އެލާ ދިރިއުޅެމުން އަންނަ ގެ.
24 ޖެނުއަރީ 2019 - 07:22
ބަލި ހާލަތު ހުރި ގޮތުން ދިރިއުޅެން ދަތިވެގެންނާއި އަދި ގެ ވިއްކައިލަން ލިސްޓްކޮށްގެން ވެސް އެ ގަންނާނެ ބަޔަކު ނުވި ކެނެޑާގެ އަންހެނަކު، މަޒުމޫނު ލިޔުމުގެ މުބާރާތެއް ބާއްވައި އެއް ވަނަ އަށް ހޮވޭ މީހަކަށް ގެ ދޭން ނިންމައިފި އެވެ.
ކަލްގާރީ ސިޓީ ކައިރީގައިވާ މިލާޒްވިލްގައި 3،850 އަކަފޫޓުގެ ބިމެއްގައި ތިން ބުރި އަށް ހަދާފައިވާ ތިން ކޮޓަރީގެ މި ލޭކްފްރޮންޓް ގެއަކީ 1.7 މިލިއަން ކެނޭޑިއަން ޑޮލަރުގެ އަގުހުރި ގެއެކެވެ.
ގޭގެ ވެރިމީހާ އެލާ ވެގްނާ ބުނި ގޮތުގައި އެ އަގުގައި އޭނާ ގެ ވިއްކައިލަން މިހާތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
އެހެންވެ މިހާރު ނިންމާފައި ވަނި އެ އަގު ހަމަ ކުރެވޭ ވަރަށް ބައިވެރިން ހިމަނައިގެން މަޒުމޫނު ލިއުމުގެ މުބާތާތެއް ބާއްވާށެވެ. މީގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އެޕްރީލް މަހާ ހަމައަށް ހުޅުވާލައިފައިވާ އިރު، މަޒުމޫން ލިޔަން ޖެހެނީ "ވާއި ވުޑް މޫވިން ޓް ދިސް ލޭކްފްރޮންޓް ޑްރީމް ހޯމް ޗޭންޖް ޔޯ ލައިފް؟" މި މައުޟޫއަށެވެ.
PLEASE please everyone help me get this contest work. please share as much as possible, can not tell you how important it ishttps://t.co/BUtQJ6tV3H pic.twitter.com/yDd7xUvNld
— Alla Wagner 🍷🇨🇦🇨🇦🇨🇦 (@LOTUSVINI) January 5, 2019
މުބާރާތުގައި ބައިވެރިވާން އެންޓްރީ ފީއެއްގެ ގޮތުގައި 19 ޑޮލަރު ދައްކަން ޖެހޭ އިރު، އެލާގެ އަމާޒަކީ މަދުވެގެން 60،000 މީހުން މީގައި ބައިވެރިވެ މަޒުމޫނު ލިއުމެވެ. އެ އަދަދަށް މީހުން ބައިވެރިވެގެން ނޫނީ، ގޭގެ އަސްލު އަގު ހަމައެއް ނުކުރެވޭނެ އެވެ.
A woman in Millarville, Alta., is giving away her $1.7 million property in a letter-writing contest. #TheMoment https://t.co/BzpSpjUMQ5 pic.twitter.com/VsNmH0LZEW
— CBC News: The National (@CBCTheNational) January 21, 2019
އޭނާ ބުނި ގޮތުގައި އެޕްރީލް މަހާ ހަމައަށް 60،000 މީހުން ހަމަނުވެއްޖެ ނަމަ، ބައިވެރިވާން މުއްދަތު އިތުރު ވެސް ކުރާނެ އެވެ. އެއް ވަނަ ލިބޭ މަޒުމޫނެއް ހޮވާނީ ލިބޭ މަޒުނޫމުތަކުގެ ތެރެއިން 500 މަޒުމޫނު ޝޯޓްލިސްޓްކޮށް، އާންމުންގެ ވޯޓަކަށް ހުޅުވައިލުމުގެ އިތުރަށް، މިކަމަށް ކަނޑައަޅާ މިނިވަން ޖަޖުންގެ ޕެނެލެއް މެދުވެރިކޮށެވެ.
އެލާ ބުނި ގޮތުގައި އޭނާގެ ހަޔާތުގެ ބޮޑުބައި ހޭދަކުރި ގެ ދޫކޮށްލުމަކީ ވަރަށް ހިތާމަކުރާ ކަމެކެވެ. އެކަމަކު އޭނާގެ ބަލި ހާލަތު މިހާރު ހުރި ގޮތުން ގޭގެ މަތީ ފްލޯތަކަށް އަރައި ފޭބުން ވަރަށް ދަތި ކަމަށް ބުންޏެވެ.
"އެހެންވެ ގެ ދޫކޮށްލަން ބޭނުން ވަނީ. މިގެއަކީ އަހަރެންގެ ހަޔާތުގެ މުހިއްމު ހަނދާންތަކާ ގުޅިފައިވާ ތަނެއް،" ފުރޮލީ ގޮނޑިއެއްގައި އެހީގައި އާންމުކޮށް އެއް ތަނުން އަނެއް ތަނަށް ހަރަކާތްތެރިވާ އެލާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy