ލައިފްސްޓައިލް / ޖަޕާން

މަރުވެފައިވާ މީހުންނާ "ވާހަކަ ދައްކަން" ހާއްސަ ފޯނު ބޫތެއް

މަރުވެފައިވާ މީހުންނާ ވާހަކަ ދައްކަން ޚާއްސަކޮށްފައިވާ ބޫތު

މިއީ ވަރަށް ހައިރާންކަން ލިބޭ ޚަބަރަށް ވެދާނެ އެވެ. ނަމަވެސް މަރުވެފައި ތިބޭ މީހުންނާ ވާހަކަ ދައްކަން ބޭނުންކުރެވޭ ކަމަށް ބުނާ ފޯނު ބޫތެއް ޖަޕާނުގައި ހުރެ އެވެ.

އޮޓްސޫޗީ ކިޔާ މި ރަށަކީ 2011 ގައި ޖަޕާނަށް އައި ބިންހެލުމާއި ސުނާމީގައި އެ ގައުމުން ސުންނާފަތިވި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މި ކާރިސާގައި އެ ރަށުން ވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވި އެވެ. މި ފޯން ބޫތަކީ އެ ރަށުގެ ވެލި ފަރުބަދައެއް މަތީގައި ބަހައްޓާފައި ހުރި ބޫތެކެވެ. މަރުވި މީހުންގެ އާއިލާތަކުގެ މީހުން ގޮސް އެމީހުންނާ ވާހަކަ ދެއްކުމަށެވެ.

ޓްރެވެލް އެންޑް ލެޒާގައި ބުނެފައިވާ ގޮތުން މި ފޯން ބޫތާ އާދައިގެ ފޯނު ބޫތުތަކާ އެއްވެސް ތަފާތެއް ނެތެވެ. އެ ރަށުގެ މީހުންނާއި އެ ރަށަށް ޒިޔާރަތްކުރާ މީހުން ވެސް މަރުވެފައިވާ އެމީހުން ލޯބިވާ މީހުންގެ މަތިން މާ ބޮޑަށް ހަނދާންވާ ނަމަ އެ ފޯނު ބޫތަށް ވަދެ ވާހަކަ ދައްކާލައިގެން ހިތްހަމަޖައްސާލަ އެވެ. ނަމަވެސް މި ބޫތުގައި ބަހައްޓާފައި ހުންނަ ފޯނު ހުންނަނީ ކަނޑާލާފަ އެވެ. އެހެންވެ އެމީހުން ގޮސް ދައްކާނެ ވާހަކައެއް ދައްކައި ރޯނެ ވަރަކަށް ރޮއެފައި ދަނީ އެވެ.

މި ރަށަށް 2011 ގައި ދިމާވި ބިންހެލުމާއި ސުނާމީގައި ރަށުގެ އާބާދީގެ 10 ޕަސެންޓް މީހުން އެންމެ 30 މިނިޓް ތެރޭގައި މަރުވި އެވެ. އެހެންވެ ރަށުގެ ކޮންމެ އާއިލާއަކީ ވެސް އެބައެއްގެ ކޮންމެވެސް ތިމާގެ މީހަކު ނުވަތަ ބަޔަކު މަރުވެފައިވާތީ ހިތާމައިން ތިބޭ ބައެކެވެ.

މި ފޯނު ބޫތު ހަރުކުރީ އިޓާރީ ސަސާކީ ކިޔާ މީހެކެވެ. ސުނާމީގައި މަރުވި އޭނާގެ ދެބެންގެ ދެ ދަރި މީހެއްގެ ހަނދާންތައް ފިލުވާލަން ދަތިވެގެންނެވެ. އޭނާއަށް އެއްގޮތަކަށް ވެސް އާދައިގެ ފޯނެއް ބޭނުމެއް ނުކުރެވެ އެވެ. އެހެންވެ ރަށުގެ މީހުން އުޅޭ ހިސާބާ މާދުރު ފަރުބަދައެއް މަތީގައި ފޯނު ބޫތެއް ބިނާކުރީ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ ފޯނު ބޫތުގެ ސަބަބުން ތިމާގެ މީހާ ވަކިވެ ދިއުމުގެ ހިތާމައިން އަރައިގަތުމަށް އޭނާއަށް އެހީތެރިކަން ލިބުނެވެ.

މި ފޯނު ބޫތު ހުންނަނީ ޓޯކިޔޯ އިން މަދު ގަޑިއިރެއްގެ ތެރޭގައި ދެވޭ ވިނަ ފަޅާފައިވާ ވެލި ފަރުބަދައެއްގެ މަތީގަ އެވެ.

6 ކޮމެންޓް, 168 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 16%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަގޭމޮބައިލް

03 February 2017

މަގޭއަތުގައި އޮންނީ ތީގެ މޮބައިލެއް. ޗާޖްކުރަނީ ގަޑިއަކަށް 111 ރުފިޔާ

The name is already taken The name is available. Register?

ގަޅި

03 February 2017

ގަޅިކަމަށް ނަންވާނީ އިންޑިޔާމީހުން އެކަނި

The name is already taken The name is available. Register?

ާިިިިަަިސަހިިިދަ

02 February 2017

މަޖައަ ހެހެހެހެ

The name is already taken The name is available. Register?

އަބްދުއްލާ އަލީ

02 February 2017

ހިތައް ހަމަޖެހުމެއް އަންނާނީ ސުއޫރުތައ ބަންޑުން ޖަހާލެވުނީމަ ދޯ.

The name is already taken The name is available. Register?

ލޮލް

02 February 2017

ޖަޕާންގަ އެންމެ ފޯން ބޫތެއް. ރާއްޖޭގަ މިކަަހަލަ ބައިވަރު. އެވެސް އަންލިމިޓެޑް ކޮށް ޓޯކް ކުރެވޭ ..

The name is already taken The name is available. Register?

ދައްކަނީ

02 February 2017

ލޯބިވާ ކުއްޖަކަށް އެކަން ނޭގި ލޯބިވާ މީހުން ވެސް ކަން ކަން ކުރޭ އަމިއްލަ އަށް ފޯން އޮފް ކޮށްގެން އިނދެ ލޯބިވާ މީހާ އާއި ވާހަކަ ދައްކާ. އެއީ ވެސް ވަރަށް ގިނަ މީހުން ކުރާ ކަމެއް މިހާރު. އެގޮތަށް އެކަން ކުރާ މީހުން އެކުރަނީ އެއީ އެހެން މީހަކަށް އެކަން ނޭންގުމަށެވެ. މީ ވެސް ފަހުގެ ދިރާސާ ތަކުގެ ޕޭޕަރސް ތަކުން ދައްކާ ގޮތެެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454