ހަރުފަ ހިފައިގެން ވިއްކާ ދެ ކުދިންގެ ބިރުވެރި މަސައްކަތް
18 ޖުލައި 2017 - 06:26
އުމުރުން އަށެއްކަ އަހަރުގައި ކުދިން އާއްމުކޮށް އުޅޭނީ ކުޅޭ ސާމާނު އެއްކޮށްގެން އެހެން ކުދިންނާ އެކު ކުޅޭށެވެ.
ނަމަވެސް ހުރިހާ ކުދިންނަކީ މި ނަސީބު ލިބިފައިވާ ކުދިންނެއް ނޫނެވެ. ފަގީރު ގައުމުތަކުގައި ބައެއް ކުދިން އެކުދިންގެ ނާޒުކު ކުޑަކުޑަ ހަށިގަނޑުން ވަރަށް ބުރަ ނުރައްކާތެރި މަސައްކަތް ކޮށްގެން ބަނޑުހައިކަން ފިލުވަން ޖެހިފައިވެ އެވެ.
ކެމްބޯޑިއާގެ މި ދެބެއިންނަކީ އާއިލާއަށްޓަކައި އެކުދިންގެ އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލާ ބައެކެވެ. ކުޅޭ އެއްޗެހި ހިފައިގެން އެކުވެރިން ފަހަތުން ދުވުމުގެ ބަދަލުގައި މި ކުދިން ކޮންމެ ދުވަހަކުވެސް އެކުދިންގެ ކުޑަކުޑަ އަތުން ބޮޑެތި ހަރުފަ ހިފައިގެން އެ ތަކެތި ވިއްކައިގެން ފައިސާ ހޯދަ އެވެ.
އެކުދިން މިގޮތަށް ހަރުފަ ހިފާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ ވަރަށް ވައިގައި ހިފާފަ އެވެ. ކެމްބޯޑިއާގެ ރަށްފުށު ހިސާބުގައި އުޅޭ މި ދެބެއިން ކުރާ މި ބިރުވެރި މަސައްކަތް މި ވީޑިއޯ އިން ވަރަށް ރަނގަޅަށް ހާމަވެ އެވެ. މިއީ މި ކުދިން އެންމެ ދުވަހަކު ކުރާ ކަމެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް މި ކުދިންނަށް މި މަސައްކަތް ކުރަން ވަނީ މަޖުބޫރު ވެފަ އެވެ.
ކެމްބޯޑިއާ މީހުން ބުނާ ގޮތުގައި މިއީ ކެމްބޯޑިއާގެ ރަށްފުށު ހިސާބުގައި ދިރިއުޅޭ ކުޑަކުދިން އުޅޭ ހާލެވެ. ބައެއް ފަހަރަށް މި ކުދިން ހަރުފަ ހިފައިގެން އެ ކައްކައިގެން ކައި އުޅެ އެވެ. އަނެއްބައި ފަހަރަށް މީހަކަށް ވިއްކާލައިގެން ފައިސާ ހޯދަ އެވެ.
މި ވީޑީއޯ އިން ފެންނަ ގޮތުގައި ހަރުފަ އުޅޭ ތަންތަން ހޯދައި އެތަންތަން ކޮނެ އެ ހަރުފައިގެ އެމަކަށް ވެސް ވަނީ މިތަނުން ކުއްޖެކެވެ. އަދި ހަރުފަ ނުކުންނަނީ މީގެން ކުއްޖަކަށް ހަމަލާ ދިނުމަށެވެ. އަދި ގިނަ ފަހަރަށް މި ކުދިންނަށް ހަރުފަ ހިފެނީ ކޮންމެވެސް އެއް ކުއްޖެއްގެ ގައިގައި އޮޅާލުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިބާ
19 July 2017
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ މި ނިކަމެތި ދެކުދިންނައް ރަހުމެއް ލައްވާން ދޭވެ މި ނޫން ދުވަހެއް ދައްކަވާން ދޭވެ
ފަގީރުކޮއި
18 July 2017
ހަމަ ރޮވިއްޖެ. ވަރައް އަސަރުކުރުވަނި ވީޑިއޯކޮޅެއް. ﷲ މިކުދިންނަށް ހެޔޮގޮތެއް މިންވަރުކުރައްވާށި.
ސސ
18 July 2017
ކޮން އެޑަޕޮޓެއްގެ ވާހަކަތޯ ތިދައްކަނީ ވާލުސޮރު !އިންސާނުން ބަލަން އެމީހުނަށް އެހީވާން ބޭނުން ކޮންމެ މީހަކަށް އެފުރުސަތު ނެތީ ކޮންޤައުމަކުތޯ؟
ހަރުފަ
18 July 2017
ތިކަހަލަ އަދި ތިއަށްވުރެ މާބިކަ ހާލުގައި އެތައް މިލިއަން ކުދިން އުޅެއެވެ. އެކަމަކު ދޮންމީހުން ގެ ޕެޓްތަކަށް އަހަރަކު ބިލއަނުން ހޭދަކުރެވެއެވެ. ޖަނަވާރުންގެ ހޮސްޕިޓަލްތައްހުރެއެވެ. އެކަމަކު މިފަދަ ކުއްޖަކަށް މަލަންގަނޑެއް މިންވަރުނުވެއެވެ. މިއީ ތިބުނާ ތަހްޒީބުދުނިޔެއެވެ.
ރިއަލިޓީ
18 July 2017
ދޮން މީހުން އެކަނި ކަޅު މީހުންވެސް ޒައިތޫނި ކުލައިގެ މީހުންވެސް.. ހުރިހާކަމެއް ދޮން މީހުންގެ ބޮލަށް ކެނޑުމަކުން ނުފުދޭނެ...ދުނިޔޭގަ ކުރާ ހުރިހާ ނުބަިއކަމެއް ކުރަނިކީ ދޮންމީހުންއެކަންޏެއް ނޫން.. މިރާއްޖޭގަ ވެސް އެބައުޅޭ ތީގެ މީހުން
ޔޫސުފް
18 July 2017
މަވެސް ވަރަށް ބޭނުން އެކަމަކު ކީންކުރާނީދޯ އެހެންވީމާ އަހަރެމެން ހާދަހާވާ އުފަލުމިއުޅެނީ މާތްﷲ ކުރުމަށް އެންގެވި ކަންކަމާއި ދުރުހެލިވެ ވީހާވެސް ނުބައިކޮށް
ވާލުސޮރު
18 July 2017
ފަސޭހައިން އެޑޮޕްޓް ކުރެވޭނަމަ ތިޔަފަދަ ނިކަމެތި ހާލުގަ އުޅޭ ކުދިންނަށް އުފާވެރި ދިރިއުޅުމެއް ހޯދަދޭން ވަރަށް ބޮޑަށް ބޭނުންވޭ. ތިޔައީވެސް ހަމަ އިންސާނުންވިއްޔަ!
މީން
19 July 2017
އެކުދިން އެހާލުގަވެސް އުޅެނީ މަންމަކާރީ... މަންމަގެ ލޯބި އަރާމު ދިރިއުޅުމަކުން ހޯދަދެވޭނެތަ . ތިބާއަށް