އެލަން ނައިމަން: އޭނާ މަރުވި އިރު މިލްކިއްޔާތުގައި 11 މިލިއަން ޑޮލަރު ހުރި.
30 ޑިސެމްބަރ 2018 - 05:52
އެމެރިކާގެ ވޮޝިންގްޓަނުގައި ދިރިއުޅެމުން ދިޔަ އެލަން ނައިމަންއަކީ ހަމަ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުނު މީހެކެވެ. އޭނާގެ އަންބަކު، ދަރިއަކު ނެތެވެ. ބޭންކިން ދާއިރާގައި 30 އަހަރު ހިދުމަތްކޮށްފައި އޭނާ ބަދަލުވީ އިޖުތިމާއީ ހިދުމަތްތެރިއަކަށެވެ. ވަކިން ހާއްސަކޮށް އެކި ކަހަލަ އެހީތެރިކަން ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކެންސަރު ބަލީގައި، އުމުރުން 63 އަހަރުގައި އެލަން މަރުވި އިރު، އޭނާ މަސައްކަތް ކުރަމުން ދިޔައީ ޑިޕާޓްމަންޓް އޮފް ސޯޝަލް އެންޑް ހެލްތު ސާވިސް ސާވިސްގަ އެވެ. އެތަނުގައި ވަޒީފާ އަދާކުރަމުން އިތުރު އެހެން ދެތިން ތަނެއްގައި ވެސް އެލަން މަސައްކަތް ކުރި އެވެ. އެ މަސައްކަތްތަކުން އާމްދަނީގެގޮތުގައި 67،234 ޑޮލަރު ލިބެމުން ދިޔަ އެވެ. އަދި މައިންބަފައިންގެ މުދަލުން ވެސް ލިބިފައިވެ އެވެ.
In addition to Treehouse, Alan Naiman's legacy gifts went to @Childhaven1909, @LittleBitTRC, @MakeAWishAKWA, Odessa Brown Children's Clinic and @WestSideBabySEA, positively impacting the lives of thousands of children. https://t.co/vtwJC9gGTF
— Treehouse (@TreehouseTweets) December 28, 2018
ބޭނުމަކަށްވީ އޭނާ ނެތް ދުވަހެއްގައި ވެސް ކުދިންތަކަކަށް އެހީވާނެ ފައިސާކޮޅެއް ރައްކާކުރުމެވެ.
އަބަދުވެސް ވަރަށް ދީލަތި މީހެއްގެ ގޮތުގައި ގާތް އެކުވެރިންނާއި އެކުގައި މަސައްކަތް ކުރި މީހުން ވެސް ސިފަކުރާ އެލަން ދުނިޔެ ދޫކޮށް ދިޔަ އިރު، އޭނާގެ މިލްކިއްޔާތު ވަނީ އެކިއެކި ޗެރިޓީތަކަށް ހަދިޔާކޮށްފަ އެވެ. މިލްކިއްޔާތު 11 މިލިއަން ޑޮލަރަށް އަރަ އެވެ.
އެ ފައިސާ ވަނީީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ހަ ޖަމާއަތަަކަށް ހަދިޔާކޮށްފަ އެވެ. އެކަމަކު އެލަން މަރުވި އިރު އެކަން އެއްވެސް މީހަކަށް ނޭނގެ އެވެ. އޭނާގެ ފައިސާ ދޫކޮށްލި ޖަމާއަތްތަކަކީ ޗައިލްޑްހޭވެން، ލިޓްލް ބިޓް ތެރަޕިއުޓިކް ރައިޑިން ސެންޓާ، މޭކް-އަ-ވިޝް އެލަސްކާ އެންޑް ވޮޝިންގްޓަން، އޮޑެސާ ބްރައުން ޗިލްޑްރެންސް ކްލިނިކް، ޓްރީހައުސް އަދި ވެސްޓްސައިޑް ބޭބީ އެވެ.
What an amazing person. His legacy of caring for children will live on through @treehousetweets and the other charities he supported! From duct-taped shoes to $11M: Seattle man leaves surprise donations https://t.co/nZQIYTF4Y2
— Tana Gall (@tanagall) December 28, 2018
ވޮޝިންގްޓަން ސްޓޭޓް ޗިލްޑްރެން ސާވިސަސްގައި އެލަންއާ އެކު މަސައްކަތް ކުރި މޭރީ މޮނާހަން ބުނި ގޮތުގައި އެލަންގެ މިލްކިއްޔާތުގައި އެހާ ގިނަ ފައިސާ ހުރިކަން އެނގުމުން ވަރަށް ބޮޑު ޝޮކަކަށްވި އެވެ.
"އެނގޭ އަބަދު ވެސް ވަރަށް ދީލަތި މީހެއްކަން އެއީ. އަނެއްކާ އެހާ ބޮޑަށް އެހީ ފޯރުކޮށް ދެމުން ގެންދިޔަ މީހެއް އެއީ،" އޭނާ ބީބީސީ އަށް ބުންޏެވެ. "ކެންސަރު ޖެހުނުކަން އެނގުނު ހިސާބުން ފެށިގެން އެލަން އަބަދު ވެސް ބުނާނެ އޭނާ މަރުވެގެން ދާނީ އަތުގައި ހުރި ހުރިހާއެއް އެއްޗެއް ޗެރިޓީތަކަށް ހަދިޔާކޮށްފައޭ. އެކަން އަދި ކިރިޔާ މި އެނގުނީ."
އެލަންގެ މިލްކިއްޔާތުން 900،000 ޑޮލަރު ހަދިޔާ ކުރި ޓްރީހައުސްގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު ޖެސިކާ ރޮސް ބުނި ގޮތުގައި އެ ވަރުގެ އަދަދެއް އާންމު ފަރުދަކު ޖަމިއްޔާ އަށް ހަދިޔާ ކުރުމަކީ ވަރަށް ވެސް ބޮޑު ހައިރާން ކަމެކެވެ.
"އެވަރުގެ ބޮޑު އެހީއެއް އެއްވެސް މީހެއްގެ ފަރާތުން މިހަތަނަކަށް ލިބިފައެއް ނެތް. އަހަރެމެން ބޭނުމެއް ނޫން އެލަން ދިން އެހީ ނަމްބަރުތަކަކުން ކިރާކަށް. އެއަށް ވުރެ މާ ބޮޑަށް ވެސް ދީލަތި މީހެއް އެއީ،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިރުގަންނަންޖެހޭ
31 December 2018
"ހަރާމެއް ހަލާލެއް ބަލާނެ ކަމެއް ނެތޭ"، ބުނެ އުޅުނު މީހާއަށް މިހާރު ވަމުުދާގޮތް އެބަފެނޭ އެއްނު، ދުނިޔޭގަ ތިބި ބަޔަކަށް. އޭނާވެސް ވާނީ ހަމަ މަރު. ދާނީ ހަމަ އެއް ފަރާތަކަށް.
ހެޔޮ ދަރުމަ
31 December 2018
މުސްލިމެއް ނަމަ !
އެއްމިލިއަންދެރުފިޔާ
31 December 2018
އެހެންނަމަވެސް !
ހުސައިން ވަހީދު
30 December 2018
އަހަރެމެނގެ މި މުޖުތަމައުގަ ހަލާލް ފައިސާ ގެންގުޅޭ މީހުނެތް ނޫޅެ
ބަޑީ
30 December 2018
ހަލާލުފައިސާ ހޯދައިގެން ގެންގުޅޭ މީހުން މަދުންނަމަވެސް އުޅޭ. އަޅުގަޑަށްވެސް ބަޔެއްމީހުންއެގޭ.
މުސްލިމް
30 December 2018
ތިޔައީ ލާމަސީލު މިސާލެއް. އަހަރެމެންގެ މުޖުތަމަޢުގައި މިކަހަލަ މީހުން ނޫޅޭ.
ބަޑީ
30 December 2018
އަހުރުމެން މުޖުތަމައުގައިވެސް މިކަހަމަ މީހުންވެސްއުޅޭ. އެކަހަހަލަ ގިނަމީހުން އެމީހުން ދޭ އެއްޗެއްދެނީ ކާނަތުންދޭއެތި ވާތަށްވެސް ނޭގޭގޮތަށް.