ރަނާއި ޖަވާހިރުން ހަދާފައިވާ ހީލްސް: އަގަކީ 17 މިލިއަން ޑޮލަރު.
30 ސެޕްޓެމްބަރ 2018 - 07:39
ދުނިޔޭގެ އެންމެ އަގު ބޮޑު ހައި ހީލްސް ދުބާއީގައި ވަނީ ދައްކާލައި، އެ ގަތުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
ރަނާއި ޖަވާހިރު ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ހައި ހީލްސްގެ އަގަކީ 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) އެވެ. މިއީ ދުބާއީގެ ފައިވާން ކުންފުނި ޖަޑާ ދުބާއީ އާއި ގަހަނާ ކުންފުނި ޕެޝަން ޖްވެލާޒްގެ އުފެއްދުމެކެވެ.
ރޮއިޓާޒް އިން ބުނި ގޮތުގައި މި ހައި ހީލްސްގެ އޮނިގަނޑާއި އޭގެ ކަވަރު ރަނާއި ސިލްކްގެ ފަށަލައަކުން ތައްޔާރުކޮށްފައިވާ އިރު، ހީލްސްގައި 236 ކެރަޓްގެ ޖަވާހިރު ބޭނުންކޮށްފައިވެ އެވެ. އެގޮތުން ބޫޓްގެ މަތީގައި ބޮޑު ދެ ޖަވާހިރު ހަރުކޮށް، ދެ ކިބައިގައި އަރިމަތީ ޖަވާހިރުން ޒީނަތްތެރިކޮށްފައިވެ އެވެ.
There’s starving poor people living on a dollar a day while others can afford to buy 17 million dollar shoes. https://t.co/Wao4ZQFt9f
— treehugger (@forthepines) September 28, 2018
"ދުނިޔޭގެ އެންމެ އަގު ބޮޑު ބޫޓް" ގެ ގޮތުގައި ލޭބަލްކޮށްފައިވާ މި ހީލްސް މިހާރު ހުރީ ދުބާއީގެ ހަތް ތަރީގެ ބްރުޖް އަލް އަރަބްގެ ހޮޓެލްގައި ދައްކައިލަން ބަހައްޓައިފަ އެވެ. ގަންނަން ޝައުގުވެރިވާ މީހުންނަށް ދައްކައިލުމަށްޓަކަ އެވެ.
ޕެޝަން ޖްވެލާޒްގެ ޗީފް އެކްޒެކެޓިވް ހެމާނީ ކަރަމްޗަންދާނީ ވިދާޅުވި ގޮތުގައި މި އަގު ބޮޑު ހީލްސް އަށް ދުބާއީން ބޮޑު ތަރުހީބެއް ލިބޭނެ ކަމުގެ އުންމީދު ބޮޑެވެ.
Imagine being this rich to be at a 7 star hotel & being able buy $17 million dollar shoes https://t.co/LzDDoQtuTT
— Juelz (@justdoinit23) September 28, 2018
މީހަކު ކޮށްފައިވާ ޓްވީޓެއް.
"ދުބާއީއަކީ މިލިއަނަރުންނާއި ބިލިއަނަރުން ގިނަ ގައުމެއް. އެހެންވެ އަހަރެމެންނަށް ވަރަށް އުންމީދު ކުރެވޭ މާ ލަސްތަކެއް ނުވެ މި ބޫޓް ވިކޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޕެޝަން ޖުވެލާޒް އިން ބުނި ގޮތުގައި އެ މީހުންގެ ހިއްސާއާ އެކު އުފެއްދި އެންމެ އަގު ބޮޑު ހީލްސްއަކީ ފައިވާނާއި ބޫޓްގެ ވިޔަފާރީގެ ތެރެއަށް ވަނުމަށް އެޅި ފިޔަވަޅެކެވެ.
ޖަޑާ ދުބާއީގެ ޕޯސްޓެއް.
ތަނަވަސް މީހުންނަށް ހާއްސަކޮށްގެން ފެޝަނާ ގުޅުން ހުރި ކުންފުނިތަކުން މި ފަހަކަށް އައިސް މާ އަގު ބޮޑު ފަރުމާތައް ނެރޭތީ، ރަނާއި ޖަވާހިރުގެ މި ހީލްސް އަށް ވެސް އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަފައިފަ އެވެ. އަދި މިފަދަ ކަންކަމުން ދޭހަކޮށް ދެނީ މުއްސަންދިންނާއި ފަގީރުންގެ މެދުގައި އޮންނަ ފަރަގު އިތުރަށް ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
އެހެންވެ 17 މިލިއަން ޑޮލަރުގެ ހީލްސްއަކީ ކިރިޔާ އަގާއި އަތާ ދިމާ ކުރެވޭ ފެންވަރުގެ މީހުންނަށް ކުރި މަލާމާތެއްގެ ގޮތުގައި ބައެއް މީހުން ސިފަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާނި
30 September 2018
ބޫޓު ކިތަންމެ އަގުބޮޑަސް، ތިޔަ ޑިޒައިން ވަރަށް ހަޑި. އެންމެ އާދައިގެ ބޫޓުގެ ކަޑަވާ ޑިޒައިން.