30 އޯގަސްޓް 2017 - 06:13
ދަތްޕިލަ ގެއްލިގެން އެ ހޯދަން ކަމަށް ބުނެ ގެޔަކަށް ވަންނަން އުޅުނު މީހަކާ ޖަރުމަނު ފުލުހުން ސުވާލުކޮށްފި އެވެ.
އުމުރުން 56 އަހަރުގެ މި މީހާއާ ފުލުހުން ސުވާލުކުރީ އޭނާ އުޅޭ އިމާރާތުގައި ހުރި އެހެން އެޕާޓްމަންޓަކަށް ގޮސް އެ އެޕާޓްމަންޓުގެ ބެލްކަނީގައި އޭނާގެ ދަތްޕިލަ އޮތްތޯ ބަލަން ހުއްދަ ދިނުމަށް އެދުމުން އެ އެޕާޓްމަންޓުގެ ވެރިމީހާ ފުލުހުންނަށް ރިޕޯޓްކުރުމުންނެވެ. އެ މިހާ ބުނެފައި ވަނީ ދަތްޕިލަ ވެއްޓުނީ އެކުވެރިއެއްގެ އެޕާޓްމަންޓަށް ގޮސް ބެލްކަނީގައި އުޅެނިކޮށް ކަމަށެވެ.
ދަތްޕިލަ ހޯދުމުގެ ނަމުގައި ފިރިހެނަކު ގެޔަށް ވަންނަން އުޅޭ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކުރީ ވެސް އުމުރުން ދުވަސްވީ އަންހެނެކެވެ. މި އަންހެން މީހާ ބިރުން ފުލުހުންނަށް ގުޅުމުން، ފުލުސް ގޮސް ސުވާލުކުރުމުން އެނގުނީ އެ ފިރިހެން މީހާ ދެއްކީ ތެދު ވާހަކައެއް ކަމެވެ. އެ މީހާ ހަމަ ހަގީގަތުގައި ވެސް އުޅުނީ ދަތްޕިލަ ގެއްލިގެން އެ ހޯދަން ވެގެންނެވެ.
ފުލުހުން ބުނީ އެ މީހާގެ ދަތްޕިލަ ފެނުނުކަން އަދި އެނގިފައި ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy