މީހަކު ހޫނު ފެން ބޮނީ: މިއީ ސިއްހަތަށް ގިނަ ފައިދާ ކުރާ އެއްޗެއް.
16 އެޕްރީލް 2018 - 06:30
ބަރުދަން ލުއިކުރަން މަސައްކަތްކުރާ ބައެއް މީހުން ހޫނު ފެން ބުއިމަކީ މިހާރުވެސް ކުރާ ކަމެކެވެ. މިއީ ނަތީޖާއެއް ނިކުންނާނެ ކަމެއް ނޫން ކަމަށް އެއްބަޔަކު ބުންޏަސް އެކި ދިރާސާތަކުގައި މިކަމުގެ ފައިދާއާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ.
ބަރުދަން ލުއިކުރަން ހޫނު ފެން ބުއިމަކީ އިންޑިއާގައި ފެށިގެން އައި ކަމެއްގެ ގޮތުގައި ބެލެވެ އެވެ. ގަބޫލުކުރެވިފައިވާ ގޮތުގައި، ހޫނު ފެނަށް ލުނބޯ ހުތް އަޅައިގެން ބުއިމުން ބަނޑުގެ ސަރުބީތައް ވިރުވާލަ އެވެ. އަދި މީގެ އިތުރުން ވެސް ސިއްހީ އެކި ފައިދާތައް ލިބެ އެވެ.
ހޫނު ފެން ބޯން ޖެހެނީ އޭގެ ފިނިހޫނުމިިން 120 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ނޫންކަން ކަށަވަރު ކުރުމަށް ފަހު އެވެ. އެއީ އަރު ތެރެ އާއި އަނގަ ފިހުން ނުވަތަ އެފަދަ އެހެން މައްސަލައެއް ދިމާވިޔަ ނުދިނުމަށެވެ.
ހޫނު ފެން ބޯން އާދަކޮށްފި ނަމަ، ސައިނަސް ހުންނަ މީހުންނަށް ވެސް އެއިން ފައިދާކުރެ އެވެ. އެގޮތުން ނޭފަތް ބެދުމާއި ބޮލުގައި ރިއްސުން ކަހަލަ ކަންކަމުން ރައްކާތެރިކޮށް ދެ އެވެ. ހޫނު ފެން ބުއިމަކީ ހިރުގަނޑާއި ދަތުގެ ރައްކާތެރި ކަމަށް ވެސް ބާރު އަޅައިދޭ އެއްޗެކެވެ.
ބަނޑުހަރުވެ، ބޮޑުކަމުދާން އުނދަގޫވުން ފަދަ ކަންކަމުން ދުރުކޮށްދިނުމަކީ ހޫނުފެން ބޮއެގެން ލުއިކަން ހޯދިދާނެ ކަންކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ...
19 April 2018
މިއީ އަސްލުވެސް ވ.ރަނގަޅު ވާހަކަތަކެއް އަހަރެން މިކަންތައްތައް އަމިއްލައަށް ތަޖުރިބާކުރިން.. ކޮންމެދުވަހަކު ހެނދުނު ހާބަނޑާހުރެ ހޫނުފެނަށް ލުބޯހުތްއަޅައިގެން ބުއިމައްފަހު ވަރަށް ލައިޓްކޮށް (2ފޮތި ޕާނާއި 2ބިސް އަދި ކޮފީއެއް) ބޮއިގެން 20 ދުވަސްތެރޭ 6 ކިލޯ ލުއިވި...
އަތްފުނާ
16 April 2018
ތިލަކޮށް.މީހުންދުވެ ، ހިނގަނީވެސް ހަށިގަނޑު ހޫނުކުރަން މީގެ ސަބަބުން ކެލަރީސް އަދި ފަޓްސް އަނދާލާ.ހޫނުފެން ބުއިމުންވެސް މިކަން މިގޮތަށްވޭ އެކަމަކު އެހާ ފުރިހަމަކޮށެއްނޫން.
އަމީތާބު
16 April 2018
މައުލޫޟޫއަކާ މައިގަނޑު ގޮތެއްގައި ލިޔެފައިވާ އެއްޗަކާ މާބޮޑު ގުޅުމެއްނެތް.ސުރުހީގަ ބުނެފަ އެވަނީ ހޫނުފެނުން ބަރުދަންލުއި ކުރެވިދާނެހޭ؟ އެހެން ކަމަށް ވާނަމަ ސައިންސްގެ ވާހަކަ އެއްނޫން މުހިިއްމީ.
އައްޔު
16 April 2018
100 ޑިގްރީ ސެލްސިއަސްގަ ފެން އާތްވައްވާނެ އެހެންވެ 120 ޑިގްރީ ސެލްސިއަސްއަކީ ވަރައް ހޫނު މިންވަރެއް.