24 ނޮވެމްބަރ 2017 - 07:14
އިނގިރޭސި ރާނީ އެލިޒަބަތާއި ފިރިކަލުން ޕްރިންސް ފިލިޕްގެ ކައިވެންޏަށް 70 އަހަރު ފުރުން ދާދިފަހުން ވަނީ ފާހަގަ ކޮށްފަ އެވެ. މި ދެ ބޭފުޅުންނަކީ ދެބެންގެ ދެ ދަރި ދެ ބޭފުޅުންނަށް ވާތީ އާއިލީ ގޮތުން ވެސް އޮތީ މާ ކުރިއްސުރެ ގުޅިފަ އެވެ. ލޭގެ ގޮތުން ދެ ބޭފުޅުން ވެސް ގުޅިފައިވަނީ ކުއީން ވިކްޓޯރިއާއާ އެވެ.
ފެބްރުއަރީ 1837 ގައި ވިކްޓޯރިއާ ޔުނައިޓެޑް ކިންގްޑަމް، ގްރޭޓް ބްރިޓަން އަދި އަޔަލެންޑްގެ ރާނީގެ މަގާމަށް އިސް ކުރެވުނެވެ. ވިކްޓޯރިޔާ ކައިވެނި ބައްލަވައިގަތީ ޕްރިންސް އަލްބާޓްއާ އެވެ. އެ ދެބޭފުޅުންނަށް ނުވަ ބޭފުޅުން ލިބިވަޑައިގަތެވެ. ހަތަރު ފިރިހެން ބޭފުޅުންނާއި ފަސް އަންހެން ބޭފުޅުންނެވެ.
ވިކްޓޯރިއާގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު އެޑްވާޑް އުފަންވީ 1841 ގައެވެ. ވިކްޓޯރިއާ އަވަހާރަވުމުން 1901 ގައި އިނގިރޭސި ތަޚުތަށް އިސް ކުރެވުނީ އެޑްވަޑެވެ. ވިކްޓޯރިއާގެ ދެވަނަ އަށް އެންމެ ދޮށީ ދަރިފުޅު ޖޯޖް އަކީ މިހާރުގެ ރާނީ އެލިޒަބަތުގެ ކާފާފުޅެވެ. ޖޯޖް އަށް ވަނީ 1910 ގައި އިނގިރޭސި ތަޚުތު ލިިބިވަޑައިގެންފަ އެވެ.
ޖޯޖްގެ ރަސްކަން 1936 ގައި އޭނާ އަވަހާރަވުމާ ހަމައަށް ދެމިއޮތެވެ. އޭގެ ފަހުން އިނގިރޭސި ވިލާތުގެ ރަސްގެފާނުގެ މަގާމް ލިބިވަޑައިގަތީ ކިންގް ޖޯޖްގެ ފިރިހެންދަރިފުޅު ޖޯޖް ހަ ވަނަ އަށެވެ. ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން އިނގިރޭސި ރާނީ އެލިޒަބަތު ތަހުތަށް އިސްކުރީ ފެބްރުއަރީ 6، 1952 ގައެވެ. އިނގިރޭސި ތަޚުތުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވުމުގެ ޝަރަފު، އޮކްޓޯބަރު 2016 ގައި އެލިޒަބަތަށް ވަނީ ލިބިވަޑައިގެންފަ އެވެ.
ވިކްޓޯރިއާ އަކީ ކުއީން އެލިޒަބަތުގެ ކާފަ ފަރާތު ހޫރު މާމައަށް ވީއިރު ޕްރިންސް ފިލިޕް އާއި ރާނީ ތިމާގެ ވަނީ މަންމަ ފަރާތުންނެވެ.
އިނގިރޭސި ރާނީ އެލިޒަބަތާއި ފިރިކަލުން ފިލިޕް 1947 ގައި
ވިކްޓޯރިއާގެ ދެ ވަނަ އަށް އެންމެ ދޮށީ އަންހެން ދަރިފުޅު ޕްރިންސް އެލިސް އުފަންވެފައިވަނީ 1843 ވަނަ އަހަރު އެވެ. އޭނާ 1862 ގައި ކައިވެނި ބައްލަވައިގަތީ ލުޑްވިގް ކިޔާ ޕްރިންސް އަކާ އެވެ. އެ ދެބޭފުޅުންނަށް ހަތް ބޭފުޅުން ލިބިވަޑައިގަތެވެ.
އެލިސް އަށް ފުރަތަމަ ލިބިވަޑައިގެންނެވީ ވިކްޓޯރިޔާ އެވެ. ވިކްޓޯރިއާ 1884 ގައި ކައިވެނި ބައްލަވައިގަތީ އޭނާގެ ބައްޕާފުޅާ ދެބެންގެ ދެދަރި ޕްރިންސް ލުއިސް އާއެވެ. އެއް އަހަރު ފަހުން މި ދެބޭފުޅުންނަށް ޕްރިންސަސް އެލިސް ލިބިވަޑައިގަތެވެ. ޕްރިންސަސް އެލިސް އަކީ ޕްރިންސް ފިލިޕްގެ މަންމާފުޅެވެ. އެލިސް އަކީ އަބަދުވެސް ޝާހީ އާއިލާއާ ވަރަށް ގާތް ބޭފުޅެކެވެ.
އެލިސް 1903 ގައި ކައިވެނި ބައްލަވައިގަތީ ޕްރިންސް އެންޑްރޫ އާ އެވެ. އެ ދެބޭފުޅުންނަށް ލިބުނު ފަސް ބޭފުޅުންގެ ތެރެއިން 1921 ގައި އުފަންވެ ވަޑައިގެން ޕްރިންސް ފިލިޕަކީ އެންމެ ހަގު ބޭފުޅާ އެވެ. ކުއީން އެލިޒަބަތާއި ފިލިޕްސް ތިމާގެ ދެބޭފުޅުންނަށް ވެފައި ވަނީ މިހެން ވެގެންނެވެ.
މިޒަމާނުގައި ލޭގެ ގޮތުން ގުޅުން ހުރި ދެ މީހަކު ކައިވެނި ކުރުމަކީ މަދުން ނޫނީ ނުފެންނަ ކަމެއް ނަމަވެސް އެތައް ގަރުނެއް ކުރިން ޝާހީ އާއިލާގެ ތެރޭގައި މިއީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. ބައެއް ގައުމުތަކުގައި ކުރީ ޒަމާނުގައި އޮންނަ ގަވާއިދަކީ އާއިލާއިން ބޭޭރުގެ މީހަކާ ކައިވެނި ކޮށްފިއްޔާ ރަސްކަން ގެއްލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
25 November 2017
ކުއީންއަކީ އެތަށް ގައުމެއްގެ ހެޑްއޮފްސްޓޭޓް ،،، ކެނެޑާ ،، އޮސްޓްރޭލިއާ ،،، ނިއުޒިލަންޑް ،،،، މިހެންގޮސް ބުރިޓިޝް އިންޑިއަންއޯސަން ޓެރިޓަރީވެސް ،،، އަދި އިނގިރޭސިވިލާތުަގައި އުޅޭހާ އަސްދޫޏަކީވެސް ކުއީންގެ މިލްެކެއް ،،، 21 ވަނަގަރުރުގައިވެސް ރަސްކަން ހިފަހައްޓައިގެން ،،،، ޔުއަރ ހައިނަސް ކިޔައިގެން އިނގިރޭސިން އެއުޅެނީ ،،، އިބްން ސައުދުގެ އާޢިލާޢިން އެރޭބިޔާ ހިސޯރްކޮއްގެން އުޅޭހެން ކުއީންވެސް އެއުޅެނީ އެގައުމު ހިސޯރުކޮއްގެން ،،، ބޭފުޅިޒަމްއާޢި ރޯޔަލް ބްލަޑްއަކީ މިހާރު ބޭނުންއެއްޗެއްނޫން ،،، އެޒަމާން ފާއިތުވެހިނގައްޖެ ،،، މީ އޭއައި އާޢި ޓެކްނޮލޮޖީގެ ޒަމާން ،،، މިހާރު ބޭފުޅުންނަށް ވާނީ މައިކްރޯސޮފްޓް ،،، އެޕަލް ސެމްސަންގް، ސޯނީ ،، ގޫގުލް ،، އެމޭޒަން ،، ސިސްކޯ ،، އެމޭޒަން ،،، އީބޭ ،،، މިހެންގޮސް ޢައިޓީގެ ޖަޔަންޓުންނަކީ މިހާރު ބޭފުޅުންނަކީ ،،، ރޯޔަލް ބްލަޑްއަށްވާނީ ،،، ޑެނިސްރިޗީމެން ،،،، ގޮސްލިންގ ،،، މިކަހަލަ މީސްމީހުން ،،، ވަރަށްވެދުން
ފައިސަލް
25 November 2017
ސަޅި ވާހަކަ ކޮޅެއް
ފައްކާ
25 November 2017
ކަލޯ ވ ފައްކާ ކޮމެންޓެއް !
ޒައީ
24 November 2017
ރަސްރަނިކަން 21ވަނަ ޤަރުނުގައިވެސް....އަދި އެވެސް ޑިމޮކްރަސީގެ މަންމަމެން އަތުގަ...