސަރަހައްދާ ގުޅޭގޮތުން ވަރަށް މަޝްހޫރު ތޯތޯ ވާހަކައެއް ވެސް އޮވެ އެވެ.
ބައެއް މީހުން ކިޔައި އުޅޭ ގޮތުގައި، 1960ގެ އަހަރުތަކުގައި ޖަޕާނުގެ ސަތޯ ނަމަކަށް ކިޔުނު ދިރާސާވެރިޔަކު އެ ސަރަހައްދުގެ ސާވޭއެއް ކުރުމަށް ކަނޑުއަޑިއަށް ފައިބާ އުޅެނިކޮށް، ބޮޑު ކަކުންޏެއް އޭނާ އަށް ހަމަލާދީ ކާލީ އެވެ. އެތަނަށް "ސަތޯ ރަހަ" ކިޔަނީ އެހެންވެ އެވެ.
ފެންނާނީ ކޮން އެއްޗެއް ކަމެއް ނޭނގެ؛ ކަނޑުގެ 1،000 މީޓަރު ފުނަށް! https://t.co/ZUs68zPg0S
— Mihaaru (@Mihaarunews) September 3, 2022
ނެކްޓަން މިޝަންގައި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމެއް، ކަނޑުތަކުގެ އެންމެ މަތީ ފަށަލައިގެން ފެށިގެން، 1،000 މީޓަރު އަޑި އަށް ސާވޭ ކުރެ އެވެ. މި މަހު 2ގައި ފެށި އެ ސާވޭ ނިމޭނީ މި ފެށޭ މަހު ހަތެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ބަލީ
02 October 2022
ކޮމެންތައް ކިޔާފަ ހީވަނީ ތިކަމުގެ މާހިރުންނަށްވުރެވެސް މޮޅު ބައެއްހެން ދިވެހިންނަކީ. އެކަމަކު އައިފޯނު 14 ގަންނަންވެސް ފޭކު ބަޔަކަށް ލާރިތަކެއްދީގެން އެބައުޅޭ ދިވެހިންގެ ބަޔަކު.
ހިޔާލީ އަލީ
01 October 2022
އިލްމީ ވާހަކައަކަށް ޖޯކު ޖަހާނެކަން އިނގޭ ވަރަކީ ވަރަށް ހޭލުންތެރި މީހުންވެސް އެތިބެނީ ޓިކްޓޮކް ލައިވް ތަކުގެ ހަންޑިއަޑުން ވާހަލަ ދެއްކުމުގައާއި ބޯގޯސް ޒުވާބު ކުރުމުގަ، މިމީހުންނަށް ނޭންގޭނެ ކަނޑެއްގެ ފުންމިނެއްވެސް، އެހެން ވިޔަސް ބޭނުންވާނެ ރޯނު އެދުރު ހެދިފަ އެކަމަށް ޖޯކު ޖަހަން.
1234
01 October 2022
"ސަތޯ ރަހާގަ އެހާގިނަ މަސްމަހާމެހި އުޅެނީ ކީއްވެތޯ ބެލުން" މިއީ މިދިރާސާގެ މަޤްޞަދު ކަމަށް ލިޔެފަ ވާއިރު ތިކަމުން ދިވެހި ރައްޔިތުންނަށް ކުރާނެ ފައިދާ އަކީ ކޮބައިތޯ؟ސަތޯ ރަހާގަ މަސްގިނައިން އުޅުން އެއީ ދިވެހިންނަށް ހުރި ރިޒްޤެއް. ދެން މިކަހަލަ އެހެން ފަރުބަދަ ހުރި މަސްއުޅޭ ތަނެއް ހުރިތޯ ބަލާ އެކަން ހާމަކުރާނެ ވަގުތެއްގެ އިންތިޒާރުގަ މި ތިބީ.
ބަބޫ
01 October 2022
އެއްވެސް ކުއްޖެއް ނެވިޔޯނިކްސް މެޕު ބަލާލިންތަ. އެ މެޕުގައި ސޯނާ ޗާޓަށް ލާފަ ބަލާލީމަ ތިތަން އެބަހުރި ތިމީހުން ތިބުނާ 300 މީޓަރުން ފެށިގެން 1500 މީޓަރާ ހަމަޔަށް. އަދި ހަމަ ތިތަނށ ޖެހިގެން ހަމަ ތިކަހަލަ އެހެން ތިލަޔެއްވެސް ދެކުނަށް އެބައިން. ސޯނާ ޗާޓަކީ 3ޑީ މެފު ނޫން 2 ޑީ މެޕެއް. އަޅެ މި ކޮމެންޓް ސެކްޝަނުގަ ތިބި ސައިންޓިސްޓުން ނެވިޔޮނިކްސް އިން ބަލާލާފަ ރިޕޯޓެއް ހަދާލަބަލަ
ޓޭން
01 October 2022
ނެވިޔޮނިކްސް ގަ ބުނަނީ ތިލައިގެ ފުން މިނަކީ 30 މީޓަރ ކަމަށް
ކަމަނައާދަނު
01 October 2022
މި ސަރުކާރުގަ ގިނއައީ އާސަންދައިން ނަފުސާނީ ބައްޔަށް ބޭސް ކާ 98 ހާސްގަ ހިމެނޭ މީހުން
ސާބަހޭ ކަލޯ
04 October 2022
ހިތައް އެރި އެއްޗެއްވީޔާ ކިޔާތި
ސަލީމު އިދުރީސް
01 October 2022
މަށައް ތިކަމާ ބުނާނެ އެއްޗެއްނޭގޭ! އަޑިންދާ ބޯޓަކައް އެރުނީވެސް ދެވަނަ ބޮޑު ހަނގޫރާމާގަ ރޫސީވިލާތުން ބޭނުކޮއްފައޮތް ބޯޓަކައް! 100 މީޓަރުވަރު ދިގު އެބޯޓުގަ މިހާރު އަޑިއަން ނުދެވުނަސް މަށައް ފެނުނު ހިންސާނުން ކޮފައޮތް މަސައްކަތް ތަކު ތެރޭން އެންމެ ހައިރާވި އެއްޗެތި ތަކުތެރޭ ކުރީގަ ހިމެނޭ އެބޯޓު! މަގޭ ސައުގު ވެރިކަން ހުރީ ތިފަރުބަދަޔައް ބޮލި އަރާފަ ހުރިތޯ ބެލުމުގަ! ސަބަކީ މިހާރު ހަވާލު ވެގެން އުޅޭ މަސައްކަތުގެ ގޮތުން
ޒަމާލިކު
30 September 2022
ސިއްރު ހަބަރުތައް ބުނާގޮތުން ނަމަ ތިބޮޑު ފަރުބަދައިގެ ވަރަށް ބޮޑު ބަޔަކީ ޖަވާހިރު
ޢިންނު
30 September 2022
ޢަވަހައް ހިމާޔަތް ކޮށްފަ ބޭރު ބަޔަކަށް ބޮޑު އަގުގައި ކުއްޔައްދީ
ސީޒަން ޖެކުހަން
30 September 2022
ތީ އަލިފާންފަރުބަދައެއްތޯ ބަލާބަލަ. އޭރުން ތިސަރަހައްދުން ދަތުރުނުކުރާންވެސް އެނގޭނީ.
އިސްމާލް އަލީ
30 September 2022
ނިސްބަތުން ދުނިޔޭގައި އެންމެ ރޯނުއެދުރުން ގިނަވާނީ ކޮންގައުމެއްގައި ބާ؟
އިސްކުރުބެ
01 October 2022
ނިސްބަތުން އެންމެ ރޯނު އެދުރުން އެންމެ ގިނަވާނީ ދިވެހިރާއްޖޭގައި ދެން ތިސާވޭ ހެދުމަށް ފަހު ތިތަނަށް މަސްވެރިކަން ކުރަން ދިއުން މަނާ ކުރާނީ ބަލަން ތިބޭ ހުވަދޫ އޮޑިފަހަރު މާގިނައިން މަސްބާނާތީ ސަރުކާރަށް އެމަސްތައް ގަންނަން އުނދަގޫ ވާތީ މިޒާތުގެ ޑަމީއެއް ޖައްސާގެ އެކަން ހުއްޓުވޭނެ ފޮމިއުލާއެއް ނެރެން އެއުޅެނީ.