ގުޖުރާގައި ހަދާފައިވާ "ސްޓެޗޫ އޮފް ޔުނިއަން": މިއީ ދުނިޔޭގެ އެންމެ ދިގު ސްޓެޗޫ.
30 އޮކްޓޯބަރ 2018 - 07:31
އެންމެ ދިގު ސްޓެޗޫ ހުރީ ޗައިނާ އެވެ. އެކަމަކު ވާދަވެރި އިންޑިއާ އިން ބުދަ ދުވަހު މި ރެކޯޑް މުގުރާލާނެ އެވެ.
"ސްޓެޗޫ އޮފް ޔުނިއަން" ނުވަތަ ގައުމުގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ސްޓެޗޫއަކީ 1940 ގެ އަހަރުތަކުގައި އިނގިރޭސީންގެ އަޅުވެތިކަމުން އިންޑިއާ މިނިވަން ކުރުމަށް މަސައްކަތް ކުރެއްވި ހިތްވަރު ގަދަ ބަތަލެއް ކަމަށްވާ ސަރުދާރު ވައްލަބާއީ ޕަޓޭލްގެ ސިފައިގައި ހަދައިފައިވާ ސްޓެޗޫއެކެވެ.
ގުޖުރާތުގައި ރަން ކުލައިން ހަދާފައިވާ މި ސްޓެޗޫގެ ދިގުމިނަކީ 600 ފޫޓް (182 މީޓަރު) އެވެ. ޗައިނާގެ ހެނާން ޕްރޮވިންސްގައި ހުންނަ "ސްޕްރިންގް ޓެމްޕަލް ބުއްދާ" ގެ ދިގު މިނަކީ 420 ފޫޓް (128 މީޓަރު) އެވެ.
އިންޑިއާގެ "ސްޓެޗޫ އޮފް ޔުނިޔަން".
އިންޑިއާގެ ސްޓެޗޫ އޮފް ޔުނިއަން ތައްޔާރު ކުރަން 3000 ކްރޯޑް ރުޕީސް (408 މިލިއަން ޑޮލަރު) ހަރަދުކޮށްފައިވެ އެވެ. ގުޖުރާތުގައި ބާއްވާ ވަރަށް ހާއްސަ ރަސްމިއްޔާތެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ "ސްޓެޗޫ އޮފް ޔުނިއަން" ރަސްމީކޮށް އިފުތިހާހުކޮށް ދެއްވާނެ އެވެ. އެ ދުވަހަކީ ސަރުދާރު ޕަޓޭލްގެ 138 ވަނަ އުފަން ދުވަސް މެ އެވެ.
އަދި އެކަމާ ދިމާކޮށް ސްޓެޗޫގެ ޕްރޮމޯޝަނެއްގެ ގޮތުގައި އާންމުކޮށްފައިވާ ވީޑިއޯ މެސެޖެއްގައި މޯދީ ވިދާޅުވީ "ސްޓެޗޫ އޮފް ޔުނިއަން" ވެގެން ދާނީ ބައިނަލްއަގްވާމީ މައިދާނުގައި އިންޑިއާ މިހާރު އޮތް ހިސާބު ތަސައްވުރުކޮށްދޭ އެއްޗަކަށެވެ. އަދި މިއީ އިންޑިއާގެ ހައިބަތު ދައްކުވައި ދޭނެ އެއްޗެއްގެ ގޮތުގައި ސިފަކުރައްވާފައިވެ އެވެ.
މޯދީގެ ހުވަފެނީ މަޝްރޫއެއްގެ ގޮތުގައި މި ސްޓެޗޫގެ ބިންގާ އެޅުއްވީ ގުޖުރާތުގެ ޗީފް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އޮކްޓޯބަރު، 31، 2013 މޯދީ އެވެ.
އިންޑިއާގެ މިނިވަންކަމާއި އެއްބައިވަންތަ ކަމަށް މަސައްކަތް ކުރި ވަރުގަދަ ސިޔާސީ ޝަހުސިއްޔެއްގެ ގޮތުގައި ސިފަކުރާ ސަރުދާރު ޕަޓޭލްއަކީ އިންޑިއާގެ ފުރަތަމަ ހޯމް މިނިސްޓަރު ވެސް މެ އެވެ. އަދި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރުގެ ނައިބުގެ މަގާމު ވެސް އަދާ ކުރެއްވި ސަރުދާރު މަޝްހޫރުވެފައި ވަނީ އިންޑިއާގެ "އަޔަން މޭން" ގެ ގޮތުގަ އެވެ.
ދުނިޔޭގެ އެންމެ ދިގު ސްޓެޗޫގެ ގޮތުގައި "ސްޓެޗޫ އޮފް ޔުނިއަން" ހެދުމަށް ފަހު، މަހާރަޝްތުރާ ސްޓޭޓްގައި އަނެއްކާ ވެސް ބިޔަ ސްޓެޗޫއެއް 2021 ގައި ބަހައްޓަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހސެން
30 October 2018
ތިއައްވުރެ މާރަގަޅުވާނެ މަގުމަތީގައި ނުކައި ތިބޭފަގީރުން ކާންދިނިއްޔާ
އިންމަބޭ
30 October 2018
ތިޔައް ކިޔަނީ ބުދު... 100 އަހަރުފަހުން އެތާންގަ މާއަތުރާފަ އަޅުކަން ކުރާތަންވެސް ފެންނާނެ
ބޭއިންސާފު އިންޑިއާ
30 October 2018
އިންޑިއާގެ ސްޓެޗޫ އޮފް ޔުނިއަން ތައްޔާރު ކުރަން 3000 ކްރޯޑް ރުޕީސް (408 މިލިއަން ޑޮލަރު) ހަރަދުކޮށްފައިވެ އެވެ. އިންޑިއާގެ ފަގީރުން ފަގީރު ކަމުގެ އިންތިހާ ދަރަޖާގައި.
އައްޑޫ ބޮޑު ބުދު
30 October 2018
އައްނި އިންޑިއާގެ ސިޔާސީ މައިދާނަށް ވަންނަން ފެނޭ.
އަލިބެއްޔާ
30 October 2018
އުސް މިނޭ ނުކިޔައި ދިގުމިނޭ ތިކިޔަނީ ކީއްވެގެންކަން ބުނެދީފާނަންތަ؟
ދަލޭކަ
30 October 2018
މިގައުމުގައި ހެދި ބުރިޖަށްވުރެ ތީގެއަގު ބޮޑުތޯ؟
ރޭދުވާ
30 October 2018
މާސިންގާ ބޮޑު ބުދެއް ބެހެއްޓުނީމަ އެނިމުނީތަ. ކަންދެއްކުން ހުއްޓާލާފަ ހަގީގަތާ ކުރިމަތިލާބަލަ. ތިކަހަލަ ބޭކާރު ކަންކަން ކުރާވަރަށްވުރެ ތިމީހުންގެ ހާލަތު މާ ދަށޭ.
ރޭސް
30 October 2018
ބޭކާރުކަންކަމަށް ޚަރަދުނުކޮށް ތިޔަފައިސާއިން ނިކަމެތި ބިކަހާލުގާ ތިބި މީހުނަށް ގެދޮތު އަޅައިދިންނަމަ ކޮންފަދަ.
ކުމާރު ސަރ
30 October 2018
މިއީ އިންޑިއާގެ މިނިވަންކަމައް މަސައްކަތް ކުރި މަހާތަމާ ގާންދީ އަދި ފުރަތަމަ ބޮޑުވަޒީރު ޖަވާހިރު ލާލު ނެހެރޫ މެން ފަދަ މީހުނަށް ކުރި މަލާމަތެއް
ހަބީބީ
30 October 2018
ވަރަށް ރީތި! އިންޑިޔާއަކީ އާޓްސް އެންޑް ކަލްޗަރއަށް ވަރަށް ލޯބިކުރާ ބައެއް!
ޖިލްބާބު
30 October 2018
ރަނގަޅު ވާހަކައެއް އިންޑިޔާ މީހުން އެމީހުންގެ ކަލްޗަރ ކުރިއެރުވުމަށް ވަރަށް މަސައްކަތްކުރޭ. މިކަހަލަ މަސައްކަތް ރާއްޖޭގައިވެސް ކުރަންވެއްޖެއެންނުތޯ؟ ތަނެއްގައި ކުރެހުމެއް ކުރަހާލާއިރަށް އެއީ ކާފިރުކަމެކޭ ކިޔައި އެ ތެކެތި ނައްތާލުމުގެ ބަދަލުގައި. ލެޓް އަސް ބިޔުޓިފައި މޯލްޑިވްސް ތްރޫ އާޓްސް :)
ވެލިއުސް
30 October 2018
މޯލްޑިވްސް ބިއުޓިފައި ކުރެވޭނެ ސޫރަ ސިފަވާ ސްޓެޗޫ އަދި ސޫރަ ސިފަވާ އިމޭޖެސް ނުހަދާ އެތައް ބައިވަރު ގޮތަކުން ވެސް. އަހަރުމެން ނުޖެހެ އެމީހުން ބިއުޓިފައިކުރާ ގޮތަށް ބިއުޓިފައި ކުރާކަށް.