ދުނިޔޭގެ އެންމެ މުސްކުޅި މީހާގެ ރެކޯޑް މިދިޔަ އަހަރު ހޯދި މަސާޒޯ.
22 ޖެނުއަރީ 2019 - 07:29
އުމުރުން އެންމެ ދުވަސްވީ މީހާ 113 އަހަރުގައި މަރުވެއްޖެ އެވެ.
އާދިއްތަ ދުވަހު މަރުވި، ޖަޕާނަށް އުފަން މަސާޒޯ ނޮނާކާއަކީ ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ޖާގަ ލިބުނު މީހެކެވެ.
އޭނާ އާދީއްތަ ދުވަހު މަރުވިކަން އާއިލާ އިން ކަށަވަރުކޮށްދެމުން މީޑިއާތަކަށް ބުނީ ނޭވާލާން އުނދަގޫވެ ހަރާކާތް ހުއްޓުމުން، މަސާޒޯ ޑޮކްޓަރަށް ދެއްކުމުން މަރުވެފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު ހޮނިހިރު ދުވަހާ ހަމައަށް ވެސް އޭނާގެ ހާލު ރަނގަޅު ކަމަށް އާއިލާ އުން ބުންޏެވެ.
މަސާޒޯ އުފަންވީ ޖުލައި، 25، 1905 ގަ އެވެ.
އާއިލާ އިން ބުނެފައިވާ ގޮތުގައި މަސާޒޯގެ ދިގު އުމުރުގެ ސިއްރަކީ ހުރިހާ ވައްތަރެއްގެ ފޮނިކާ ތަކެއްޗާއި ހޫނު ފެންވެރުންތަކެވެ. ހޮކައިޑޯ އަވަށުގައި އާއިލާއާ އެކު ދިރިއުޅެމުން ދިޔަ މަސާޒޯ އަށް ފަސް ދަރިން ލިބިފައިވެ އެވެ.
އޭނާ ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތަށް އެރީ ކުރިން އެ ރިކޯޑް އޮތް ސްޕެއިންގެ ފްރާންސިސްކޯ ނުނެޒް އޮލިވެރާ އުމުރުން 113 އަހަރުގައި މިދިޔަ ފެބްރުއަރީ މަހު މަރުވުމުންނެވެ.
Emme dhuvas vee meehaa ah 112 aharu
The most trusted news source in the Maldives
Mihaaru
މަސާޒޯ އަށް އެންމެ ދުވަސްވީ މީހާގެ ރެކޯޑް ލިބުނީ މިދިޔަ އަހަރު.
ޖަޕާނަކީ ދުވަސްވީ މީހުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ. އެ ގައުމުގައި 100 އަހަރުން މައްޗަށް ގޮސްފައިވާ މީހުންގެ އާބާދީ 70،000 އާ ގާތްކުރާ އިރު، ޖަޕާނުގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ކުރިން ރެކޯޑް ކުރެވިފައި ވަނީ 116 އަހަރުގެ ޖިރޮއީމަން ކިމޫރާ އެވެ. އޭނާ މަރުވީ 2013 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސްކޮ
22 January 2019
އަހަރުމެންގެ ކާފައަށް 120 އަހަރު މިއަހަރު ކާފަ އެނދުމަތިކުރެވުނީ ކާފަ އަކީ ވަރަށް ހީވާގި މީހެއް ނޫހެއްގާ ޖެހީމަ އިނގޭނީ އަސްލު
މިލް
22 January 2019
ސޯ ވަޓް އިޒް ހިޒް ސީކްރެޓް ޓު ލޯންގ ލައިފް؟