ެޕޯކެމޮން ގޯ ގޭމުގެ ސްކްރީންޝޮޓްތަކެއް
14 ޖުލައި 2016 - 05:42
ވުޖޫދުގައި ވެސް ނެތް ޖަނަވާރުތަކެއް ހޯދަން މީހުން މަގުމައްޗަށް ނިކުމެ، އާންމުކޮށް މީހުން ނުވެސް ވަންނަ ތަންތަނަށް ވެސް ވަންނަނީ އެވެ. ޕާކުތަކާއި ހުސް ބިންތަކާއި އެކި ބިނާތަކުގެ ވަށައިގެން މީހުން އެއްވެސް ބިންމައްޗަށް ބަލަނީ އެވެ. އެ މަންޒަރު ބަލަން ދުރުގައި ހުންނަ މީހަކަށް އެތަނުން އެއްޗެއް ނުފެނުނަސް ޕޯކެމޮން ކުޅޭ މީހުން އެ ތިބެނީ ޕޯކެމޮން ފެނިދާނެ ކަމަށް ފާރަވެރިވެ އެ ހިފަން ތައްޔާރަށެވެ. އެ މީހުންނަށް އެ ފެންނާނެ އެވެ.
މިއީ މިހާރު ޓްވިޓާ އަށް ވުރެ ވެސް މަގުބޫލު ވެފައިވާ ޕޯކެމޮން ގޯ ގޭމްގެ ވާހަކަ އެވެ.
ޕޯކޮމެން ގޭމް އެންމެ ފުރަތަމަ އައީ 90ގެ ތެރޭގައި ގޭމް ބޯއީއަށެވެ. އެއީ ދުނިޔޭގައި ނޫޅޭ ފާޑުފާޑުގެ ދިރޭތަކެތި ހިފައި، އެސޮރުމެން އޮޅުކޮށް މި ބިމުގައި ވަޒަންވެރި ކުރުވާ ގޭމެކެވެ. މިހާރު އައިސްގެން މި އުޅެނީ ޕޯކެމޮން ގޯ އެވެ. އެންޑްރޮއިޑާއި އައިއޯއެސް އަށް ގޭމު ފައްކާކޮށް ނެރެފައި ވަނީ ޕޯކެމޮން ހޯދަން ބޭރުތެރެއަށް ނިކުމެ އެ މީހެއްގެ މާހައުލާ ގުޅިގެންދާ ގޮތަށެވެ. ލޮކޭޝަންގެ މައްޗަށް ބިނާވާ މި ގޭމު ކުޅޭއިރު ފޯނުގެ ކެމެރާއިން ފެންނާނީ އެ މީހަކު ހުރި ތަނަކުން ގޭމުގެ މަންޒަރުތައް މާހައުލާ ގުޅިގެންދާ ގޮތަށެވެ. އެހެންވެ މި ގޭމު ކުޅޭ މީހަކަށް ހަގީގީ ހާދިސާތަކެއްގެ ތެރޭގައި އުޅެވޭ ކަމުގެ އިހްސާސް ކުރެވޭނެ އެވެ.
ޕޯކެމޮން އަތުލައިގަނެ އެ މީހެއްގެ ފޯނުގައި "ހައްޔަރު" ކުރެވޭނެ އެވެ.
ހަގީގަތުގައި މިއީ ކުށްކުރުން ނުވަތަ ނުބައި ކަންކަމަށް ހިތްވަރު ދޭ ގޭމެއް ނޫނެވެ. އެކަމަކު ޕޯކެމޮން ހޯދަން ބޭރުތެރެއަށް ނިކުންނަން ޖެހޭނެ އެވެ. މި ގޭމު ކުޅުމުގެ ތެރޭގައި ބޮޑެތި ކުށްތައް ކުރާ ކަމުގެ ރިޕޯޓްތައް މީޑިއާގައި ދަނީ ތިލަވަމުންނެވެ. އެގޮތުން ޕޯކެމޮން ހޯދަން އުޅުނު ފުރާވަރުގެ ކުއްޖަކަށް މަރުވެފައިވާ މީހަކު ފެނުމާއި ޕޯކެމޮން ހޯދުމަށް މީހުން ތަންތަނަށް ގެންގޮސް އެ މީހުން އަތުން ފޭރުން ފަދަ ކަންތައް ކުރާ ކަމަށް ވެސް އެކި ގައުމުތަކުގެ ފުލުހުން ބުނެފައިވެ އެވެ.
މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. ޕޯކެމޮން ކައިރިއަށް ގެންނަން ބޭނުން ނަމަ ޕޯކެމޮން "ދަހިވާ" ތަކެތި ފައިސާ ދީފައި ގަނެވޭނެ އެވެ. އެކަމަކު މިއީ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެކެވެ. އަދި ގޭމުގެ އަސްލުގެ މަގުސަދު ވެސް ގެއްލެ އެވެ. ބޭރަށް ނިކުމެގެން މި ގޭމު ކުޅޭ ނަމަ އެ ގޭމު ކުޅެން އުޅޭ އެހެން މީހުންނާ ދިމާވެ ގޭމުގެ މަޖާކަން ބޮޑުވެ އެވެ. މިއީ ހިލޭ ޑައުންލޯޑް ކުރެވޭ ގޭމެކެވެ. އެކަމަކު ބޭރަށް ނިކުމެ ހިނގަންޖެހޭ ހިނގުން މަދުކުރުން ފަދަ ކަންކަމަށް އެޕްލިކޭޝަންގެ ތެރެއިން ގަނެވޭ އެއްޗެހި ހުންނާނެ އެވެ.
ރާއްޖޭގައި އެތައް ބަޔަކު ދަނީ މި ގޭމު ކުޅެމުންނެވެ. ބައެއް ގައުމުތަކަށް މި ގޭމު ނުލިބޭތީ ޝަކުވާ ވެސް ވަރަށް ބޮޑެވެ. ސިންގަޕޫރަށް މި ގޭމު ނުލިބިގެން އެކަމާ ޖޯކު ޖެހި ބިދޭސީއަކު އެ ގައުމުން ބޭރު ވެސް ކޮށްލައިފި އެވެ. ދިވެހިން ވެސް މި ގޭމަށް ދެވިހިފަމުން ދާއިރު އާދަޔާ ހިލާފު ތަންތަނަށް ވަދެ ބިންމައްޗަށް ބަލަހައްޓައިގެން ތިއްބާ ފެނިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާފިކުރުކޮށްބަލަ...
15 July 2016
އަހަންނެއް ނުދުވަން... ވިސްނަބަލަ... މިއީ ފިކުރީ ހަނގުރާމައެއް.. ކާފަރުން ގޭމް ހަދަހަދާފަ ދޫކޮށްލީމާ، އެމީހުންގެ ކުދިންނަށް ވުރެ އަހަރުމެން މުސްލިމުންގެ ކުދިން އެ ގޭމްތައް ފަހަތުން ދުވޭ.... އެހެންވެެެ. އިސްލާމީ އުއްމަތުގެ ހާލަތާއި ދޭތެރޭ ވިސްނާލާކަށް އަހަރުމެންގެ ތެރެެއިން މުސްލުމު ކުދީންނަކަށް ވަގުތެއް ނުވޭ... ނުވިތާކަށް އާހިރަތާއި ދޭތެރޭ ވެސް ވިސްނާކަށް ވަގުތެއްނުވޭ.....
ޗިއްލޫ
14 July 2016
އެއްވެސް ކުއްޖަކު މޮޔަ ނުހެއްދޭތި!!!
ޙަރީ
14 July 2016
މި ގޭމަކީ އިންސާނާގެ ހަލާކު. ހިތާމަވެރި ހާދިސާއެށް ދިމާވުމުގެ ޖުރިން ހުއްޓާލާ
އަޝްރަފް
14 July 2016
ގޫގުލް އިން ބުނަނީ ގޫގުލް މެޕްސް އަށްވުރެ މީތި އެކިއުރޭޓްކަމަށް. އަދި ގޭމަށް ފޯނުގެ ހާޑްވެއަރ އެކްސެސް ލިބުމުން އެކިއެކި މީސްމީހުނާބެހޭ މައުލޫމާތު ޖާސޫސް ކުރާބަޔަކަށް ވަރަށް ފަސޭހަވެގެންދާނެ. އެމީހަކު އުޅޭ މާހައުލާ ތަންތަން ވަރަށް ރަނގަޅަށް ބަލާލެވޭނެ. ސޭފް ކަމެއްކަމަކަށް ނުފެނޭ.
ަައާންތު
14 July 2016
މަ ދެކުނިން 4 ފިރިހެން ކުދިން އޭޑީކޭ އޮޕަރޭޝަން ތިއޭޓަރ ކައިރީގަ އެއްޗެއް ހޯދަން އުޅެނިކޮށް