ޖޭސަން ޕްރިންސްޕަލްގެ ބޯ ބާލަދޭން ތައްޔާރުވަނީ
16 ޖެނުއަރީ 2017 - 06:28
އެމެރިކާގެ ސްކޫލަކަށް، ބޯ ބާލައިގެން ދިޔަ ދަރިވަރަކަށް ބުލީކުރުމުން އެ ކުއްޖާ އަށް ތާއީދުކުރާކަން ދެއްކުމުގެ ގޮތުން ސްކޫލްގެ ޕްރިންސިޕަލް ވެސް ބޯ ބާލައިފި އެވެ.
ބޯ ބާލައިގެން ހުރި ކުއްޖަކު ސްކޫލަށް ދިއުމުން އެހެން ކުދިން ބުލީކޮށް އުނދަގޫކުރާކަން ޕްރިންސިޕަލަށް އެނގުމުން ކުއްލި އެސެމްބްލީއެއް ބާއްވައި ޕްރިންސިޕަލްގެ ބޯ ވެސް ބޭލި އެވެ. ބޯ ބާލައިގެން ސްކޫލަށް ދިޔަ ޖެކްސަން ޖޯންސްޓަން އަކީ ހަ ވަނަ ގްރޭޑްގައި ކިޔަވާ ކުއްޖެކެވެ.
ޖެކްސަންގެ މަންމަ އެމްބާ ޖޯންސްޓަން އޭބީސީ ނިއުސް އަށް ކިޔައިދީފައިވާ ގޮތުގައި ޖެކްސަން ބޯ ބާލަން ގަސްތުކުރީ ކާފަ އެކަނިވެރި ވިޔަ ނުދީ ކާފައަށް ހިތްވަރުދީ ކާފައާ އެކު އެ މީހުން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ބޯ ބޭލުމަށް ފަހު ވެސް ހޯމަ ދުވަހު ސްކޫލަށް ދިއުމާ ހަމައަށް ޖެކްސަން ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. ނަމަވެސް ސްކޫލަށް ދިއުމާ އެކު ގިނަ ކުދިންތަކެއްގެ ހަނގާ ކުރުމުގެ ޝިކާރައަކަށް އޭނާ ވި އެވެ. ކެންސަރު ޖެހުމުން ދޭ ފަރުވާގެ ސަބަބުން ބޯ ތަލަވާ ގޮތަށް އޭނާގެ ބޯ ތަލަކޮށްފައި ވާތީ ބައެއް ކުދިން މަލާމާތްކޮށް ފާޑުފާޑުގެ ނަންނަމުން ގޮވާފައިވެ އެވެ.
އައިއޯވާގެ ޕެކިން މިޑްލް ސްކޫލްގެ ޕްރިންސިޕަލް ޓިމް ހެޑްލީ އަށް މިކަން އެނގުމާ އެކު ކުއްލިއަކަށް އެސެމެބްލީއަކަށް ގޮވާލައި ހުރިހާ ކުދިން އެއްކުރި އެވެ. އަދި ކުދިން ކުރިމަތީގައި އޭނާގެ ބޯ ބާލައިދިނުމަށް ޖެކްސަންގެ ކިބައިން އެދުނެވެ.
"އަހަރެން ޖެންސަންއަށްޓަކައި ފަޚުރުވެރިވަން،" ޕްރިންސިޕަލް ޖެކްސަނާ މުޚާތަބުކޮށް ބުންޏެވެ.
ކޮންމެ މީހަކުވެސް އެމީހަކު އެންމެ ލޯބިވާ މީހުންނަށްޓަކައި ހިތްވަރާ އެކު ތެދުވުމުގެ މުހިންމުކަން ޕްރިންސްޕަލް ދަރިވަރަކަށް ވިސްނައިދިނެވެ.
ޖެކްސަން އާއި އޭނާގެ ޕްރިންސިޕަލް ބޯ ބާލާފައި
އަދި އެއަށް ފަހު ޚާއްސަ ބެޖެއް ޕްރިންސްޕަލް ވަނީ ޖެކްސަން އަށް ދީފަ އެވެ. މިކަން ވެސް ވީ ބަލަން ތިބި ހުރިހާ ކުދިންނަށް ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ. އެވަރުން ވެސް އަދި ޕްރިންސްޕަލްގެ ހިތްހަމައެއް ނުޖެހުނެވެ. ހުރިހާ ކުދިންގެ ކުރިމަތީގައި އޭނާގެ ބޯ ބާލަދޭން ޕްރިންސިޕަލް ޖެކްސަންގެ ކިބައިން އެދުނީ އެވެ. ޕްރިންސިޕަލް ބުނި ގޮތުގައި އެއީ ޖެކްސަން އާއި އޭނާގެ 58 އަހަރުގެ ކާފައަށް ތާއީދުކުރުމުގެ ގޮތުން އޭނާ ކުރި ކަމެކެވެ.
ޕްރިންސިޕަލް ކަންތައް ކުރި ގޮތް ވެގެން ދިޔައީ ޖެކްސަނާ ހަނގާކުރި ކުދިންނަށް ރަނގަޅު ފިލާވަޅެއް ލިބުނު ކަމަކަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ކުދިން ދެކެމުން އައި ގޮތް ބަދަލުވެގެންދިޔަ ކަމެއްގެ ވެސް ގޮތުގަ އެވެ.
"އަހަރެން ބޭނުންވީ ކޮންމެހެން ބޯ ބާލާތަން ދައްކާކަށް ނޫން. އެއް ކުއްޖަކު އަނެއް ކުއްޖަކަށް ޖެހޭ ކަންކަމުގައި އެހީތެރިވުމުގެ މުހިއްމުކަން ހާމަކުރަން،" ޕްރިންސިޕަލް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެިއިބްރާހީމް
17 January 2017
ރީތި ދިވެހި ބަސް ބޭނުންކުރާތީ ވަރަށް އުފާކުރަން. ހަނގާ ކުރުން. އާ ބަހެއް ދަސްވީތީ ވަރަށް އުފާވޭ.
ކަރާ
16 January 2017
މީހަކު މިކަހަލަ ކަމެއް ކޮއްފިއްޔާ އަމިއްލަޔަށް ޕޮޕިއުލަރވާން ރެފިއުޖީން ކުރާނެ މިކަހަލަ ކަންތަށް. ވަރަށް ބަރާބަރު ޕްރިންސިޕަލް.
ސައްދާމް
16 January 2017
ދެން މާދަމާ ހުރިހާ ދިވެހި ކުދިން ބޯ ބާލައިގެން ސްކޫލަށް ނުގޮސްފިނަމަ ރަނގަޅު.........
ސައްދާމުގެ ބޯ
16 January 2017
ކަލޭ ދޭބަލަ ބޯބާލައިގެން
......
16 January 2017
ބޯ ބޭލިޔަސް އެއީ މައްސަލައެނޫ.... އެއް ކުޑަ ކުޖާ އާ ޕްރީސިޕަލް ދެކި ނަމޫނާއަށް ސާބަސް