07 ޖެނުއަރީ 2019 - 21:49
ގޯލްޑެން ގްލޯބް އެވޯޑް ހަފުލާގައި، ޑްރާމާ މޫވީ ކެޓަގަރީން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ގްލެން ކްލޯޒް އަށް އަދި އެންމެ މޮޅު ކޮމެޓީ އެކްޓަރުގެ އެވޯޑް ކްރިސްޓިއަން ބޭލް އަށް ލިބުނަސް ހަފުލާގެ އަސްލު ތަރިއަކީ މީގެ ކުރިން ނުވެސް ދަންނަ މޫނެކެވެ.
ހަފުލާގެ ރެޑްކާޕެޓް ކުރިއަށް ދިޔައިރު، ދުނިޔޭގެ އެންމެ މަޝްހޫރު ފަންނާނުންގެ ހަމަ ކޮންމެ ފޮޓޯއެއްގައިހެން، ޒުވާން އަންހެނަކު ފެންނަން އެބަހުއްޓެވެ. އޭނާ ހުންނަނީ ކެމެރާ އަށް ބަލަހައްޓައިގެން ނުލާހިކު ރީއްޗަށް ހީލައިގެން "ފިޖީ ވޯޓާ" ފުޅިތަކެއް ތަބަކެއްގައި އަތުރައިގެންނެވެ. - މި ފެން ރާއްޖޭން ވެސް ލިބެން އެބަހުރިކަން ފާހަގަކޮށްލާނަމެވެ!
ފިޖީ ވޯޓަ ގާލް ރެޑް ކާޕެޓްގައި ފެން ފުޅިތައް ހިފައިގެން
ގަދަ ނޫކުލައިގެ ހިތްގައިމު ހެދުމެއްގައި ހުރި މި ޒުވާނާ ނިކޯލް ކިޑްމަން އާއި ޖެމީ ލީ ކާޓިސް އަދި އިދްރީސް އަލްބާގެ ރެޑް ކާޕެޓް ފޮޓޯތަކުން ވެސް ފެނެ އެވެ. މީގެ އިތުރުން ޖިމް ކެރީ އާއި ޑަކޯޓާ ފޭނިން އަދި ކެމީލާ ބޭލްގެ ފޮޓޯތަކުން ވެސް ފެންފުޅިތަކާ އެކު އެ ޒުވާނާ ފެނެ އެވެ.
ފިޖީ ވޯޓަ ގާލް، ކެލޭތު ކަތުބާޓް
މި ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެ މި ޒުވާނާ އަށް ލިބުނު ކުއްލި މަޝްހޫރުކަމާ އެކު އެއީ ކާކުކަން ވެސް މިހާރު ވަނީ ހޯދައިފަ އެވެ. އެއީ އެމެރިކާގެ ލޮސް އެންޖެލިސްގެ މޮޑެލްއެއް ކަމަށްވާ ކެލޭތު ކަތުބާޓެވެ. އެކަމަކު މި ޒުވާނާ އެގޮތަށް ފޮޓޯތަކުން އެ ފެންނަނީ އިއްތިފާގަކުން ނޫނެވެ. ހަފުލާ ސްޕޮންސާކުރީ "ފިޖީ ވޯޓާ" އިންނެވެ. އެހެންވެ މިއީ އެ ކުންފުނީގެ ޕީއާރް ސްޓަންޓެކެވެ.
ހަފުލާގެ ކުރިން ފިޖީ ވޯޓަ ގާލް، ކެލޭތު ކަތުބާޓް ކުރި އިންސްޓަގްރާމް ޕޯސްޓެއް
ހަފުލާ ފެށުމުގެ ކުރިން މި މޮޑެލް ސޯޝަލް މީޑިއާގައި ފޮޓޯއެއް ޕޯސްޓްކޮށް "ނޮޓް އަ ވޯސްޓް ވޭ ޓު ސްޕެންޑް އަ ސަންޑޭ" އޭ ލިޔެފައިވެ އެވެ. އަދި އެއާ އެކު ގޯލްޑެން ގްލޯބްސް ފިޖީ ގާލް އަދި ފިޖީ ވޯޓަ ގާލް ހޭޝްޓެގްކޮށްފައިވެ އެވެ. އެހެންވެ މިއީ ވަރަށް ރޭވުންތެރިކަމާ އެކު ކުރި ކަމެއްކަން އެނގެ އެވެ.
We’re so glad everyone is talking about our water!
— FIJI Water (@FIJIWater) January 7, 2019
*senses ominous presence*
She’s right behind us, isn’t she? #FIJIwatergirl
ހަފުލާ ނިމުމާ އެކު ފިޖީ ވޯޓާ ކުންފުނިން ވަނީ އެންމެން "ފިޖީ ވޯޓާ" ގެ ވާހަކަ ދައްކާތީ ވަރަށް އުފަލުން ތިބި ކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ. އަދި "ފިޖީ ވޯޓަ ގާލް" އެ މީހުންނާ އެކު އެބަހުރި ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖީބީ
09 January 2019
ތަބަކަށް ގޯލްޑަން ގްލޯބް ލިބެންވީ ފަހަރެއްމީ
މަށެއްނޫން
07 January 2019
ކްރީޕީ. އަބަދު އެއްގޮތެއް ހަދައިގެން ހީވަނީ ރޮބޮޓެންހެން. /:
ވެލިމަޑި
08 January 2019
އާނ ދޯ. އެކަމަކު ދެން ތަބަކެއް ހިފައިގެން މާ ގިނަ ގޮތްތޮަކަށް ނުވެސް ހުރެވޭނެ ދޯ.
ޕްރޯ
08 January 2019
ބުރޯ މި މީހުން މީ ޕްރޮފެޝަނަލް މާކެޓިން އެ ޖައްސަނީ، ކޮއްކޮމެން އަދި ޅަވާނެ. މީ ތޯތޯ މީހުންނެއްނޫން އިނގޭތޯ.