ވިކްޓޯރިއާ ބެކަމް ވަރީގެ ވާހަކަ އަނެއްކާވެސް ދޮގުކޮށްފި

އިނގިރޭސިވިލާތުގެ ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އާއި އަންހެނުން އަދި ފެޝަން ޑިޒައިނަރު ވިކްޓޯރިއާ ބެކަމް ވަރިވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އަނެއްކާ ވެސް ދޮގުކޮށްފި އެވެ.


"ވޯގް" ގެ އިނގިރޭސި މަޖައްލާގެ އަންނަ މަހުގެ އަދަދަށް ފިރިމީހާ އާއި ދަރިންނާ އެކު ދިން ކަވަ އިންޓަވިއުގައި، ކުރީގެ ބޭންޑް "ސްޕައިސް ގާލްސް" ގެ ލަވަކިޔުންތެރިޔާ ބުނީ ކައިވެނި ރޫލައިލަން އުޅޭ ކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް އިންސާފެއް ނެތި ފަތުރާ ދޮގެއް ކަމަށެވެ.

ވިކްޓޯރިއާ ބުނީ 19 އަހަރުވީ ކައިވެނީގެ ގޮށް މޮހާލަން އުޅޭ ކަމަށް ބުނެ ފަތުރާ ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު އާއިލާ އަށް ވެސް ކުރަމުންދާ ކަމަށެވެ.

ވިކްޓޯރިއާގެ ޓްވީޓެއް.

މިކަމާ ގުޅިގެން ވިކްޓޯރިއާ އާއި ބެކަމް ހާޕާސް ބާޒާރު މަޖައްލާ އަށް ޖޫން މަހު ދީފައިވާ ބަޔާނެއްގައި ވެސް ވަނީ ވަރިވާން އުޅޭ ކަމަށް ބުނާ ވާހަކައަކީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން ކަމަށް ބުނެފަ އެވެ.

ވިކްޓޯރިއާގެ ޓްވީޓެއް.

"އަދިވެސް އަހަރެން މި ބުނަނީ އަހަރެމެންގެ ތެރެއަކު ނެތޭ އެއްވެސް މައްސަލައެއް. އަހަރެމެން ހަ މިހުން ވަރަށް އުފަލުގައި އެކީގައި މި އުޅެނީ،" ހަތަރު ކުދިންގެ މަންމަ ބުންޏެވެ. "އަހަރެމެންގެ ގުޅުން ވަރަށް ބަދަހި. އެކަކު އަނެކަކަށް ފުރަގަސް ދޭން ޖެހޭ ކަހަލަ ކަމެއް ނެތް."

ބެކަމް އާއި ވިކްޓޯރިއާ ކައިވެނި ކުރީ 1999 ގަ އެވެ. އެ ކައިވެންޏަށް ލިބިފައި ވަނީ ތިން ފިރިހެން ދަރިންނާއި އަންހެން ކުއްޖެކެވެ.

އެއީ ބުރްކްލިން ބެކަމް، 19، ރޯމިއޯ ޖޭމްސް ބެކަމް، 16، ކްރޫޒް ބެކަމް، 13 އަދި ހާޕާ ސެވެން ބެކަމް، 7، އެވެ.