ދުނިޔޭގެ އެންމެ ރީތި އަންހެނަކީ ލަވަކިޔުންތެރިޔާ ބިޔޯންސޭ ކަމަށާއި ދެ ވަނަ އަށް އެންމެ ރީތީ ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކަމަށް ބަޒްނެޓް މަޖައްލާއިން ނެގި ވޯޓެއްގެ ނަތީޖާއިން ދައްކައިފި އެވެ.
އެ މަޖައްލާއިން ނެރުނު ލިސްޓުގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާގެ އިތުރުން ފިލްމީ ތަރިންނާއި ސުޕަ މޮޑެލް އިން ހިމެނިފައިވެ އެވެ.
ވަރަށް ވާދަވެރި ގިނަ ބަޔަކު ހިމެނުނު ނަމަވެސް މި ލިސްޓުން ޕްރިޔަންކާ އަށް ދެވަނަ ލިބުމުން އޭނާ އަކީ މިހާރު ހުޅަނގުގައި ވެސް ވަރަށް މަޝްހޫރު ބަތަލާއެއްކަން ވަނީ ސާބިތުވެފަ އެވެ.
މި ލިސްޓް ތަރުތީބުކުރަނީ އެންމެ ފާހަގަ ކޮށްލެވޭ 30 ނަމެއް ކަނޑައެޅުމަށް ފަހު ވޯޓަށް ހުޅުވާލުމުން، ވޯޓު ލިބޭ މިންވަރަށް ބަލައިގެންނެވެ.
ލިސްޓުން ދެ ވަނަ ލިބުނު ޕްރިޔަންކާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް"ގައި އޭނާއާ އެކު ހަރަކާތްތެރިވާ ބަތަލާ އެލެކްސެންޑްރާ ޑަޑޭރިއޯ އަށް މި ލިސްޓުން ލިބިފައިވަނީ 10 ވަނަ އެވެ.
ޕްރިޔަންކާ ކުރި ޓުވީޓެއްގައި، އޭނާ ހޮވަން ވޯޓު ދިން ފަރާތްތަކަށް ޝުކުރު އަދާކުރަމުން ބުނެފައި ވަނީ އޭނާގެ އެއް ވަނަ އަކީ ވެސް ބިޔޯންސޭ ކަމަށެވެ.